Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ފައިނަލްގައި ބަންގްލަދޭޝް އާއި އިންޑިއާ

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފައި. އެ މެޗު ނިމުނީ އެއްވަރު ވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 06:29
ބޫޓާންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ބޫޓާންއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސާފް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ބަންގްލަދޭޝް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ނޭޕާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ބަންގްލަދޭޝް އިން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަަހައިދިނީ އެމްޑީ މަނިކް އެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅަ، ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގައި ބަންގްލަދޭޝް އިން އިތުރު ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑު ކަމަށް ވަނީ ނިންމައިފަ އެވެ.

މި މެޗުގައި ބަންގްލަދޭޝް އަށް ސަޕޯޓު ކުރުމަށްޓަކައި އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަނޑަށް ވަދެފަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ އަދަދު އިންތިހާ އަށް ގިނައިރު، ދަނޑުގައި ގިނައިން ތިބީ ވެސް ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ. 

ބުދަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލްގައިި އިންޑިއާ އިން ވަނީ 5-0 އިން ބޫޓާން ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަަތަރު ވަނަ މިނެޓުގައި އިންޑިއާ އަށް ލީޑު ނަގައިދިނީ އޮމަން ދުދޯން އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އިންޑިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެމްޑީ އަރްބާޝް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި އިންޑިއާގެ ރޯހަން ސިންގް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ މިނެޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، އިންޑިއާ އަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އިންޑިއާގެ ފަސް ވަނަ ލަނޑު ޖެހީ ތޮކްޗޯމް އެވެ. 

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލު ކޮށްފަ އެވެ. އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި، ގުރޫޕުގެ އެއް ވަނަ އިންޑިއާ އަށް

ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި، ގުރޫޕުގެ އެއް ވަނަ އިންޑިއާ އަށް

29 މާރިޗު 2026
ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

28 މާރިޗު 2026
ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

26 މާރިޗު 2026
ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު