Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ބަންގްލަދޭޝް އިން އިންޑިއާއާ އެއްވަރުކޮށްފި، ގުރޫޕުގެ އެއް ވަނަ އިންޑިއާ އަށް

މުބާރާތުގެ ސެމީ ފައިނަލްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލްއާ ދެކޮޅަށް. އަނެއް ސެމީ ފައިނަލްގައި އިންޑިއާ ނިކުންނާނީ ބޫޓާންއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2026 | އާދީއްތަ 04:09
ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން | ސާފް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗު އެއްވަރުވެ، އިންޑިއާ އަށް ގުރޫޕުގެ އެއް ވަނަ ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި އިންޑިއާ އިން

ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބަންގްލަދޭޝް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗަށް ނިކުތްއިރު ވެސް ދެ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތްއިރު، އެއް ވަނަ އާއި ދެ ވަނަ ޔަގީންވާން އޮތީ މި މެޗުންނެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އިންޑިއާ އިން ވަނީ ބަންގްލަދޭޝް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އިންޑިއާ އަށް ޖަހައިދިނީ ވިޝާލް ޔާދަވް އެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގްލަދޭޝް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ބަންގްލަދޭޝް އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުލް ރިޔާދު ފަހީމް އެވެ.

މެޗު އެއްވަރުވެގެން ނިމުނުއިރު، ގުރޫޕް ސްޓޭޖުގައި ދެ ޓީމަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. ހަތަރު ޕޮއިންޓާ އެކު އިންޑިއާ އިން އެއް ވަަަނަ ޔަގީން ކުރީ ފައިދާ ތިން ލަނޑުންނެވެ. ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އަށް ދެ ވަނަ ލިބުނީ ފައިދާ ލަނޑުންނެވެ. 

މުބާރާތުގެ ސެމީ ފައިނަލްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. އަނެއް ސެމީ ފައިނަލްގައި އިންޑިއާ ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

28 މާރިޗު 2026
ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

26 މާރިޗު 2026
ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު