Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ރާއްޖެ އާއި ބޫޓާންގެ ކުރިމަތިލުން ހަމަހަމަ ވެގެން ނިމިއްޖެ

މިއީ މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗު. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 3-2 އިން ސްރީ ލަންކާ އަތުން ބަލިވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2026 | ބުރާސްފަތި 03:11
މުބާރާތުގައި ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި މެޗުގެ ތެރެއިން.

މުބާރާތުގައި ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި މެޗުގެ ތެރެއިން. | ސާފް

ދިވެހި ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ދިވެހި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި ބޫޓާންއާ ވާދަކޮށް އެއްވަރު ވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރާއްޖެ އަށް ލީޑު ނަގައިދޭން ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވެސް ފުރުސަތު ލިބުނެވެ. އިލާންގެ އިތުރުން ރާއްޖޭގެ އީތަން އިބްރާހީމް ޒަކީ އާއި، އައިދު އަޙުމަދު ޖަވީޒް އަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ.

މިއީ މުބާރާތުގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ 3-2 އިން ސްރީ ލަންކާ އަތުން ބަލިވެފަ އެވެ. މިއާ އެކު، މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ހޯދުމުގެ އަމިއްލަ

ބާރު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ. ހަތަރު ޓީމުގެ ތެރެއިން މިހާތަނަށް ސެމީ ފައިނަލްގެ ޖާގަ ޔަޤީންވީ ދެ މެޗުން ވެސް މޮޅުވެފައިވާ ނޭޕާލް އަށެވެ.

ސެމީ ފައިނަލްގެ އުންމީދު ހޯދުމަށް ރާއްޖެ އަށް ޖެހޭނީ ހުކުރު ދުވަހުގެ ހަވީރު ނޭޕާލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަށެވެ. އެ މެޗުން މޮޅުވެ ދެން ރާއްޖެ އަށް ޖެހޭނީ ހުކުރު ދުވަހުގެ ރޭ ސްރީ ލަންކާ އާއި ބޫޓާން ބައްދަލު ކުރާ މެޗަށް މަޑު ކުރުމަށެވެ. 

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް19 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

24 މާރިޗު 2026

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026
ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު
05 ފެބުރުއަރީ 2026

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
14 މެއި 2025

ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް

14 މެއި 2025
ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު