Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް

ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ އަށް ނާކާމިޔާބު

24 މާރިޗު 2026 | އަންގާރަ 03:56

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ވަނީ ރަނގަޅަށް ކުޅެ ދެ ލަނޑު ޖަހައިގެން ލީޑު ވެސް ނަގާފައި. ނަމަވެސް، ދެ ވަނަ ހާފުގައި ލަންކާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މާރިޗު 2026 | އަންގާރަ 03:56
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްރީ ލަންކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްރީ ލަންކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ސާފް

ރާއްޖޭގައި ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ލަންކާ އިން ވަނީ 3-2 އިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އިން ވަނީ ރަނގަޅަށް ކުޅެ ދެ ލަނޑު ޖަހައިގެން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ލަންކާ އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރާއްޖެ އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު ރާއްޖެ އަށް ޖަހައިދިނީ ކެޕްޓަން މުޙައްމަދު އިލާން އިމްރާން އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިލާން ވަނީ ރާއްޖޭގެ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއާ އެކު ރާއްޖެ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލަަންކާގެ މުޙައްމަދު ކަތީމް ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އޭގެ ފަހުން 62 ވަނަ މިނެޓުގައި ލަންކާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙުމަދު ހިޖާޒީ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ލަންކާގެ ތިން ވަނަ ލަނޑު ޖަހައި މޮޅު ކޮށްދިނީ ޙުސެއިން ޢަބްދުﷲ އެވެ.

ލަންކާ އިން ލީޑު ނެގި ފަހުންް ވެސް ރާއްޖެ އިން ވަނީ ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ހޯދައިފަ އެވެ. ނަމަވެސް، ރާއްޖެ އަށް ފުރުސަތުގެ ބޭނުން ނުކުރެވި، މެޗު ނިމުނީ ލަންކާ މޮޅުވެގެންނެވެ. 

މުބާރާތުގައި ރާއްޖެ އޮތީ ގުރޫޕް އޭގަ އެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން ދެން މި ގުރޫޕުގައި އޮތީ ނޭޕާލް އާއި ބޫޓާން އެވެ. ގުރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލް އިން ވަނީ ބޫޓާން ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ވަނަ މެޗުގައި ބޫޓާންއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ އެވެ.

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް19 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2026

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
14 މެއި 2025

ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް

14 މެއި 2025
ބޫޓާނާ އެއްވަރުކޮށް، ރާއްޖެ ސެމީ ފައިނަލަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް