Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ ހައުސިން ޔުނިޓް

ފްލެޓް އަޅަން ކުންފުންޏަކަށް ފަސް ބިލިއަނުގެ ގެރެންޓީއެއް ދިންތާ 10 މަސް، އަދިވެސް މަސައްކަތް ނުފަށާ!

ސޮވެރިން ގެރެންޓީ ދީފައިވަނީ ނޮވެމްބަރު، 23، 2016 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 05:18
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އޮޒްޓާކް ކުންފުނީގެ ޗެއާމަން ޔޫސުފް އޮޒްޓާކް

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އޮޒްޓާކް ކުންފުނީގެ ޗެއާމަން ޔޫސުފް އޮޒްޓާކް

ހުޅުމާލޭގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ހަވާލުކުރި ކުންފުންޏަކަށް 328 މިލިއަން ޑޮލަރު(ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ ސޮވެރިން ގެރެންޓީއެއް ދިންތާ 10 މަސް ވީއިރު އަދިވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

ހުޅުމާލޭގައި 5000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާ ތުރުކީގެ އޮޒްޓާކް ހޯލްޑިންސް އަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސޮވެރިން ގެރެންޓީއެއް ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އޮޒްޓާކަށް ދީފައިވަނީ 252.5 މިލިއަން ޑޮލަރުގެ ގެރެންޓީއެކެވެ. އެހެންނަމަވެސް، އޮޒްޓާކުން ނަގާ ލޯނުގެ އިންޓަރެސްޓާއި، އެހެން ޚަރަދުތައް އެއްކޮށްލުމުން އެކުންފުންޏަށް ދީފައިވާ ގެރެންޓީގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 328 މިލިއަން ޑޮލަރަށް އަރަ އެވެ.

ހުޅުމާލޭގައި 15،000 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކަމުގެ އެއްބަސްވުމުގައި ފަސް ކުންފުންޏަކާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު އެވެ. އެ ފަސް ކުންފުނީގެ ތެރޭގައި ހިމެނެނީ ތުރުކީގެ ކުންފުންޏާއި، ލަންކާ އަދި ޗައިނާގެ ކުންފުނިތަކެކެވެ.

އޮޒްޓާކަށް 5000 ހައުސިންގ ޔުނިޓް އަޅަން ހަވާލުކުރިއިރު، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ވަނީ 7000 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. ޖީވީ ނޭޗާ އިންވެސްޓްމެންޓް ލަންކާ ޕްރައިވެޓް ލިމިޓެޑާއި ޖޫގަން އެސެޓް ކޯޕަރޭޝަނާއި އަދި މެޓޮލޮޖިކަލް ކޯޕަރޭޝަން ޗައިނާ ލިމިޓެޑް ކުރެ ކޮންމެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ 1000 ހައުސިންގ ޔުނިޓް އެޅުމަށެވެ.

ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ 2018 އަށް ނިންމާ ގޮތަށް ހަވާލު ކުރި ފްލެޓުތަކުން އާބާދީގެ ފަސް ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހަށް މި މަޝްރޫއު ނިންމަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، އެ މުއްދަތު ހަމަވާން ބާކީ 10 މަސް ދުވަސް އޮތް އިރު، ތުރުކީ ކުންފުނިން މަސައްކަތް ފަށާފައިނުވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އެއްބަސްވެ އެވެ.

އެޗްޑީސީ އިން ބުނީ އެ 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ބަލާ ކަމަށެވެ. އަދި އެގޮތުގެ މަތިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އޮޒްޓާކް އަށް ފަސް ބިލިއަނަށް ވުރެ ރުފިޔާގެ ސޮވެރިން ގެރެންޓީއެއް ސަރުކާރުން ދިން އިރު، އެކުންފުންޏަކީ "ފޭކް އިންވެސްޓަރެއް" ކަމަށް ޒެމްބިއާގެ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. 'އޯޕަން ޒެމްބިއާ' ނޫހުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ ގައި އޮޒްޓާކުން ވަނީ އެގައުމުގެ ކުންފުންޏަކާ ގުޅިގެން ހަ ޕްރޮޖެކްޓެއް ހިންގުމަށް މަސައްކަތް ކޮށްފަ އެވެ.

އެހެންނަމަވެސް، އޮޒްޓާކް ކުންފުންޏަކީ ވުޖޫދުގައި އޮތް ކުންފުންޏެއް ކަމާ މެދު ސުވާލު އުފައްދައި ޒެމްބިއާގެ އިންޓަލިޖެންސްގެ ވެރިޔާ ވަނީ އެކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ނުހިންގުމަށް ސަރުކާރަށް ލަފާދީފަ އެވެ. ތުރުކީގެ ކަމާބެހޭ އިދާރާތަކުގައި އޮޒްޓާކް ކުންފުނި ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޓާކިޝް ކޮންޓްރެކްޓާސް އެސޯސިއޭޝަނާއި، ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑުގައި އެގައުމުގެ ކުންފުނިތައް ރަޖިސްޓްރީކުރަން ޖެހޭއިރު، އެ އިދާރާތަކުގައި އޮޒްޓާކް ހޯލްޑިންސް ރަޖިސްޓާ ކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ކުންފުނިން ހިންގި ބޮޑު މަޝްރޫއެއް ޓާކިޝް ކޮންޓްރެކްޓާސް އެސޯސިއޭޝަނުގެ ރެކޯޑްތަކުގައި ނެތްއިރު، އޮޒްޓާކް ހޯލްޑިންސް ކިޔާ ކުންފުންޏެއް އޮންނަކަން ވެސް ނޭނގޭ ކަމަށް ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑުން މައުލޫމާތުދޭ ކަމަށް އިންޓަލިޖެންސްގެ ވެރިޔާ ވިދާޅުވެފައިވެއެވެ.

ކެބިނެޓް ސެކްރެޓަރީއަށް ފޮނުއްވި ސިޓީގައި އިންޓަލިޖެންސްގެ ވެރިޔާ މިފަދައިން ވިދާޅުވެފައިވާއިރު، އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އޮޒްޓާކް ހޮލްޑިންސް އަކީ ތުރުކީގެ ރައްޔިތެއް ކަމަށްވާ ޔޫސުފް އޮޒްޓާކްގެ ކުންފުންޏެއް ކަމަށެވެ.

ހުޅުމާލޭގައި 5000 ހައުސިންގ ޔުނިޓް އެޅުމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ވެސް ޔޫސުފް އޮޒްޓާކް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު