Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.7 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި މަހުގެ އެއްވަނަ ދުވަހު އަތުލައިގަތް 2 ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލްގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފި. މި ތަކެތި ރާއްޖެއަށް އެތެރެކުރި ގައުމާއި މީހުންގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވާއިރު، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ތަސްދީގު ކުރައްވާފަ. މި އިސްލާހާއެކު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހަރުކަށި އަދަބު ދިނުމަށް މަގުފަހިވެގެންދާނެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 09:10
މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި.

މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި. | ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.7 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ. 

ހޯމަ ދުވަހު ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަތުލައިގަނެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިމަހުގެ އެއްވަނަ ދުވަހު އަތުލައިގަތީ  2174 ގްރާމް ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. 

އޭގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ އެވެ. 

ކަސްޓަމްސްއިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، މި ތަކެތި ބަންދުކޮށްފައި ހުރީ ރަބަރު ކޮތަޅެއްގައި ކަރުދާހުގެ ތެރޭގަ އެވެ. އަދި ބޭރުން ޕްލާސްޓިކް އޮޅާވެފައިވެ އެވެ.

މި ތަކެތި ރާއްޖެ އެތެރެކުރީ ކޮން ފަރާތަކުން ކަމެއް ކަސްޓަމްސް އަދި ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިއީ ކޮން ގައުމަކުން ރާއްޖެއަށް ގެނައި ތަކެއްޗެއް ކަމެއް ވެސް ހާމަ އެއް ނުކުރެ އެވެ.

ދޭތެރެދޭތެރެއިން ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެވެ. މި ފަހުން ވެސް ވައިގެ މަގުން އެތެރެކުރަން އުޅުނު 2.2 ކިލޯ ހެރޮއިންނާއި، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަދި ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯ އަށްވުރެ ގިނަ ކެނަބިސް ފަތް ހިފަހައްޓާފައިވެ އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެ ކުރާ ވޭޕް އާއި ސިނގިރޭޓް ވެސް އަތުލައިގަނެ އެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ. މި ބިލުގައި ވާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރަށް ރާއްޖެ އެތެރެ ކޮށްފި ނަމަ މަރުގެ އަދަބު ދެވޭނެ އެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރި ނަމަވެސް، މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ގިނަ ފަރާތްތަކަކުން ސުވާލު އުފައްދަ އެވެ.

ކަސްޓަމްސް މަސްތުވާތަކެތިހަޝީޝް އޮއިލްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

04 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ލ.މާވަށުން ގިނަ އަދަދެއްގެ ޑްރަގް އާއި އެކު ހައްޔަރު ކުރި މުހައްމަދު އިބްރާހިމްގެ ބަންދަށް 15 ދުވަސް ޖަހައިފި

ލ.މާވަށުން ގިނަ އަދަދެއްގެ ޑްރަގް އާއި އެކު ހައްޔަރު ކުރި މުހައްމަދު އިބްރާހިމްގެ ބަންދަށް 15 ދުވަސް ޖަހައިފި

13 މާރިޗު 2026
ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

ހައްޔަރު ކުރި ބިދޭސީ އަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ، ފުލުހުން ބުނީ އެފަދަ ޝަކުވާ އެއް އޭނާ ކޮށްފައި ނުވާ ކަމަށް

10 މާރިޗު 2026
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝް ރައްޔިތަކު އުމުރަށް ޖަލަށް

10 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު