Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ފަހު ވަގުތު ލަންކާ ބަލިކޮށް، ބޫޓާން ސެމީ ފައިނަލަށް

ނޭޕާލް އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދައިގެން. ދެ ވަނައިގައި ބޫޓާން އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ހަތަރު ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 މާރިޗު 2026 | ހޮނިހިރު 03:34
މެޗުގައި ލަނޑު ޖެހުމަށް ފަހު ބޫޓާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބޫޓާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ސާފް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބޫޓާން އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބޫޓާން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ ހަމައެކަނި ލަނޑު ބޫޓާން އިން ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. މި މެޗަށް ނިކުތްއިރު، ސެމީ ފައިނަލްގެ ފުރުސަތު ބޮޑަށް އޮތީ ލަންކާ އަށެވެ. މެޗު އެއްވަރު ކޮށްގެން ވެސް ލަންކާ އަށް ސެމީ ފައިނަލްގެ ފުރުސަތު އޮތްއިރު، ބޫޓާން އަށް އޮތީ ލަންކާ ބަލި ކުރަން މަޖުބޫރުވެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބޫޓާންގެ ލަނޑު ޖެހީ ދެންޑުޕް ގެޔެސްޓެން އެވެ. އެއީ އެ ޓީމުގެ ޓަންޑިން ޝެވާން ހުރަސްކޮށްދިން ބޯޅަ، ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ. އެ ލަނޑާ އެކު، ބޫޓާން ވަނީ މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ގުރޫޕް އޭގެ އެއް ވަަނައިގައި ސެމީ ފައިނަލްގެ ޖާގަ ހޯދީ ނޭޕާލް އެވެ. އެ ޓީމުން ވަނީ ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ދިވެހި ރާއްޖެއާ އެއްވަރު ކޮށްފަ އެވެ. އެއް ވަނައިގައި ނޭޕާލް އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބޫޓާން އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. މި ގުރޫޕުގެ ތިން ވަނައިގައި ލަންކާ އަށް ތިން ޕޮއިންޓު ލިބޭއިރު، ހަތަރު ވަނަ އަށް ދިޔަ ރާއްޖެ އަށް ލިބެނީ ދެ ޕޮއިންޓެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް19 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

26 މާރިޗު 2026
ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026
ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް

ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް

14 މެއި 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު