Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ތޮށި މަރާމާތު

ބަދަލުތަކަކާ އެކު މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ ދުވަސްވެ ގެއްލުންތަކެއް ލިބިފައިވާތީ، އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ތޮށިގަނޑު މަރާމާތުކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ. މި މަޝްރޫޢުގެ ދަށުން ރާޅުގަނޑު ސަރަހައްދުގެ ތޮށިގަނޑު އުސްކޮށް ބައްޓަން ބަދަލުކުރުމުގެ އިތުރުން، މާލޭގެ ޕަމްޕް ސްޓޭޝަންތައް މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރެވޭނެ. މި މަސައްކަތް ނިމުމުން މާލޭގެ އެކި ސަރަހައްދުތަކަށް އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 09:52
މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާޅުގަނޑު ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުން

މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާޅުގަނޑު ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުން | މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ

މާލޭގެ ވަށައިގެންވާ ބޭރުތޮށި އަލުން މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފި އެވެ.

ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެ ގައުމުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކުންފުންޏާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ އަމަލީ މަސައްކަތް މެއި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަމަށް ސަރުކާރުން ބުނެ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މާލޭގެ ބޭރުތޮށި ބިނާކުރިތާ ގިނަ އަހަރުތަކެއް ވެފައިވުމާއި، ތަކުރާރުކޮށް އުދައެރުމުގެ ސަބަބުން ތޮށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިހާރު މާލޭގައި އޮތް ބޭރުތޮއްޓަކީ 1988 އާއި 2002 އާ ދެމެދު ހަތަރު މަރުހަލާއަކަށް ބަހާލައިގެން ތަރައްގީކޮށްފައިވާ ތޮށިގަނޑެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީ އިން ހެދި ދިރާސާތަކުން އެނގޭގޮތުގައި، ގިނަ ދުވަސްވުމުން ތޮށީގެ ބޮޑު ހިލަތަކާއި ޓެޓްރަޕޮޑްތައް ވަނީ މަގާމުން ކަހާލައިފަ އެވެ. އަދި ކޮންކްރީޓް ފާރުގެ އެކި ދިމާލުން ރެނދުލައި ގެއްލުންވެފައިވާކަން މިނިސްޓްރީ އިން ފާހަގަކޮށްފައިވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުދައެރުން އިތުރުވަމުންދާތީ، މި ތޮށިގަނޑު މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ސަރުކާރުން ދެކެ އެވެ.

މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަލްމާން މިސްކިތް ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުން
މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަލްމާން މިސްކިތް ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުން

މި މަޝްރޫއުގެ ދަށުން ކުރެވޭނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރާޅުގަނޑު ސަރަހައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށް ތޮށިގަނޑުގެ ބައްޓަން ރަނގަޅުކޮށް ރީ ޕްރޮފައިލް ކުރުން ހިމެނެ އެވެ. އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު މިހާރަށްވުރެ 70 ސެންޓިމީޓަރު އުސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް އެއް ތަނަކުން ބަލަހައްޓައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ ސަރަޙައްދުގައި ބޭރަށް ޖައްސާފައިވާ ތޮށިގަނޑު މަރާމާތުކޮށް، ރީ ޕްރޮފައިލް ކުރުން ވެސް މި މަޝްރޫއުގެ ދަށުން ކުރިޔަށް ދާނެ އެވެ.

މި މަސައްކަތް ނިމުމުން ރާޅުގަނޑު، ނޯތު ހާބަރު، ރަސްފަންނު އަދި ސުނާމީ ބިނާ ސަރަހައްދަށް ދިމާވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މާލެކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ބޮޑުތަކުރުފާނު މަގުގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

07 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު