Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ. ހޯރަފުށީ އެއަރޕޯޓް

ހޯރަފުށީ އެއަރޕޯޓްގެ ލަގެޖް ސްކޭން ކުރާ މެޝިނު ހަލާކުވެފަ ހުންނަތާ 5 މަސް ދުވަސް: ސީނިއަރ މެނޭޖަރ އަހުމަދު ވަލީދު

މި މެޝިނު ހަލާކުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކުރީގެ ބްރޭންޑަކަށް ވުމުން ސްޕެއާ ހޯދަން ދަތިވުން ކަމުގައި އެއަރޕޯޓް މެނޭޖަރ ވަލީދު ވިދާޅުވި. މިކަމަށް "އަލްޓަރނޭޓް ސްލިއުޝަން" އެއް ހޯދަދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައި ވިޔަސް، އެބުނާ ހައްލަކީ ސްޕެއަރ ޕާޓްސް ގެނެސް ގެނެސްގެން ހޯރަަފުށީގައި ހުރި ލަގެޖް ސްކޭނަރު އަނެއްކާ ވެސް މަރާމާރު ކުރުންތޯ ނުވަތަ މުޅިން އައު ސްކޭނަރެއް ހޯރަފުއްޓައް ގެނައުން ކަން ސާފު ނުވާކަމަށް ވެސް ވަލީދު ވިދާޅުވި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 14:44
ހޯރަފުށީ އެއަރޕޯޓުގެ ލަގެޖް ސްކޭނަރު ހަލާކުވެގެން ހިދުމަތް ނުދެވޭތާ 5 މަސް ދުވަސް.

ހޯރަފުށީ އެއަރޕޯޓުގެ ލަގެޖް ސްކޭނަރު ހަލާކުވެގެން ހިދުމަތް ނުދެވޭތާ 5 މަސް ދުވަސް. | ރާއްޖެ އެމްވީ

ހއ. ހޯރަފުށީ އެއަރޕޯޓްގެ ލަގެޖް ސްކޭންކުރާ މެޝިނު  މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެއްވެސް ވަރަކަށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށް، އެ އެއަރޕޯޓް ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ މެނޭޖަރ އަހުމަދު ވަލީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވަލީދު ވިދާޅުވީ، އެއަރޕޯޓުގެ ލަގެޖް ސްކޭންކުރާ މެޝިނު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރިން ވެސް ދެ ފަހަރަކު ހަލާކުވެގެން މަރާމާތު ކޮށްފައިވާނެ ކަމަށެވެ. އަދި މި މެޝިނު ހަލާކުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ކުރީގެ ބްރޭންޑަކަށް ވުމުން ސްޕެއާ ހޯދަން ދަތިވުން ކަމުގައި އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް މި ބްރޭންޑް ގެ ލަގެޖް ސްކޭނަރެއް ހުންނަނީ ހަމައެކަނި ހޯރަފުށީ އެއަރޕޯޓް ގައި ކަމަށް ވަލީދު ވިދާޅުވި އެވެ. 

މިކަން މިހާރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވާ ވަލީދު ވިދާޅުވީ މީގެ ކުރިން ވެސް ލަގެޖް ސްކޭނަރު ހަލާކުވެގެން 3 މަސް ދުވަސްތެރޭ 2 ފަހަރަކު ސްޕެއަރ ގެނެސްގެން މަރާމާތު ކޮށްފައި ވާނޭކަމަށެވެ. އަދި މިހާރު ވެސް މިކަމާ ގުޅޭ ޓެކްނިކަލް ބޭފުޅުން މިކަން ހައްލު ކުރުމުގެ މަސައްކަތް  ކުރާ ކަމުގަ އެވެ.  އެ ގޮތުން އޮގަސްޓް މަހުން ފެށިގެން މިވީ 5 މަސް ދުވަސް ތެރޭގައި ސަރުކާރުގެ ފަރާތުން ސްޕެއާ ހޯދުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެއްފަހަރު ސްޕެއާ ގެނައި ކަމަށާއި ނަމަވެސް، ކަން ދިމާކުރި ގޮތުން ސަރުކާރުން އެ ފަހަރު ގެނައި ސްޕެއަރ ޕާޓްސް، ހޯރަފުށީ ގައި ހުންނަ ލަގެޖް ސްކޭން މެޝިނާއި ދިމާ ނުވުމުގެ ސަބަބުން މަރާމާތު ކުރެވޭ ގޮތެއް ނުވީ ކަމުގަ އެވެ. 

ނަމަވެސް މިކަން ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ގެންގުޅޭ ވިސްނުން ސާފުނުވާކަމަށް ވެސް ވަލީދު ވިދާޅުވި އެވެ. މިކަމަށް "އަލްޓަރނޭޓް ސްލިއުޝަން" އެއް ހޯދަދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައި ވިޔަސް، އެބުނާ ހައްލަކީ ސްޕެއަރ ޕާޓްސް ގެނެސް ގެނެސްގެން ހޯރަަފުށީގައި ހުރި ލަގެޖް ސްކޭނަރު އަނެއްކާ ވެސް މަރާމާރު ކުރުންތޯ ނުވަތަ މުޅިން އައު ސްކޭނަރެއް ހޯރަފުއްޓައް ގެނައުން ކަން ސާފު ނުވާކަމަށް ވަލީދު ވިދާޅުވި އެވެ. 

ދައުލަތުގެ ކުންފުންޔަކުން ހިންގާ އެއަޕޯޓެއްގެ ލަގެޖް ސްކޭން ކުރާ މެޝިނު މިހާ ގިނަ ދުވަސް ވަންދެން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ފަރާތްތަކަކުން ދަނީ ސޯޝަލް މީޑިއާ ގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރު އައި ފަހުން ހޯރަފުށީ އެއަރޕޯޓުގެ ހާލަތު ރަނގަޅު ކުރަން އެއްވެސް މަސައްކަތެއް ކޮށްފަ އެއް ނުވެ އެވެ. 

ހޯރަފުށީ އެއަރޕޯޓްއަހުމަދު ވަލީދުލަޖެގް ސްކޭނަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޒީރާ ރައީސްގެ މަންތިރި ޖަގަހަ ހޯރަފުށީގައި ހުޅުވައިފި

ޖަޒީރާ ރައީސްގެ މަންތިރި ޖަގަހަ ހޯރަފުށީގައި ހުޅުވައިފި

26 މެއި 2018
ހޯރަފުށީގައި ސާފުފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީގައި ސާފުފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 މާރިޗު 2018
ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

18 ފެބުރުއަރީ 2018
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި

26 އޮކްޓޯބަރު 2017
ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ

ހުކުރު ދުވަހު ހޯރަފުށީގައި 'އަބުރުފުޅު ފަންޑު' ހުޅުވަނީ

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު