Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ފެންނަނީ ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު: މަދަނީ ޖަމިއްޔާތައް

ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އިންތިޚާބީ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމުގެ ބަދަލުގައި ކޯޓުތަކުން ސަރުކާރަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފި. މައްސަލަތައް ބަލައިނުގަނެ ބޭރުކޮށްލުމާއި، ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލުތަކާއެކު ޝަރުއީ ދާއިރާގެ ދެފުށް ފެންނަ މިންވަރު ކުޑަވެފައިވާކަން އެ ޖަމިއްޔާތަކުން ފާހަގަކުރޭ. މިކަމުގެ ސަބަބުން އިންސާފު ހޯދުމަށް ހުރަސްއެޅި، ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އެޕްރީލު 2026 | ބުރާސްފަތި 08:11
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް | ރާއްޖެއެމްވީ

އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ޝަރުއީ ދާއިރާއިން ފެންނަމުންދަނީ ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރުކަމަށް ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ގިނަ ޖަމިއްޔާތަކަކުން އެއްވެ ހަދާފައިވާ ކޯލިޝަނެއްކަމަށްވާ "ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް" (އާރްސީޖީ) އިން ބުނެފިއެވެ.

އާރްސީޖީއިން އެހެން ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އާއި ސޭވް މޯލްޑިވްސްގެ އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، މެންޓަލް ހެލްތް ސަޕޯޓް ގްރޫޕް އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބަދަލުގައި، ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު ފެންނަކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިންތިޚާބީ މައްސަލަތައް އަވަސްކުރަން ޖެހޭއިރު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުވެރި އަޑުއެހުމެއް ބާއްވައި، ހައްލެއް ހޯދައިދިނުމުގެ ގާނޫނީ ޒިންމާ ކޯޓުތަކުން އަދާކުރަމުންދާ ކަމަކަށް ޤަބޫލު ނުކުރެވޭކަމަށް އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އާރްޖީސީން ފާހަގަ ކުރާ ގޮތުގައި މިހާތަނަށް ސިވިލް ކޯޓުން ވަނީ އިދާރީ މައްސަލަތަކެއް ދައްކައި މައްސަލައެއް ބޭރުކޮށްލާފައެވެ. އަދި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ އެހެން މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ހަމަ އެއާއެކު، އެހެން މައްސަލައެއްގައި ފުރަތަމަ އަޑުއެހުމަށް ފަހު ވަނީ މައްސަލަ ހުށަހެޅި ފަރާތާ ދެކޮޅަށް ހުކުމްކޮށްފައެވެ. ހައިކޯޓަށް ހުށަހެޅި ހަތަރުވަނަ މައްސަލައެއް ރެޖިސްޓްރީ ކުރުމުގެ މަރުހަލާގައި އޮތްއިރު، ބޭރުކޮށްލި މައްސަލަތައް އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާކަން ފާހަގަކޮށްފައިވެއެވެ.  

އާރްޖީސީން ދެކޭ ގޮތުގައި މިހާ ގިނަ މައްސަލަތަކެއް ހުށަހެޅިފައި ހުރުމުން، ރެފަރެންޑަމްގައި އަހާ ސުވާލާއި އަމަލުކުރާ އިޖުރާއަތްތަކުގެ ގާނޫނީ ސައްހަކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދެއެވެ. ރެފަރެންޑަމާ ގުޅޭ އިންތިޚާބީ މައްސަލަތައް ބަލާނެ ޚާއްޞަ ޝަރުއީ ނިޒާމެއް ނެތްއިރު، ހުރިހާ މަރުހަލާއެއްގައި ވެސް އަދުލުވެރި އިޖުރާއަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ގޮނޑި ގެއްލޭ އިސްލާޙުގެ މައްސަލަ ހުށަހެޅުނު ހިސާބުން ސުވާލު އުފެދޭ ފަދަ ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާކަން ވެސް އެ ޖަމިއްޔާތަކުން ވަނީ ނުހަނު ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ. އަދި އެ ބަދަލަށް ފަހު، ސުޕްރީމް ކޯޓުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު ކުޑަވެ، ބައެއް މައްސަލަތަކުގައި އެންމެ އަޑުއެހުމަކުން ހުކުމްކޮށް، އަނެއްބައި މައްސަލަތައް ރެޖިސްޓްރާ މެދުވެރިކޮށް ބޭރުކޮށްލަމުންދާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

 މީގެ ސަބަބުން އިންސާފު ހޯދުމަށް ހުރަސްއެޅި، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާ ކަމަށާއި، ކޯޓުތަކުން ހުކުމް ކުރުމުގައި ލަސްވުމާއި، އިންސާފަށް ހުރަސްއެޅޭ ގޮތަށް ކުރާ ހުކުމްތަކަށް ގާނޫނީ ދާއިރާއާއި އާންމުންގެ ފާޑުކިޔުން އިތުރު ވަމުންދާ ކަމަށް ވެސް އާރްޖީސީން ބުނެފައިވެއެވެ.

ނޫނެކޭ ކެމްޕެއިންރެފަރަންޑަމް ބިލުމަދަނީ ޙައްޤުތަކުގެ ގްރޫޕްތައް

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް

02 އެޕްރީލު 2026
ރެފަރެންޑަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް އެބަހުރި، ޤާނޫނުއަސާސީގެ އިތުބާރު ހިފަހައްޓަން ޖެހޭ: މަދަނީ ޖަމިއްޔާތައް
02 އެޕްރީލު 2026

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

02 އެޕްރީލު 2026
އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު
01 އެޕްރީލު 2026

ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

01 އެޕްރީލު 2026
ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!
01 އެޕްރީލު 2026

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

01 އެޕްރީލު 2026
ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
01 އެޕްރީލު 2026

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު