Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އާއި ހަންގޭރީގެ ގުޅުން

ރާއްޖެ އާއި ހަންގޭރީއާ ދެމެދު ގުޅުން ބަދަހިކުރުމަށް ތިން އެއްބަސްވުމެއް

ހަންގޭރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ނޮވެމްބަރު 2022 | ބުދަ 08:26
ރާއްޖެ އާއި ހަންގޭރީއާ ދެމެދު ގުޅުން ބަދަހިކުރުމަށް ތިން އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖެ އާއި ހަންގޭރީއާ ދެމެދު ގުޅުން ބަދަހިކުރުމަށް ތިން އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖެއާއި ހަންގޭރީއާ ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިޤްތިޞާދީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އަދި ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމަކާއި މަތީ ތާއުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ހަންގޭރީގީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރެވެ. ރާއްޖެ އަށް ހަންގޭރީން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. ހަންގޭރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯއެވެ.

ބުދަ ދުވަހު ވެފައިވާ އެއްބަސްވުންތަކާ އެކު އިޤްތިޞާދީ ދާއިރާއިން މިހާރު ކުރިއަށްދާ މަޝްރޫޢޫތަކުގެ ކަންކަން ބަލާ ދިރާސާ ކުރުމަށްޓަކައި ދެ ޤައުމު ހިއްސާވާގޮތަށް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓު ހޯދުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ދާއިރާއިން ދެ ގައުމުގެ މާހިރުންނާއި އޮފިޝަލުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދިއުން މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

ހަމައެހެންމެ މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއާ އެކު 2021 ވަނަ އަހަރު ވެފައިވާ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް ވަނީ ދަމަހައްޓާފައެވެ. އެ އެއްބަސްވުމުގައި 2021 ވަނަ އަހަރު ފޯރުކޮށްދިން 15 ސްކޮލަރޝިޕްގެ ފުރުޞަތު، 2024 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 25 ސްކޮލަރޝިޕަށް އިތުރުކޮށް ދިނުމަށް ވަނީ ހިމަނާފައެވެ.

ކުޅިވަރުގެ ދާއިރާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ހަންގޭރީން ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީންކޮށް، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހަންގޭރީޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު