Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާތީ، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަން ޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވި. ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އިންތިޚާބުތައް މަދުކުރަން އުޅުނަސް، ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ ލާމަރުކަޒީ ނިޒާމަށް ގެއްލުންވަމުންދާކަން އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 05:07
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް).

ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް). | ރާއްޖެ އެމްވީ

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއް ބަހާއި އަމަލު ދިމާނުވާތީކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ރެފަރެންޑަމް ވޯޓު ނެގުމަށް އެންމެ ފުރަތަމަ ސަރުކާރުން ދައްކަމުން ދިޔަ ސަބަބަކީ އެކަމުގެ ސަބަބުން ޚަރަދު ކުޑަކުރެވޭ ވާހަކަ ކަމަށާއި، އެއީ ދޮގެއްކަން މިއަދު ރައްޔިތުންނަށް ސާފުކޮށް ހާމަވަމުންދާކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުކަން މިއަދު ފެންނަން އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

ހަލީމް އިތުރަށް ވިދާޅުވީ، އިންތިޚާބުތައް މަދު ކުރުމުގެ ވިސްނުން މި ސަރުކާރުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށާއި، ލާމަރުކަޒީ ނިޒާމަށްވެސް ބޮޑެތި ގެއްލުންތައް މި ސަރުކާރުން ދީފައިވާ ކަމަށެވެ.

އަޅުގަނޑު އެދެނީ 4 އޭޕްރީލްގައި ދިވެހި ރައްޔިތުން ނުކުމެ، އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމާއެކު ހަމަ އެއް ނޭވާއެއްގައި މި ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބޮޑުކޮށް ޖަހަން.
ބިލެއްދޫ ދާއިޜާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)

ހަލީމް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއާ ގުޅިގެން ދިވެހި ރައްޔިތުން އިއްތިފާޤުވެފައިވާ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރޭގައި  ދެފުއް ފެންނަ ގޮތަކަށް އިންތިޚާބުތައް ބޭއްވުން ހިމެނޭ ކަމަށެވެ. މީގެ ކުރިން ބޭއްވިފައިވާ އިންތިޚާބުތައްވެސް ޖުމުލަ ގޮތެއްގައި ގޮސްފައިވަނީ މާ ބޮޑެތި މައްސަލަތަކެއް ނެތި، ވޯޓުގެ ނަތިޖާ ޔަޤީން ކުރެވޭގޮތަށް ކަމަށެވެ.

އެހެންނަމަވެސް މިއަދު އެކަން އެމަގުން ދާނެ ކަމާމެދު ޝައްކުތަކެއް އުފެދިފައިވާކަން ފާހަގަ ކުރައްވައި ހަލީމް ވިދާޅުވީ، އެ ޝައްކުތަކާއެކު ފެންމަތިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެންމަތިވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން މި ވޯޓާ ގުޅިގެން ދައްކަމުންދާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާވާތަން ފެންނަން ނެތް ކަމަށާއި، ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ އެ ސަބަބާހުރެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ނޫނެކޭ ކެމްޕެއިންނޫނެކޭމެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

01 އެޕްރީލު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026
ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

31 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު