Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރެފަރެންޑަމް ވޯޓު

"ނޫނެކޭ" ބުނެ މިފަހަރު ރަތްރޮނގު ދަމާލީ ރައްޔިތުން: ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން!

ޤާނޫނުއަސާސީއަށް ބޭނުންހާ ބަދަލެއް ގެނައުމާ ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ، ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެ ވަރުގަދަ "ރަތް ރޮނގެއް" ދަމައިފި. ފެންނަ ނުފެންނަ ވޯޓުން ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 09:04
ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި

ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި | ރާއްޖެއެމްވީ ގްރެފިކްސް

"ރަތް ރޮނގު" ގެ ވާހަކައަކީ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށާއި، އޭގެ ފަހުން ވެރިކަމުގައި ދިމާވި އެކި ކަންކަމުގައިވެސް އެންމެ ގިނައިން ބޭނުންކުރެއްވި އެއް ލަފުޒެވެ. އެގޮތުން ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލާއި، ޤާނޫނުއަސާސީއާއި، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ރަތްރޮނގު ހުރަސް ނުކުރެވޭނެކަމުގެ އިންޒާރު ރައީސް ދެއްވީ މަދަކުން ނޫނެވެ.

ނަމަވެސް، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު މި މަންޒަރު މުޅިން ބަދަލުވެގެން ދިޔައެވެ.

މިފަހަރު ރަތް ރޮނގު ދެމީ ސަރުކާރަކުން ނޫނެވެ. މިފަހަރު ރަތް ރޮނގު ދެމީ ރައްޔިތުންނެވެ. ފެންނަ  ނުފެންނަ ވޯޓުގައި ނޫނެކޭ ބުނި މީހުންގެ އަދަދު މިއަދުގެ ރައީސް ޑރ މުއިއްޒަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރި މީހުންނަށްވުރެވެސް ގިނައެވެ. 

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ވަކި ދާއިރާއެއް ބެލުމެއް ނެތި އެކަމަކަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން މި ދިޔަ ފެންނަ ނުފެންނަ ވޯޓުގައި، ރައްޔިތުން ހަމައެކަނި ވޯޓު ދިނީ އެ ވޯޓުގައި އޮތް ސުވާލަކަށް ނޫނެވެ. ރައްޔިތުން ރައްދު ދިނީ ކަންކަން ވަމުންދިޔަ ގޮތަށެވެ. އަދި އޮޅުމެއް ނެތް ސާފު އިބާރާތުން ސަރުކާރަށް ބުނެދިނީ: މި ރޮނގު ހުރަސްނުކުރާށެވެ.

ޤާނޫނުއަސާސީއާ ނުކުޅޭށެވެ. އޭގެ މާނަ އޮޅުވާނުލާށެވެ. އަމިއްލަ ފަސޭހައަށްޓަކައި ޤާނޫނުއަސާސީއަށް ބޭނުންހާ ބަދަލެއް ނުގެންނާށެވެ. ސިޔާސީ މަންފާއަށްޓަކައި ޤާނޫނުއަސާސީ ހަތިޔާރަކަށް ނަހަދާށެވެ.

"ރަތް ރޮނގު" މި ލަފުޒަކީ ބާރުގަދަ ލަފުޒެކެވެ. ސަބަބަކީ އެ ރޮނގު ހުރަސްކޮށްފިނަމަ އޭގެ ނަތީޖާ ހިތްދަތިވާނެކަން އެއިން ދޭހަވާތީއެވެ.

ޤާނޫނުއަސާސީއަކީ ވަގުތީ ގޮތުން ބާރުގައި ތިބޭ ބައެއްގެ މަސްލަހަތަށް އޮންނަ އެއްޗެއް ނޫނެވެ. އެއީ ދައުލަތުގެ ބިންގަލެވެ. ބާރުތައް ބެހިފައިވާކަމާއި، ބާރުތަކަށް ހައްދުތަކެއް ހުރިކަމާއި، ޖަވާބުދާރީވާންޖެހޭކަން ކަށަވަރުކޮށްދޭ އޮނިގަނޑެވެ. އެއީ ދިވެހި ސިޔާސީ މައިދާނުގައި މިހާރު އިތުރުވަމުންދާ ބާރުގެ ނަހަމަ ބޭނުންކުރުން ހުއްޓުވުމަށްޓަކައި ފަރުމާކޮށްފައިވާ އެއްޗެކެވެ.

އެހެންނަމަވެސް، ފަހަކަށް އައިސް ދިވެހިންނަށް ފެންނަމުންދިޔައީ މި ބިންގާ ކަމަށްވާ ޤާނޫނުއަސާސީއަކީ ބޭނުންހާ ގޮތަކަށް ލެންބޭނެ އެއްޗެއްގެ ގޮތުގައި ބަލަމުންދާ ތަނެވެ. ސިޔާސީ ރޭވުންތަކާ އެއްގޮތަށް ބަދަލުކުރެވޭ، ނުވަތަ އަލުން ލިޔެވިދާނެ އެއްޗެއްގެ ގޮތުގައި ބަލަމުންދާ ތަނެވެ.

ދިވެހި ރައްޔިތުން ނުކުމެ އެކަމަށް ނޫނެކޭ ބުނެ، ރަތް ރޮނގު ދަމަން ޖެހުނީ އެ ހިސާބުންނެވެ. ދައުލަތުގެ އެންމެހާ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންކަން ހަނދާންކޮށްދޭން ޖެހުނީ އެހިސާބުންނެވެ.

ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. ޑިމޮކްރަސީތައް ކުރިއަރަމުންދާއިރު، ޤާނޫނީ އޮނިގަނޑުތަކަށް ބަދަލު ގެންނަން ޖެހޭ ފަހަރު އާދެއެވެ. ނަމަވެސް، އެފަދަ ބަދަލުތައް ގެންނަންވާނީ ފުންކޮށް ވިސްނައި، ގިނަ ބައެއްގެ އިއްތިފާގުން، އަދި އެންމެ މުހިންމު ކަމަކީ، ހަގީގީ ބޭނުމެއް އޮވެގެންނެވެ.

ދިވެހީން ދެކޮޅު ހެދީ ބަދަލު ގެނައުމަކަށް ނޫނެވެ. އެ ބަދަލު ގެންނަން އުޅުނު ގޮތަށާއި އޭގެ ފަހަތުގައި އޮތް ނިޔަތަށެވެ.

އެހެންކަމުން، މި ވޯޓުގެ ނަތީޖާއަކީ ސިޔާސީ ނަތީޖާއެއް ނޫނެވެ. އެއީ ޤާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުން ބަލައިގެންފައިވާ އުސޫލުތަކެއް އަލުން ކަށަވަރުކުރުމެވެ. ކުރު މުއްދަތުގެ ސިޔާސީ މަސްލަހަތުތަކަށްވުރެ މަތީގައި ހުންނަންޖެހޭ ކަންތައްތަކެއް ހުރިކަން ހާމަކޮށްދިނުމެވެ.

އެއީ ހަގީގަތުގައިވެސް ކުރެހުނު ރަތް ރޮނގެކެވެ.

ރެފަރަންޑަމް ބިލުނޫނެކޭ ކެމްޕެއިންނޫނެކޭމުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026
އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް

އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު