Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

މި ބަދަލާއެކު ދެން ޤާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ގުޅިފައިވާ އިސްލާޙުތަކާއި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ފަދަ އެތައް ސުވާލަކަށް ޖަވާބު ނުލިބި ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 05:58
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު | ރާއްޖެ އެމްވީ

ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ ޒިންމާދާރުކަމާއެކު ޤާނޫނަށް ގެނެވިފައިވާ އިސްލާޙެއްކަމަށް ދެންނެވެން ނެތް ކަމަށާއި، އެއީ ޤާނޫނީ ގޮތުން އެތައް ސުވާލެއް އުފެއްދެން އޮތް އުނި އިސްލާޙެއްކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު އެފަދައިން ވިދާޅުވީ ބާ ކައުންސިލުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފޯރަމްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެނައުމަށް ވިސްނަވަމުން ގެންދަވާ ވާހަކަ ރައީސް ޑރ މުޙައްމަދު މުއިއްޒު މީގެ ދެއަހަރު ކުރިން ދައްކަވަމުން ގެންދަވާފައިވާ ކަމަށާއި، ވީއިރު، މިހާ ވަގުތު ކުޑަތަންވާގޮތަށް އެކަން ކުރެއްވި ސަބަބާމެދު  ސުވާލު އުފެދޭ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް ވެސް މިކަމުގައި އެކަށީގެންވާ ފުރުސަތު ލިބޭގޮތަށް މި މަސައްކަތް ކުރިއަށް ގެންދެވިނަމަ މިއީ ޒިންމާދާރު ގޮތެއްގައި ކޮށްފައިވާ ކަމެއްކަމަށް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހަމައެއާއެކު، މި ބިލުގެ މަސައްކަތް ވެސް ކުރެވިގެން ދިޔައީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވެއްޖެ މި އިސްލާޙުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި، 2025 ވަނަ އަހަރު މި ވާހަކަ ދައްކަވައިފި، އެހެންވީމާ އޭގެ ފަހުން ކުއްލިއަކަށް ޖެނުއަރީ މަހާ ހަމައަށް މިކަން ފަސްކުރެއްވީ ކީއްވެގެންތޯއޭ، ރައްޔިތުންނަށް މީގަ ތަންކޮޅެއް ބޮޑަށް ފުރުސަތު ލިބޭފަދަ ގޮތަކަށް މިކަންކަން ފަހި ކުރެއްވިނަމަ މާ ޒިންމާދާރު ގޮތެއްގައި މިކަންކަން ގެންދެވުނު ކަމަށް ރައްޔިތުން ބަލައިގަންނާނެ
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

ނޫ ޤާނޫނުއަސާސީ އަދި ފެހި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި މުއިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލު ޤާނޫނުއަސާސީއަށް ގެނައުމަށް މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދިޔައިރު މެމްބަރުން ވެސް ކުރަންޖެހޭ އެތައް ސުވާލެއް ނުކޮށް ހުރި ކަމަށެވެ. އެގޮތުން މި ބަދަލާއެކު ދެން ޤާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ގުޅިފައިވާ އިސްލާޙުތަކާއި، ޚަރަދު ކުޑަކުރުމުގެ ވާހަކަ ފަދަ އެތައް ސުވާލެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ބަދަލުތައް ގެންނައިރު އެފަދަ ސުވާލުތަކުގެ ޖަވާބު ކޮންމެހެން ވެސް ލިބެންޖެހޭ ކަމަށެވެ.

މިކަންކަން މިހެން ހުއްޓާ ކުއްލިއަކަށް 3 ޖެނުއަރީގައި ޑްރާފްޓްކުރި ބިލެއް 4 ގައި ގެނެސް، 24 ގަޑިއިރު ނުވަނީސް 5 ވަނަ ދުވަހު ބަހުސް ފެށުން، މިއީ ކޮން ކަހަލަ ވާހަކައެއްތޯ؟ މި ވާހަކަތައް އަޅުގަނޑުމެންގެ މަންދޫބުން ކޮންމެވެސް ވަރަކަށް ދައްކާފައި އެބަހުރި 24 ގަޑިއިރުގެ ނޯޓިސް ކިރިޔާ ލިބުނީއޭ، މިއީ ވަރަށް މުހިއްމު، ލިބެންޖެހޭ ޖަވާބުތަކެއް
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

މީގެ އިތުރުން، މި އިސްލާޙުގެ 4 ވަނަ މާއްދާގައި ހިމެނިފައިވާ ކަންކަމަކީ ޤާނޫނު ތަސްދީޤުކުރުމާއެކު ޤާނޫނުއަސާސީގެ ތެރެއަށް ވަންނާނެ މާއްދާއެއްތޯ ނުވަތަ ނޫންތޯވެސް  މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން އެ މާއްދާގައި އޮންނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މަޖިލީހުގެ އުމުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަމަވާނެ ކަމަށާއި، މަޖިލިސް މެމްބަރުން ހޮވުމަށްޓަކައި ޤާނޫނަށް އަމަލުކުރުމަށް ފަހު އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިޚާބު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި، އެ މަޤާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ނިންމައި،  2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ ކަމަށެވެ.

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑުގެ ދުވަސްވަރު 2020 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އިޝްތިޝާރީ ލަފައެއްގައި ޤާނޫނުއަސާސީގައި ނުހިމެނޭ މާއްދާތަކުގެ ޤާނޫނީ ބުރަދަނާއި، ނަތީޖާއާމެދު އޮޅުން އަރާ އަދި ތަފާތު ގިނަ ގޮތްގޮތަށް މާނަ ކުރެވޭ ކަންކަމުން އެއްކިބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވިދާޅުވީ، މިހާރު އޮތް ގޮތުން 4 ވަނަ މާއްދާ އަންނަނީ ޤާނޫނުއަސާސީގެ ކޮން ހިސާބަކަށްކަން ވެސް އެނގޭކަށް ނެތް ކަމަށެވެ.

އެހެންވީމާ މިއީ އުނި އިސްލާޙެއް، ރަނގަޅަކަށް ނޫން މިކަން ކުރެވިފައި މި އޮތީކީ، އެހެންވީމާ މިއީ ޑިފެކްޓިވް، ޤާނޫނީ ގޮތުން ސުވާލު އުފެއްދިދާނެ އިސްލާހެއްގެ ގޮތުގައި އަޅުގަނޑު ދެކެން، އެފަދަ ކަންކަން ވަނީ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައި، ވީމާ އެކަމަށް ސަމާލުކަން ނުދެވި އަނެއްކާވެސް މި އިސްލާޙު ހުށަހެޅިފައި މި އޮތީ، ވަރަށް ދެރަ ކަމެއް މިހާ މުހިންމު ކަމެއްގައި ސަމާލުކަން ދޭން ވާވަރަށް، މިއީ ހަމަ ޑްރާފްޓިންގ ގަ ރަނގަޅުކޮށްލެވެން އޮތް ކަމެއް، އެކަމަކު ސަމާލުކަން ނުދެވިގެން މިކަން ނުކުރެވި މި އޮތީ
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

މިކަންކަން އެހެން ހުރުމާއެކު، މިއީ ޒިންމާދާރުކަމާއެކު ޤާނޫނަށް ގެނެވިފައިވާ އިސްލާޙެއްކަމަށް ދެންނެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

 

ނޫނެކޭނޫނެކޭ ކެމްޕެއިންރެފަރަންޑަމް ބިލުމުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

28 މާރިޗު 2026
 ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސްގެ ޤަރާރުން ދެއްކިފައެއް ނެތް: މައުރޫފް

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު