Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ވެމްކޯ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭތާ 10 މަސް!

4 އޮކްޓޯބަރު 2026 | އާދީއްތަ 08:14

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެ، ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ބޮޑުވެފައިވާއިރު، މިކަމާ ގުޅޭގޮތުން ޝަކުވާ ކުރާ މުވައްޒަފުންނަށް ކުންފުނިން ބިރުދައްކާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރުމުގެ ސަބަބުން ކުންފުނި ބަގުރޫޓުވެދާނެ ކަމުގެ ބިރު އޮތްއިރު، އާންމު މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވި ނަމަވެސް ސިޔާސީ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ލިބޭ ކަމަށް މައުލޫމާތު ލިބޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޮކްޓޯބަރު 2026 | އާދީއްތަ 08:14
ރައީސް މުއިއްޒު އާއި ވެމްކޯގެ އެމްޑީ މުޖުތަބާ: މިދިޔަ 10 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓްކޮށްފައިވޭ

ރައީސް މުއިއްޒު އާއި ވެމްކޯގެ އެމްޑީ މުޖުތަބާ: މިދިޔަ 10 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓްކޮށްފައިވޭ | ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް ނިމުނު ސެޕްޓެމްބަރު މަހުގެ މުސާރަ ނުލިބޭ ކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެފި އެވެ. 

މިދިޔަ 10 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓު ކުރެވުނުއިރު، މިހާތަނަށް ވެސް އެ ކުންފުނީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާއިރު، ޑިސެމްބަރުން ފެށިގެން ކޮންމެ މަހަކު ބައެއް މުވައްޒަފުންނަށް މި މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ވެމްކޯގެ ކަމާއި ގުޅުން ހުރި ފަރާތަކުގެ ބަހެއް ލިބިފައިނުވާތީ މުސާރަ ލަސްވާ ސަބަބާއި، މުސާރަ ނުލިބެނީ ކިތަށް މުވައްޒަފުންނަށްކަން ސާފެއް ނުވެ އެވެ. މީގެ ކުރިން ވެސް ދިމާވި މުސާރައިގެ މައްސަލައިގައި ވެމްކޯއިން ޖަވާބު ދީފައި ނުވެ އެވެ. 

ރާއްޖެޓީވީއާ ވާހަކަދެއްކި ވެމްކޯގެ ބައެއް މުވައްޒަފުން ބުނީ، މަސައްކަތްތެރިންގެ ހައްގުތަކަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ވެމްކޯގައި މަސައްކަތް ކުރާ ބައެއް ދިވެހި މުވައްޒަފުންނަށް މަހުގެ މެދަށްދާއިރު ވެސް މުސާރަ ނުލިބޭއިރު، މަހުގެ ފަހު 10 އަކަށްދާއިރު ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މުސާރައިގެ އިތުރުން ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ މައްސަލަ ވެސް ބޮޑުވެފައިވެ އެވެ. އެގޮތުން ޕެންޝަނަށް ކަނޑާ އަދަދު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ނަމަވެސް، އެ އަދަދު މުވައްޒަފުންގެ ޕެންޝަނަށް ޖަމާ ނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި މިދިޔަ ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.
ވެމްކޯގެ އިދާރީ ހިންގުމުގެ ގިނަ މައްސަލަތަކެއް ހާމަވަމުންދާއިރު، ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅަކު ވިދާޅުވީ، މުސާރަ ނުލިބޭ ވާހަކަ ނުދެއްކުމަށް އަންގައި ބައެއް މުވައްޒަފުންނަށް އެ ކުންފުނިން ބިރު ދައްކަމުންދާ ކަމަށެވެ.

ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެ ކުންފުންޏަށް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށްދާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި  އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަކުރާ ކަަމަށެވެ. 

ނަމަވެސް އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވެދާނެ ކަމަށެވެ. އަދިި މިހާރު ވެސް ވެމްކޯ ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯމުސާރައިގެ މައްސަލަ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
21 ސެޕްޓެމްބަރު 2026

ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ ކަންބޮޑުވުން

21 ސެޕްޓެމްބަރު 2026
ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ ކަންބޮޑުވުން
20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
07 ސެޕްޓެމްބަރު 2026

ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!

07 ސެޕްޓެމްބަރު 2026
ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!
07 ސެޕްޓެމްބަރު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!

07 ސެޕްޓެމްބަރު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
12 އޯގަސްޓު 2026

މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް

12 އޯގަސްޓު 2026
މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް
04 އޯގަސްޓު 2026

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

04 އޯގަސްޓު 2026
ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް