Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން ތަށި އުފުލާލައިފި

މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ބަންގްލަދޭޝް އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފައި. އެ ޓީމުގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި. ފަސް ޕެނަލްޓީގެ ތެރެއިން އިންޑިއާ އަށް ތިން ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2026 | ހޮނިހިރު 02:31
ބަންގްލަދޭޝް އިން މުބާރާތުގެ ތަށި އުފުލާލަނީ

ބަންގްލަދޭޝް އިން މުބާރާތުގެ ތަށި އުފުލާލަނީ | ސާފް

ރާއްޖޭގައި ކުރިއަށް ދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބަންގްލަދޭޝް އިން ވަނީ ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށްފަ އެވެ. ފައިނަލްގެ ކުރިން މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ. 

މެޗު ފަށައިގެން ބަންގްލަދޭޝް އިން ރަނގަޅަށް ކުޅެ، އިންޑިއާގެ ގޯލަށް ނުރައްކާ ކުރުމަަށް މަސައްކަތް ކުރަމުން ދިޔައިރު، އިންޑިއާ އިން ވެސް ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އިންޑިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ބަންގްލަދޭޝް އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ފަސް ޕެނަލްޓީގެ ތެރެއިން އިންޑިއާ އަށް ތިން ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މީގެ ކުރިން ބަންގްލަދޭޝް އިން ވަނީ 2024 ވަނަ އަހަރު އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. 2025 ވަނަ އަހަރު އޮތީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކަމަށްވާއިރު، އެފަހަރުގެ މުބާާރާތް ކާމިޔާބު ކުރީ އިންޑިއާ އިންނެވެ. އެ ފަހަރު އިންޑިއާ އިން މުބާރާތް ކާމިޔާބު ކުރީ ޕެނަލްޓީގައި ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފައިނަލްގައި ބަންގްލަދޭޝް އާއި އިންޑިއާ

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފައިނަލްގައި ބަންގްލަދޭޝް އާއި އިންޑިއާ

02 އެޕްރީލު 2026
ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި، ގުރޫޕުގެ އެއް ވަނަ އިންޑިއާ އަށް

ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި، ގުރޫޕުގެ އެއް ވަނަ އިންޑިއާ އަށް

29 މާރިޗު 2026
ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

28 މާރިޗު 2026
ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

26 މާރިޗު 2026
ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު