Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. އިހަވަންދޫ

އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!

18 އެޕްރީލު 2026 | ހޮނިހިރު 09:28

ހއ. އިހަވަންދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ކުނި މެނޭޖްނުކުރެވޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ އެރަށުގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ރައީސް މުއިއްޒު އެރަށަށް ވެވަޑައިގެންނެވި ހޮސްޕިޓަލާއި، ހައުސިން ޔުނިޓް އަދި ފިޝަރީޒް ކޮމްޕްލެކްސް ފަދަ މުހިންމު ވައުދުތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މި މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވާކަމަށް ފަވާޒު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 18 އެޕްރީލު 2026 | ހޮނިހިރު 09:28
ފަށާއިރު ޕްރޮގްރާމްގައި އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވާހަކަ ދައްކަވަނީ.

ފަށާއިރު ޕްރޮގްރާމްގައި އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ހއ.އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ފަވާޒު ވިދާޅުވީ، ރަށުގެ ތަރައްގީ އެކުއެކީގައިހެން ހުއްޓިފައިވާ ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ވަރަށް ސްޕީޑް ލަސްކޮށް ކުރިއަށްދާ ކަމަށެވެ. ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

Advertisement - newsAdvertisement

އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ޒަމާންވީ މައްސަލައަށް އިޝާރާތް ކުރައްވައި ފަވާޒު ވިދާޅުވީ އެރަށުގައި ކުނި މެނޭޖްނުކުރެވި، ބޮޑު ކުނި ފުންޏެއް ހެދިފައިވާ ކަމަށާއި، މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާރު މިއޮތް ކައުންސިލަށް މިމައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމާޒަކީ މިފެށޭ ކައުންސިލްގައި ކުނި މެނޭޖް ކުރުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން އަޅުގަނޑުމެން. އެހެންނަމަވެސް މި ކަމަކީ ސަރުކާރުގެ ވަރަށް ބޮޑެތި އެހީތެރިކަން ބޭނުންވާނެ ކަމެއް. މިރަށުގައި މިހާރު ވެސް ވެމްކޯ އެބައޮތް ގާއިމް ކުރެވިފައި. މުވައްޒަފުންވެސް އެބަތިބި. އެކަމަކު ކުނި މެނޭޖް ކުރުމަށާއި، ކުނީގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވޭ. 
ހއ. އިހަވަންދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަލީ ފަވާޒު 

އިހަވަންދޫ ތަރައްގީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ފަވާޒު ވިދާޅުވީ، ހޮސްޕިޓަލް ގާއިމް ކުރުމާއި، ސްކޫލުގެ އައު އިމާރާތާއި، 200 ހައުސިންގ ޔުނިޓް ގާއިމް ކުރުމާއި، ދިގުފަރު ހިއްކައި، އިހަވަންދޫ ކޯޒްވޭ އަކުން ގުޅުވާލައި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ، ފިޝަރީޒް ކޮމްޕްލެކްސް ގާއިމްކުރުމާއި، މިމަޝްރޫއާއެކު 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކޮށް، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ގާއިމް ކޮށްދިނުން ހިމެނޭ ކަމަށެވެ. 

ނަމަވެސް މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ފަވާޒު ވިދާޅުވީ ކުރީ ސަރުކާރުގައި އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބިމުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި 25 ހެކްޓަރުގެ ބިން އިތުރު ކޮށްދިން ކަމަށެވެ. އަދި އިންޖީނުގޭގެ އައު އޮފީސް އިމާރާތް ގާއިމް ކުރުމާއި، ކަރަންޓާއި ފެނުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ފުޓްބޯޅަ ދަނޑެއް ގާއިމް ކޮށްދިނުމުގެ އިތުރުން ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަލީ ފަވާޒުވެމްކޯހއ. އިހަވަންދޫ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

5

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ވެމްކޯ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭތާ 10 މަސް!

04 އޮކްޓޯބަރު 2026
ވެމްކޯ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭތާ 10 މަސް!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
21 ސެޕްޓެމްބަރު 2026

ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ ކަންބޮޑުވުން

21 ސެޕްޓެމްބަރު 2026
ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ ކަންބޮޑުވުން
20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
07 ސެޕްޓެމްބަރު 2026

ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!

07 ސެޕްޓެމްބަރު 2026
ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!
07 ސެޕްޓެމްބަރު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!

07 ސެޕްޓެމްބަރު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
12 އޯގަސްޓު 2026

މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް

12 އޯގަސްޓު 2026
މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް
04 އޯގަސްޓު 2026

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

04 އޯގަސްޓު 2026
ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް