Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ: ސަލީމް

ޤާނޫނުއަސާސީގެ މައިގަނޑު އަސާސްތަކަށް ބަދަލު ގެނެސް، އޭގެ އަސްލު ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާނެ ކަމަށް ތަސައްވުރު ކުރެވިފައި ނުވާ ކަމަށް ސަލީމް ވިދާޅުވި. އަދި ވަކި ބައެއްގެ މަންފާއަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވައި، ސަލީމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މާރިޗު 2026 | އަންގާރަ 06:37
މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް

މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަކީ ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގަނެފައިވާ އެންމެ ރަނގަޅު ހަމަކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ޤާނޫނުއަސާސީގެ މައިގަނޑު ބައިތަކަށް ބަދަލުގެނެސް މި މިންވަރަށް ޤާނޫނުއަސާސީއާ ކުޅޭނެކަން ތަސައްވުރު ވެސް ކުރެވިފައިނުވާ ކަމަށާއި، އެހެން ނޫންނަމަ ޤާނޫނުއަސާސީ އެކުލަވާލިއިރު މިހާރަށްވުރެ ބޮޑު ތަޅެއް އަޅުވާފައި އޮންނާނެކަމަށެވެ.

މިކަހަލަ ދުވަހެއް، ޤާނޫނުއަސާސީގައި ހުރި މައިގަނޑު ބައިތަކާ މިހެން ކުޅެ ފަހަރަކު ބައެއް ފަހަރަކު ބައެއް މިހެން ކުޅެފާނެކަމަށް މިއީ އަޅުގަނޑުމެންގެ ހިޔާލަށް ވެސް އައި ކަމެއް ނޫން، އެހެންނަމަ މިއަށްވުރެ ބޮޑު ތަޅެއް އެ ދުވަހު އެޅުވީސް ކަންނޭނގެ. އެހާ ފަސޭހައިން މައިގަނޑު މިކަހަލަ ކަންކަމަށް ބަދަލުތައް ނުގެނެވޭ ގޮތަށް
މަޝްހޫރު ލިޔުންތެރިޔާ، ހޯރަފުށީ މުޙައްމަދު ސަލީމް

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ސަލީމް ވިދާޅުވީ، މިހާތަނަށް ވެސް ފެނިފައިވަނީ ވަކި މަންފާތަކެއް ޙާޞިލު ކުރުމަށްޓަކައި އެކި ފަހަރުމަތިން ޤާނޫނުއަސާސީއަށް އެކި ކަހަލަ ބަދަލުތައް ގެނެސްފައިވާ މަންޒަރު ކަމަށެވެ. އެގޮތުން އެކި ވެރިކަންތަކުގައި އެ މަންޒަރު ފެނިފައިވާ ކަމަށާއި، މިއަދުވެސް އެކަން ތަކުރާރުވަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވެސް އެކި ކަހަލަ ސަބަބުތައް ދައްކަމުންދާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ދިވެހި ރައްޔިތުން ވޯޓުލާއިރު މިނިވަން ސިކުނޑިއަކުން މިކަންކަމާމެދު ވިސްނައި ފިކުރުކޮށްގެން ވޯޓުލާނެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީ އެކުލަވާލިއިރު ބަލައިގެންފައިވާ ހަމައަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ވަކި ދެ މަރުޙަލާއެއްގެ ގޮތުގައި އޮތުން ކަމަށެވެ. އަދި އޭނާގެ ވެސް ވިސްނުމަކީ އެއީކަން ފާހަގަ ކުރެއްވިއެވެ.

ނޫނެކޭރެފަރަންޑަމް ބިލުމުހައްމަދު ސަލީމް

އިތުރަށް ކިޔާލަން

30 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

30 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!
30 މާރިޗު 2026

ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ

30 މާރިޗު 2026
ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ
30 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް

30 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް
29 މާރިޗު 2026

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު
29 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު