Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިޑަކާ ނުލައި ބަހާލި މަޝްރޫއު

ބިޑަކާ ނުލައި ބަހާލި 206 މަޝްރޫއުތަކުގެ މައްސަލަ ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ: ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ، ޑިސެމްބަރު 2023 ން ފެށިގެން އޮކްޓޯބަރު 2025ގެ ނިޔަލަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި ހަތަރު އިސްލާހު ގެނަސްފައިވާއިރު ގަވާއިދުގެ 10.22 މާއްދާ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި މި ގެނައި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެތައް މިލިޔަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވޭ ފަރާތްތަކުގެ ކިބައިގައި އެ މަސައްކަތެއް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރިކަން ދެނެގަނެވޭނޭ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަން ޒަރިޔަންދު ފާހަގަ ކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 07:34
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ގަލޮޅު ރައްޔިތުންނާ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.

މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ގަލޮޅު ރައްޔިތުންނާ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހާޒިރުވެ އިންނަވާ 53 ކުންފުންޏަކަށް ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު ބަހާލި މައްސަލަ ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ނަސަންދުރައި ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް މި ޕްރޮޖެކްޓުތައް ވަނީ ބަހާލާފަ އެވެ. ސީދާ އަތުން އަތައް މަޝްރޫއުތައް ހަވާލު ކުރި އިރު، އެއީ ކިހިނެއް، ކޮން ގޮތަކަށް ހޮވުނު ބައެއް ކަމެއް އެނގޭކަށް ނެތެވެ.

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުމުންތަކުގެ ތެރެއިން ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އަންގާރަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ޒަރިޔަންދު ވަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ޒަރިޔަންދު ވިދާޅުވީ، ޑިސެމްބަރު 2023 ން ފެށިގެން އޮކްޓޯބަރު 2025ގެ ނިޔަލަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ހަތަރު އިސްލާހު ގެނަސްފައިވާއިރު ގަވާއިދުގެ 10.22 މާއްދާ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ. އަދި މި ގެނައި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެތައް މިލިޔަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރެވޭ ފަރާތްތަކުގެ ކިބައިގައި އެ މަސައްކަތެއް ކުރުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރިކަން ދެނެގަނެވޭނޭ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ. 

މި ފަދަ މަޝްރޫއު އެއް ހިންގުމާއި ހަވާލުވާ ފަރާތްތަކުން އެ މަޝްރޫއު އެއް ފަށައި ނުނިންމާ ދޫކޮށްލައިފި ނަމަ ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެ ފަރާތްތަކުން ގެރެންޓީ އެއް ބަހައްޓަން ލާޒިމުކުރާ އުސޫލެއް ނެތް ކަން ފާހަގަ ކޮށް ޒަރިޔަންދު ވިދާޅުވި ހަވާލުކުރެވޭ މަޝްރޫއުއެއްގެ އަގުގެ 15 އިންސައްތަ އަށް އެޑްވާންސް ފައިސާ އެފަރާތްތަކަށް ދޭން ޖެހޭނޭ ކަމަށް ކަނޑައެޅިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ޕްރޮޖެކްޓުތައް ބަހާލި ގޮތް، އދ. އިން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. 

ކޮންމެހެން ތި މަސައްކަތްތައް ތި މީހުން އަތުން އަތުލާށެކޭ ނޫން. ތި މަސައްކަތް ނުކުރާށެކޭ ވެސް ނޫނޭ. އެގޮތަށް މަސައްކަތް ހަވާލުކުރައްވާ ނަމަ އެއަށްވުރެ ރަނގަޅަށް އެ މަސައްކަތް ހަވާލު ކުރެވޭނެ ގޮތަށް، ގަވާއިދުގަ އެކަން އޮންނަ ގޮތަށް މިކަން ގާއިމް ކޮށްދެއްވާށޭ. އެހެން މި ދަންނަވަނީ. ޔޫއެން އޯޑީސީގަ ކޮރަޕްޝަން މާނަކޮށްފަ އޮންނަ އޮތުމުގަ، ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނަށް ފެތޭ ގޮތަށް މިކަން މި ގޮސްފަ މިއޮތީ،
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު

އެހެންކަމުން ރައީސްގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް މިކަންކަން އަލުން ބެއްލެވުމަށްފަހު މިކަމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ހައްލު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ޒަރިޔަންޒު ވިދާޅުވި އެވެ. 

މާލިއްޔަތު ގަވާއިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ވަޒީރު ބޭނުން ފަރާތަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ އެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ހަމައެހެންމެ ⁠ވަޒީރު ބޭނުން ޕްރޮޖެކްޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15 އިންސައްތަ އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އިސްމާއިލް ޒަރިޔަންދުކޮރަޕްޝަންގެ މައްސަލަމާލިއްޔަތު ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ދަނީ ގާނޫނުތައް ބަދަލު ކުރަމުން، މިކަން ތަކުރާރު ކުރަމުންދާ ނަމަ މި ދައުލަތް ނޯންނާނެ: ޒަރިޔަންދު

ގާނޫނީ ސަރުކާރެއް ކަމަށް ދެއްކުމަށް ދަނީ ގާނޫނުތައް ބަދަލު ކުރަމުން، މިކަން ތަކުރާރު ކުރަމުންދާ ނަމަ މި ދައުލަތް ނޯންނާނެ: ޒަރިޔަންދު

30 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

15 ނޮވެމްބަރު 2025
އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫއު ގާތް މީހުންނަށް ބަހާލުމަށްފަހު ކަރަޕްޝަންގެ ތުހުމަތު އަދައިގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމަކުން އަދި މިންޖުވާކަށް ނެތް!

އެތައް ސަތޭކަ މިލިއަން ރުފިޔާގެ މަޝްރޫއު ގާތް މީހުންނަށް ބަހާލުމަށްފަހު ކަރަޕްޝަންގެ ތުހުމަތު އަދައިގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމަކުން އަދި މިންޖުވާކަށް ނެތް!

12 ނޮވެމްބަރު 2025
"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު