Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ލަވަތައް

ރާއްޖެޓީވީގެ "އުއްމީދެއްގާ އަލުން" ލަވަ: ހިޓްލިސްޓުގެ އެއްވަނައިގައި!

6 އެޕްރީލު 2026 | ހޯމަ 07:45

އާމިރު ސަލީމްގެ ފުރިހަމަ ޅެމަކަށް ރާއްޖެޓީވީން ތައްޔާރުކުރި މި ލަވައަކީ، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ގައުމީ ޖޯޝާއި އުންމީދު އާލާކޮށްދިން އުފެއްދުމެއް. މީސްމީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ލަވައިގެ ސަބަބުން، ސިޔާސީ މެސެޖުތައް ފޯރުކޮށްދިނުމުގައި ފަންނުވެރިކަމާއި މިއުޒިކް އަދާކުރާ މުހިންމު ދައުރު ވަނީ ހާމަވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2026 | ހޯމަ 07:45

ރާއްޖެޓީވީގެ އުއްމީދެއްގާ އަލުން ލަވަ. | ރާއްޖެ އެމްވީ

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ޖޯޝާއި ފޯރި އިތުރުކުރުމަށް ރާއްޖެޓީވީން އިސްނަގައިގެން އުފެއްދި "އުއްމީދެއްގާ އަލުން" ލަވައަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

އާ ފެށުމަކާއި، ސާބިތުކަމާއި، އަދި އެންމެންގެ އުންމީދުތަކާ ގުޅިފައިވާ މެސެޖުތަކެއް މި ލަވައިން ގެނެސްދީފައިވާއިރު، މިއީ ސިޔާސީ ނުތަނަވަސްކަމާއި މުހިންމު ނިންމުންތަކެއް ނިންމުމުގެ މަރުހަލާގައި ތިބި ރައްޔިތުންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅުނު މެސެޖުތަކެކެވެ. މިއީ އާންމުކޮށް ފެންނަ ކެމްޕޭން ލަވަތަކާ ޚިލާފަށް، އާންމުންނާ ގާތް އަދި ޤައުމީ ޖޯޝު ހުރި ލަވައަކަށް ވުމުން، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި އެންމެންނަށްވެސް މި ލަވަ ބަލައިގަނެވުނެވެ.

Advertisement - newsAdvertisement

މި ލަވަ އުފެއްދުމުގައި ރާއްޖެޓީވީން ބޮޑަށް ވިސްނާފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކަމުދާނެ، އަދި ލަވައިގެ މިއުޒިކާއި ޅެން އަޑުއިވުމުން ސިޔާސީ ފޯރިއާއި ޖޯޝު އިތުރުކުރުވާނެ ގޮތަކަށް ލަވަ އުފެއްދުމަށެވެ.

ލަވައިގެން ޅެން ތައްޔާރުކޮށްފައިވަނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް (ހޯރަފުށި) އެވެ. މި ޅެމާއި ގުޅޭގޮތުން ސުވާލުކޮށްލުމުން އާމިރު ސަލީމް ބުނީ، ލަވައިގެ ޅެން ހެދުމުގައި ބޮޑަށް ވިސްނީ ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމް ބޭނުންފުޅުވި ގޮތަށް ޤައުމީ ޖޯޝު އުފެދޭނެ ފަދަ ބަސްތަކެއް ބޭނުންކޮށްގެން، ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ފަހުމުވާނެ ތިލަ އިބާރާތުން ޅެން ހެދުމަށެވެ. އަދި ޅެންވެރިކަމުގެ ހަމަތަކަށްވެސް ޅެން ހެދުމުގައި ސަމާލުކަން ދީފައިވާނެ ކަމަށެވެ.

މި ޅެމަކީ އަޅުގަނޑު ހަދާފައިވާ ޤައުމީ އަދި ސިޔާސީ ޅެންތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭގޮތަށް، އެންމެ ހިމުންކޮށް ހެދުނު ޅެން، އަދި މިއީ ލަވައިގެ މައުޟޫކަމުގައިވާ "އުއްމީދެއްގާ އަލުން" މި މައުޟޫއަށް އެންމެ ބޮޑަށް ފައްތާލެވުނު އެއް ޅެން.
ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް (ހޯރަފުށި) 

މި ލަވައިގެ އޯޑިއޯ މަސައްކަތް ކޮށްފައިވަނީ ހަބޭސް ސްޓޫޑިއޯގައެވެ. ލަވަ ކިއުމުގައި މަޝްހޫރު ބައެއް ލަވަކިއުންތެރިންގެ އިތުރުން، ލަވަ ކިއުމުގެ ދާއިރާއަށް އަލަށް ނުކުމެފައިވާ ފަންނާނުންވެސް ބޭނުންކޮށްފައިވެއެވެ.

ލަވައިގެ ވީޑިއޯ ޑައިރެކްޓް ކޮށް އެޑިޓްކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ރަވީ ފާރޫޤެވެ.

މި ލަވަ މީސްމީޑިއާގައި ފެތުރިގެންދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ. ޓިކްޓޮކް އެޑިޓްތަކާއި، އިންސްޓަގްރާމް ރީލްސް އަދި ކެމްޕޭން ވީޑިއޯތަކުގައި މި ލަވަ ބޭނުންކުރަން ފެށުމާއެކު، މިއީ އިންތިޚާބީ މޫސުމުގެ ރަސްމީ "ބެކްގްރައުންޑް މިއުޒިކް" ކަމުގައި ވެގެންދިޔައެވެ. ސިޔާސީ އެކްޓިވިސްޓުންނާއި، ސަޕޯޓަރުންގެ އިތުރުން ވަކި ފަރާތަކަށް ނުޖެހޭ އާންމުންވެސް އެމީހުންގެ ޚިޔާލު ފާޅުކުރުމަށް މި ލަވަ ބޭނުންކޮށްފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިގެންދިޔަ ސިޔާސީ ލަވަ އެވެ.

މީގެ އިތުރުން، މި ލަވައިގެ މަގުބޫލުކަން ވަކި އުމުރުފުރައަކަށް ހަނިވެފައި ނުވާކަން ފާހަގަކުރެވެ އެވެ. ޒުވާން ވޯޓުލުންތެރިންނާއި، ތަޖުރިބާކާރު ސިޔާސީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންވެސް މި ލަވަ ބަލައިގަތުމުން، މީގެ ސަގާފީ ނުފޫޒު ފެނިގެންދިޔަ އެވެ.

މި ލަވައިން ހާމަވެގެންދިޔަ އަނެއް ކަމަކީ، ރާއްޖޭގެ ސިޔާސީ މުއާމަލާތްތަކަށް އަންނަމުންދާ ބަދަލުތަކެވެ. މިހާރު އާންމުންގެ ސަމާލުކަން ހޯދުމަށް ހަމައެކަނި ޖަލްސާތަކާއި ތަގުރީރުތަކަށް ބަރޯސާވެވޭކަށް ނެތެވެ. ސިޔާސީ ވާހަކަތައް ބައްޓަންކުރުމުގައި މިއުޒިކާއި، މަންޒަރުތަކާއި، އަދި ޑިޖިޓަލް ވަސީލަތްތަކުން ކިޔައިދޭ ވާހަކަތައް މިހާރު ވަނީ މުހިންމު ދައުރެއް އަދާކުރަން ފަށާފައެވެ. "އުންމީދެއްގައި އަލުން" އަކީ އެކަމުގެ ނަމޫނާއެކެވެ.

މީގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ޒުވާނުންގެ ފަރާތުން މި ލަވައަށް ލިބުނު ބޮޑު ތަރުހީބުން ދޭހަވަނީ، ތަފާތު ޖީލުތަކާއި ފިކުރުތަކުގެ މެދުގައި ހުރި ފަރަގު ކުޑަކުރުމުގައި މި ލަވަ ކާމިޔާބުވެފައިވާ މިންވަރެވެ.

މި ލަވައިގެ ނުފޫޒުން އެނގިގެންދިޔައީ، ޒަމާނީ ދިވެހި ސިޔާސީ މައިދާނުގައި ނުފޫޒު ފޯރުވުމަކީ ހަމައެކަނި ތަގުރީރުތަކާއި މެނިފެސްޓޯތަކަށް ހަނިވެފައިވާ ކަމެއް ނޫން ކަމެވެ. އެ ނުފޫޒަކީ މިއުޒިކާއި، ލަވައިގެ ބައިތުތަކާއި، އަދި ރައްޔިތުންގެ އެކުވެރި އަޑުންވެސް އުފެއްދިދާނެ އެއްޗެއްކަން މި ލަވައިން ވަނީ ސާބިތުކޮށްދީފައެވެ.

ނޫނެކޭއާމިރު ސަލީމްޅެންވެރިކަންރާއްޖެޓީވީއުއްމީދެއްގާ އަލުން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

"ނޫނެކޭ" ބުނެ މިފަހަރު ރަތްރޮނގު ދަމާލީ ރައްޔިތުން: ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން!

05 އެޕްރީލު 2026
"ނޫނެކޭ" ބުނެ މިފަހަރު ރަތްރޮނގު ދަމާލީ ރައްޔިތުން: ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން!
01 އެޕްރީލު 2026

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް
31 މާރިޗު 2026

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!
31 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

31 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް
29 މާރިޗު 2026

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު
29 މާރިޗު 2026

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު
28 މާރިޗު 2026

ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް

28 މާރިޗު 2026
 ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް
28 މާރިޗު 2026

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް