Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލްގެ ރައީސް އަށް ޓްރަމްޕް ގޮވާލެއްވީ ނަތަންޔާހޫ އަށް މައާފު ދެއްވުމަށް

ޓްރަމްޕް މިހެން ގޮވާލައްވާފައި ވީ ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ވެސް މިހާތަނަށް ރަސްމީ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވޭ. ޓްރަމްޕް އެ ވާހަކަ ދެއްކެވިއިރު، ޤާނޫނު ހަދާ މަޖިލީހުގައި އިސްރާއީލްގެ ރައީސް ހާޒޮގް ވެސް އިންނެވި.

ޓްރަމްޕް ވިދާޅުވީ ނެތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ސިގާ އަދި ޝެމްޕޭން އާ ގުޅޭ މައްސަލަތަކަކީ މުހިންމުކަމެއް ދޭންޖެހޭ ކަންކަމެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2025 | އަންގާރަ 07:39
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި، އޭނާއާ ދެކޮޅަށް ޝަރީއަތްތައް ފަށާފައި ވަނިކޮށް، ނަތަންޔާހޫ އަށް މައާފު ދެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގް އަށް ގޮވާލަައްވައިފި އެވެ.

ޓްރަމްޕް މިފަދައިން ގޮވާލައްވާފައި ވަނީ ހޯމަ ދުވަހު އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ތުހުމަތު އަދި އޭނާއާ ދެކޮޅަށް ކުރިއަށް ގެންދާ މައްސަލަ އަކީ މުހިންމު ކަމެއް ދޭން ޖެހޭ ކަންކަމެއް ނޫން ކަމަށެވެ.

އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް މިފަދައިން ގޮވާލައްވާފައިވާއިރު، އިސްރާއީލްގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ނަތަންޔާހޫގެ މައްސަލަ އިތުރަށް ޝަރީއަތުގައި އޮތުމަކީ ވެސް، އިސްރާއީލްގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނު ވާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ޓްރަމްޕް މިހެން ގޮވާލައްވާފައި ވީ ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ވެސް މިހާތަނަށް ރަސްމީ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ޓްރަމްޕް އެ ވާހަކަ ދެއްކެވިއިރު، ޤާނޫނު ހަދާ މަޖިލީހުގައި އިސްރާއީލްގެ ރައީސް ހާޒޮގް ވެސް އިންނެވި އެވެ.

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.

މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އޭގެ ފަހުން ވެސް ވަނީ ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކޮށްފަ އެވެ.

މައްސަލަ ކުރިއަށް ދަނިކޮށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސްކޮށް ދިނުމަށް ވެސް އެދިފަ އެވެ. އެއީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން، އޭރު ސަލާމަތީ މައްސަލަ ތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށެވެ. ނަމަވެސް، ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސް ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފަ އެވެ.

ނަމަވެސް އެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުދު ވާނެ ކަމަށާއި، ނަތަންޔާހޫއާ ދެކޮޅަށް ކުރަނީ ސިޔާސީ ދައުވާ ތަކެއް ކަމަށް ޓްރަމްޕް ވިދާޅުވީ ފަހުން، ކޯޓުން ވަނީ ޝަަރީއަތް ކެންސަލް ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

އިޒްރޭލްކޮރަޕްޝަންގެ މައްސަލަޑޮނަލްޑް ޓްރަމްޕްއައިސާކް ހަޒޮގްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު