Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިބްރާހިމް ވަހީދު (އަސްވާޑު)

ސަރުކާރުގެ ފަރާތުން މީޑިއާ ތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް، ޔޫތު މިނިސްޓަރު އަސްވާޑު ގެ ސަންގު އޮންލައިން އަށް

މި އަހަރުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ 27.9 މިލިޔަން ރުފިޔާގެ މާލީ އެހީ ބަހާލުމުގައި އެންމެ ގިނައިން ފައިސާ ދޫކުރަން ނިންމީ ޔޫތު މިނިސްޓަރު އަސްވާޑްގެ މަސްލަހަތު އޮންނަ ސަންގު އޮންލައިނަށް. އަސްވާޑް ގެ މަސްލަހަތު އޮންނަ ސަންގު އޮންލައިނަށް 1.08 މިލިއަން ރުފިޔާ ލިބޭނެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 14:29
ރައީސް މުއިއްޒު ޔޫތު މިނިސްޓަރު ކަމަށް އިބްރާހިމް ވަހީދު (އަސްވާޑު) އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސް މުއިއްޒު ޔޫތު މިނިސްޓަރު ކަމަށް އިބްރާހިމް ވަހީދު (އަސްވާޑު) އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީ އެންމެ ގިނައިން ލިބޭ މީޑިއާ އަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީ ހަމަޖައްސައިފި އެވެ. 

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ކަނޑައަޅާފައި ވާއިރު، އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ކަމަށްވާ 27.9 މިލިޔަން ރުފިޔާ އެވެ.

Advertisement - newsAdvertisement

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލައި މީޑިއާތަކަށް ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދިޔައީ ޔޫތު މިނިސްޓްރީންނެވެ. މި އަހަރު ގެ އޮކްޓޯބަރު މަހު އެ މިނިސްޓްރީ އިން އިއުލާން ކުރީ 27.9 މިލިޔަން ރުފިޔާ 18 މީޑިއާއަކަށް ބަހާލުމަށެވެ. އެ އުސޫލުގެ ދަށުން ވެސް އެންމެ ގިނައިން ފައިސާ ލިބޭ މީޑިއާ އަކަށް ކަނޑައަޅާފައި އޮތީ ސަންގު ޓީވީ އެވެ. އެފަހަރު އޮތް ގޮތުން ސަންގު ޓީވީއަށް 3.8 މިލިޔަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިޔަން ރުފިޔާ ލިބެ އެވެ. އެއީ ޖުމްލަ 5.1 މިލިޔަން ރުފިޔާ އެވެ.

އެ ނިންމުމާ ގުޅިގެން މީޑިއާ ތަކުގެ ޝަކުވާ ބޮޑުވުމުން، ސަރުކާރުން އެ ނިންމުން ބާތިލުކޮށް އެ މަސައްކަތް ހަވާލުކުރީ މީޑިއާތައް ކޮންޓްރޯލް ކުރަން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ އެވެ. ނަމަވެސް މި ކޮމިޝަނުން ވެސް އުސޫލު އެކުލަވާލާ ފައިސާ ބަހަން ނިންމާފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ފައިސާ ލިބޭ މީޑިއާތަކުގެ ނަންތައް މިހާރު އާންމު ކޮށްފައިވާއިރު، އެންމެ ގިނައިން ފައިސާ ލިބޭ ޔޫތު މިނިސްޓަރު އަސްވާޑް ގެ މަސްލަހަތު އޮންނަ ސަންގު އޮންލައިނަށް 1.08 މިލިއަން ރުފިޔާ ލިބޭނެ އެވެ. 

މީޑިއާ ތަކަށް ފައިސާ ލިބޭ ގޮތުގެ ތަފްސީލު

މިފަހަރުގެ ލިސްޓުން ފާހަގަ ކުރެވޭ ބަދަލުތަކަށް ބަލާއިރު، ކުރީގެ ލިސްޓުގައި ހިމެނުނު ބައެއް ފަރާތްތައް މިފަހަރުގެ ލިސްޓްގައި ނުހިމެނެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިފަހަރު އެހީއަށް އެދި ހުށަނާޅާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އިބްރާހިމް ވަހީދު (އަސްވާޑު)ޔޫތު މިނިސްޓްރީމާލީ އެހީތެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

ބޭރުގައި ކިޔަވަން ތިބޭ ޒުވާނުން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނޭ: ޒުވާނުންގެ ވަޒީރު

30 ޑިސެމްބަރު 2025
އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

30 ޑިސެމްބަރު 2025
އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކުޑަކޮށްފި

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކުޑަކޮށްފި

26 ޑިސެމްބަރު 2025
އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

25 ޑިސެމްބަރު 2025
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު