Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ

ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ދިމާވެ، އާންމުންގެ ކަންބޮޑުވުން

21 ސެޕްޓެމްބަރު 2026 | ހޯމަ 05:11

އެ ކުންފުނީގައި ވެހިކަލްގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި، ކޮންމެ ދުވަހަކު ވެސް އެ ޚިދުމަތް ދެމުންް އަންނަނީ ލިމިޓުކޮށްގެން ކަމަށް ވެމްކޯ އިން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2026 | ހޯމަ 05:11
ވެމްކޯގެ ކުނި އުކާ އުޅަނދެއް

ވެމްކޯގެ ކުނި އުކާ އުޅަނދެއް | ސޯޝަލް މީޑިއާ

ގައު ކުނޑި އުކާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެތައް ދަތިތަކެއް ދިމާާވެ، އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ގައު ކުނޑި އުކާލުމުގައި މިހާރު އިންތިހާ އަށް ދަތިވެފައިވާ ކަމަށާއި، ހަފުތާ ވެގެންދާއިރު ވެސް ގައު ކުނޑި އުކައިނުލެވޭ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ގައި ވެމްކޯ އަށް ގުޅައިގެން ވެސް އެކަން ކުރެވޭ ގޮތް ނުވާ ކަމަށް ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް އިން ގުޅުމުން ވެމްކޯ އިން ބުނީ، ގައު ކުނޑި އުކާލުމުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުނީގައި ވެހިކަލްގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި، ކޮންމެ ދުވަހަކު ވެސް އެ ޚިދުމަތް ދެމުންް އަންނަނީ ލިމިޓުކޮށްގެން ކަމަށެވެ.

ވެމްކޯ އިން ބުނީ ލިމިޓުކޮށްގެން ކޮންމެ ދުވަހަކު އެ ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް، ދުވާލެއްގެ މައްޗަށް ގައު ކުނޑި އުކާާލެވޭ ލިމިޓު ބުނެދެވެން ނެތް ކަމަށެވެ.  

މީގެ އިތުރުން ވެމްކޯގެ އެޕްލިކޭޝަން އިން ވަކި ވެހިކަލެއް އިހުތިޔާރު ކުރެވެން ނެތް ކަމަށް ބުނާ މައްސަލައިގައި ސުވާލު ކުރުމުން ވެމްކޯ އިން ބުނީ ވެހިކަލް އިހުތިޔާރު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، އެކަން ނުކުރެވޭ ކަމަށް ފާހަގަކޮށް، އެޕްލިކޭޝަން އިން އެކަން ނުކުރެވޭ ކަމަށް ދެންނެވުމުން ވެމްކޯ އިން ބުނީ، ޚިދުމަތް ހޯދުމުގެ ވަގުތު ރީސެޓް ވާނީ ކޮންމެ ރެޔެއްގެ ވެސް ދަންވަރު 12 ޖަހާއިރު ކަމަށެވެ. އަދި ވެހިކަލް އިހުތިޔާރު ކުރެވެންް ނެތީ، އެއީ އެ ދުވަހަކަށް ޚިދުމަތް ދެވޭ މިންވަރު ހަމަވުމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

ވެމްކޯ އިން ދެމުން އަންނަ ބައެއް ޚިދުމަތްތައް ހޯދުމުގައި އިންތިހާ އަށް ދަތިވެފައިވާތީ، އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެމްކޯ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

20 ސެޕްޓެމްބަރު 2026
މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
07 ސެޕްޓެމްބަރު 2026

ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!

07 ސެޕްޓެމްބަރު 2026
ހުޅުދެލި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެމްކޯއާ ހަވާލުކުރިތާ ދޮޅު އަހަރު، މިއަދާ ހަމައަށް އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ!
07 ސެޕްޓެމްބަރު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!

07 ސެޕްޓެމްބަރު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މި މަހުގެ މުސާރަ އަދިވެސް ނުލިބޭ!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
12 އޯގަސްޓު 2026

މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް

12 އޯގަސްޓު 2026
މާލެ ސިޓީ ގޮނޑުވެ، ހަޑިވަމުން ދަނީ ވެމްކޯގެ ސަބަބުން: މޭޔަރު އާޒިމް
04 އޯގަސްޓު 2026

ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް

04 އޯގަސްޓު 2026
ހުޅުމާލެ ފަޅުތެރެ ކުނިން ތަޣައްޔަރުވާ މައްސަލަ: ވެމްކޯގެ އެމްޑީ އިނގިލި ދިއްކުރެއްވީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
30 ޖުލައި 2026

ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ

30 ޖުލައި 2026
ހޮނިހިރު ދުވަހުން ފެށިގެން ވެމްކޯ އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ކުނި ނަގަަން ފަށަނީ
30 ޖުލައި 2026

މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު

30 ޖުލައި 2026
މާލޭ ސަރަހައްދުގައި އުފެދޭ ކުނި ބޮޑުތިލަދުންމައްޗަށް އުކާލުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް