Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުނަވަން ޓްރާންސްޕްލާންޓް ބިލް

ގުނަވަން ޓްރާންސްޕްލާންޓް ބިލު: ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވީ ގިނަ ބަޔަކު ކިއުގައި ތިބެ ބޮޑެތި ހޮސްޕިޓަލުތަކުން ތައްޔާރު އިރުވެސް ބިލުގެ މަސައްކަތް ލަސްވާތީ

ގުނަވަން ބަދަލުކުރުމުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ލަސްވަމުންދާތީ، އެކަމުގެ ސަބަބުން ފަރުވާ ބޭނުންވާ ގިނަ ބަޔަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ. ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ތައްޔާރަށް ތިބި ނަމަވެސް، ގާނޫނީ އޮނިގަނޑެއް ނެތުމުން އެކަން ނުކުރެވޭތީ ބިލުގެ މަސައްކަތް އަވަސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފަ. މި ބިލަކީ ހަމައެކަނި ދިރިހުރި މީހުންގެ ގުނަވަން ހަދިޔާކުރުމުގެ މިންގަނޑުތައް ކަނޑައަޅާ ބިލެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:40
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިން ދިރާސާކުރުން.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިން ދިރާސާކުރުން. | ރައްޔިތުންގެ މަޖިލިސް

ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލު ގެ މަސައްކަތް ލަސްވާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ސަރުކާރުގެ ފަރާތުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ މި ބިލު ދިރާސާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އިން ނެވެ. 

ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބިލާ ގުޅިގެން ވަނީ މަޝްވަރާ ކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ މި ބިލުގެ މަސައްކަތް މާ ލަސް ކަމަށެވެ. މި ބިލަކީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަޖިލީހަށް ހުށަޅާފައިވާ ބިލެކެވެ. މި ބިލު ކޮމިޓީ އަށް ވެސް ފޮނުވާފައި ވަނީ ހަމަ އެ މަހުގަ އެވެ. 

މިކަމާ ގުޅިގެން ކުޑޫ ވިދާޅުވީ ގުނަވަން ޓްރާންސްޕްލާންޓް، ޚާއްސަކޮށް ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައި މިހާރު ވެސް އެބަތިބި ކަމަށެވެ. އެގޮތުން މީގެ ކުރިން ގިނަ ބަޔަކު އެކަމަށް ދަނީ އިންޑިއާ އަށް ކަމަށާ އިންޑިއާ އިން ވެސް މިހާރު އެކަން ކުރަން ވަރަށް އުނދަގޫ ކަމަށެވެ. ލަންކާ އިން ވެސް އެއްގޮތަކަށް ވެސް މިހާރު ކިޑްނީ ޓްރާންސްޕްލާންޓް ނުހެދޭ ކަމަށާ މިހާރު ބައެއް މީހުން ތުރުކީ އަށް ދާ ކަމަށެވެ. 

ނަމަވެސް މިއީ ހައްލެއް ނޫން ކަމަށާ ރާއްޖޭގައި ޓްރާންސްޕްލާންޓް ބޭނުންވެ، ކިއު ގައި ވެސް އެތައް ބަޔަކު އެބަތިބި ކަމަށާ ބޮޑެތި ހޮސްޕިޓަލުތަކުން ވެސް މިކަމަށް ތައްޔާރު ކަމަށެވެ. ނަމަވެސް ހަމައެކަނި މިކަމަށް އޮތް ހުރަހަކީ މި ބިލުގެ މަސައްކަތް ކުރިއަށް ނުދިއުން ކަމަށް މެންބަރު ވިދާޅުވި އެވެ. 

ރާއްޖޭގެ މީހުން ފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ދާން އުޅުނީ  އިންޑިއާ އަށް. އިންޑިއާ އިން މިކަން ކުރަން އުނދަގޫ. އޭގެ ފަހުން ލަންކާ. ލަންކާ އިން މިހާރު އެއްގޮތަކަށް ވެސް ނުކުރެވޭ.  އަޅުގަނޑުމެން މިހާރު ތުރުކީ އަށް ދާން ވެގެން. ތުރުކީގަ ބައެއް މީހުން މިކަން ކޮށްފި. ރާއްޖޭގެ ޓްރީޓޮޕް އިން މިކަން ކުރެވޭ ގޮތަށް ތައްޔާރު، އޭޑީކޭ އިން ތައްޔާރު، އައިޖީއެމްއެޗް އިން ތައްޔާރު. ހަމައެކަނި މި ބިލަށް މި މަޑު ކުރަނީ މިކަން ވޭތޯ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 

ކުޑޫ ވިދާޅުވީ ކޮމިޓީ އިން ބިލުގެ މަސައްކަތް ކުރަން ތިއްބެވި ބޭފުޅުން ހިމެނޭ ކުޑަ ކޮމިޓީ އެއް އެކުލަވާލައިގެން ވެސް މި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މި ބިލުގެ މަސައްކަތް ނިންމަން ޖެހޭ ކަމަށާ މިއީ އެތައް ބަޔަކު އެކަމަށް ބޭނުންވެފައިވާ ކަމެއް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

ބިލުގައި ވާގޮތުން ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ޚިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ އެވެ.  އެ ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށެވެ.

ގުނަވަން ހަދިޔާ ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 18 އަހަރު ވެފައިވުމާއި އަމިއްލަ އިޚުތިޔާރުގައި ރުހިގެން ގުނަވަން ހަދިޔާކުރުމުގެ އިތުރަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުމެވެ.

މުޙައްމަދު އިބްރާހީމް (ކުޑޫ)އޯގަން ޓްރާންސްޕްލާންޓްއިޖުތިމާއީ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އެމްޑީޕީ އިން ހުށަހެޅި ބިލު ބަލައިގަނެ، ކޮމިޓީ އަށް

11 ފެބުރުއަރީ 2026
އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

20 ޖެނުއަރީ 2026
ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

06 ޖެނުއަރީ 2026
ލޯން އަދި ސްކޮލަރޝިޕްގެ މައްސަލަ: ވުޒާރާ އާއި މެދު ދަރިވަރުންގެ ޝަކުވާތައް ހިމެނޭ 19 ސޮފްހާ ރިޕޯޓެއް ވަޒީރަށް!

ލޯން އަދި ސްކޮލަރޝިޕްގެ މައްސަލަ: ވުޒާރާ އާއި މެދު ދަރިވަރުންގެ ޝަކުވާތައް ހިމެނޭ 19 ސޮފްހާ ރިޕޯޓެއް ވަޒީރަށް!

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު