Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

މަދަނީ ޖަމިއްޔާތަކުން މީގެ ކުރިން ވެސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި. ނަމަވެސް، އެ ހުށަހެޅުންތަކަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް އެ ޖަމިއްޔާތަކުން ބުނީ، މިހާރު މުޅި ރެފަރެންޑަމްގެ ސައްހަކަން ގެއްލެން މެދުވެރިވެފައިވާކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 07:42
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ތެރެއިން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ތެރެއިން | އިލެކްޝަންސް ކޮމިޝަން

ރެފަރެންޑަމް އާ ގުޅިގެން ހެޔޮވެރިކަމުގެ އުސޫލުތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި، ގާނޫނުއަސާސީގެ އިތުބާރު ހިފެހެއްޓުމާ ގުޅޭގޮތުން ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ގިނަ ޖަމިއްޔާތަތަކުން އެއްވެ ހަދާފައިވާ ކޯލިޝަނެއްކަމަށްވާ "ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް" (އާރްސީޖީ) އިން ބުނެފިއެވެ.

އާރްސީޖީއިން އެހެން ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްކަމަށްވާ އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އާއި ސޭވް މޯލްޑިވްސްގެ އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، މެންޓަލް ހެލްތް ސަޕޯޓް ގްރޫޕް އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭޕްރިލް 4 ވަނަ ދުވަހު ނަގާ ރެފަރެންޑަމް ވޯޓަކީ 2007 ވަނަ އަހަރަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ފެންނަ ނުފެންނަ ވޯޓު ކަމަށާއި، އަދި މިއީ "އާންމު ފެންނަ ނުފެންނަ ވޯޓުގެ ގާނޫނު" (ގާނޫނު ނަންބަރު 15/2025) ގެ ދަށުން ބާއްވާ މިފަދަ ފުރަތަމަ ވޯޓު ކަމަށެވެ.

އެހެންނަމަވެސް، ދައުލަތުގެ ކަންކަން ހިންގުމުގައި އިޖުރާއަތްތަކަށް ބޯ ނުލެނބުމާއި، ރައްޔިތުންގެ މާނަވީ ބައިވެރިވުން ނެތުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ މި މަސައްކަތުގެ ސައްހަކަމާމެދު ސީދާ ސުވާލު އުފެދޭތީ "ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް" (އާރު.ސީ.ޖީ) އިން ނުހަނު ކަންބޮޑުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މި ރެފަރެންޑަމާ ގުޅިގެން ހެޔޮވެރިކަމުގެ އުސޫލުތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި، ގާނޫނުއަސާސީގެ އިތުބާރު ހިފެހެއްޓުމާ ގުޅޭގޮތުން ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ހިމެނޭހެން ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުން ވެސް ދަނީ ފާޅުކުރަމުންނެވެ. އަދި މި ވޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސިވިލް ކޯޓާއި، ހައިކޯޓާއި، ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައިގައި އަދި ވަނީ ގޮތެއް ނުނިންމައެވެ.
އާރްޖީސީގެ ބަޔާން

މި ރެފަރެންޑަމްގައި ރައްޔިތުން ގާތު އަހަނީ ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ގަބޫލުކުރަންތޯ ނުވަތަ ނޫންތޯއެވެ. މި އިސްލާހުގައި ތަފާތު ދެ ބަދަލެއް އެކުލެވިގެންވެއެވެ. އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާއި، މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމެވެ.

މި ބަދަލުގެ ސަބަބުން މިހާރު އިންތިޚާބުކޮށްފައިވާ މަޖިލިސް މެންބަރުންގެ ދައުރު 30 ނޮވެމްބަރު 2028 ގައި ހަމަވެ، ދައުރު ކުރުވާނެއެވެ. އާރްޖީސީން ފާހަގަ ކުރާ ގޮތުގައި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ގެނައި 8 އިސްލާހަކީ ވެސް، ގާނޫނުއަސާސީގައި ބަޔާންކުރާ ފަދަ ފުރިހަމަ އިޖުރާއަތްތަކެއް ފުރިހަމަނުކޮށް ގެނެސްފައިވާ އިސްލާހުތަކެކެވެ. އެގޮތުން، އިސްލާހުތައް ހުށަހެޅުމާއި ބިލުތައް ފާސްކުރުމުގެ އެކި މަރުހަލާތަކުގައި ރައްޔިތުންގެ މާނަވީ މަޝްވަރާ ހޯދުމަށް މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

ޚާއްޞަކޮށް، ގާނޫނުއަސާސީގެ 8 ވަނަ އިސްލާހު މަޖިލީހަށް ހުށަހެޅީ މަޖިލިސް ޗުއްޓީގައި އޮއްވައި ބޭއްވި ކުއްލި ޖަލްސާއެއްގައި ކަމަށާއި، މި ޖަލްސާގެ ނޯޓިސް ދީފައި ވަނީ 24 ގަޑި އިރަށް ވުރެ ވެސް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނެވެ. އަދި މުޅި ބިލުގެ ބަހުސަށް ހޭދަކުރީ ތިން ގަޑިއިރަށްވުރެ ކުރު ވަގުތެއްކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، މި ރެފަރެންޑަމާ ގުޅިގެން ހުރި އޮނިގަނޑު އަދި ނިޒާމީ ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވޭއިރު، މީގެ ސަބަބުން މި ވޯޓުގެ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަން ވެސް އާރްޖީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާންމު ފެންނަ ނުފެންނަ ވޯޓުގެ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނަނީ، ވޯޓު ނަގާނެކަން އިޢުލާނު ކުރުމާއި ވޯޓުލުމާ ދެމެދު 45 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއް އޮންނަންވާނެ ކަމަށެވެ. ނަމަވެސް، ގައުމީ ފެންވަރުގެ މުހިންމު ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރުވައި، މާނަވީ މަޝްވަރާކޮށް، ބަހުސްކުރުމަށް މި މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން، މި ވޯޓުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާއި، އޭގެ ނުރައްކަލާއި ފައިދާތަކާ ގުޅޭގޮތުން ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ލިބޭނެކަން ކަށަވަރު ނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

 ޚާއްޞަކޮށް، ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވޯޓަށް އަހާއިރު، ރައްޔިތުންނަށް ދޭ މައުލޫމާތު ކަރުދާހުގައި ހިމަނަން ޖެހެނީ ހަމައެކަނި އެ އިސްލާހަކަށް ތާއީދުކުރާ އުޒުރުތައް އެކަނި ނޫން ކަމަށާއި، އިދިކޮޅު ޚިޔާލުތައް ނުހިމަނައި، ހަމައެކަނި އެއްކޮޅުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ، ރައްޔިތުން ހޭލުންތެރިވެ ތިބެ ގޮތް ނިންމުމަށް ހުރަސްއެޅޭ، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއްކަމަށް ވެސް އާރްޖީސީން ދެކެއެވެ.

މި ކޯލިޝަންގައި ހިމެނޭ މަދަނީ ޖަމިއްޔާތަކުން މީގެ ކުރިންވެސް ވަނީ މި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ. ނަމަވެސް، އެ ހުށަހެޅުންތަކައް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް އެ ޖަމިއްޔާތަކުން ބުނީ، މިހާރު މުޅި ރެފަރެންޑަމްގެ ސައްހަކަން ގެއްލެން މެދުވެރިވެފައިވާ ކަމަށެވެ.

ނޫނެކޭ ކެމްޕެއިންރެފަރަންޑަމް ބިލުޓްރާންސްޕޭރަންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

02 އެޕްރީލު 2026
ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

01 އެޕްރީލު 2026
ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު