Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިހާބު އެއްކުރުން

2 އިންތިހާބު އެއްކުރަނީ 2028 ގައި މުއިއްޒުއަށް އިންތިހާބު ނެގެން އޮތީ އެގޮތަށް ހަދައިގެން ކަމަށްވާތީ: ސޯލިހު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ބާރުތައް ދަމައިގަތުމަށް ހިންގާ ނުރައްކާތެރި އަމަލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މި ބަދަލުގެ ފަހަތުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށާއި، މިއީ ހަރަދު ކުޑަކުރުމުގެ ނަމުގައި ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ ކަމެއް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި. އެހެންކަމުން، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރެފަރަންޑަމްގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ރައީސް ސޯލިހު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 01:33
ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ޖަލްސާ" ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ޖަލްސާ" ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. | އެމްޑީޕީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކުރެވެން އޮތީ އެގޮތަށް ކަންކަން ބައްޓަން ކޮށްގެން ކަމަށް ފެންނާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީން ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު" ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ދެ އިންތިހާބު އެއްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ރިފަރަންޑަމް ވޯޓެއް ނަގަން ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. މިއީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ދަމައިގަތުމަށް ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

Advertisement - newsAdvertisement

މި ސަރުކާރުން މިހާތަނަށް ޖުޑިޝަރީގެ މިނިވަންކަމާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލާފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ވެސް ގެއްލުވާލާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު ރައްޔިތުންގެ އަތުގައި އޮތް ހަމައެކަނި ބާރަކީ ވޯޓުލުމުގެ ބާރާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރެވެ. ނަމަވެސް، މި ރެފަރަންޑަމް މެދުވެރިކޮށް އެ ބާރު ވެސް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ ކުއްލިއަކަށް ނުކުމެވަޑައިގެން ތިމަންނާއަށް އެންމެ ރަނގަޅީ އަނެއްކާ މި އިންތިޚާބާ އެއްކޮށްލައިގެން 2028 ނެގެން އޮތީ މިހެން ކަމަށް ފެންނާތީ އެކަން ކުރައްވަން އެވަޑައިގަންނަވަނީ. އެ ނޫން އެއްވެސް ކަމެއް އެއަކު ނެތް. ޚަރަދުކުރުމެއް ނޫން އޭގެ ފަހަތުގައި އޮތީކީ. އަނެއްކާ ރާއްޖޭގެ ރައްޔިތުން މިހާތަނަށް މި ޑިމޮކްރަސީގައި މި ކުރި ދަތުރުގައި އަދި އޭގެ ކުރިންވެސް މި ކުރި ދަތުރުގައި އިންތިޚާބުތައް މިއައީ ތަފާތު ދުވަސްތަކުން. ނަވާރަސަތޭކަ ބައްތިރީސް އިން ފެށިގެން އަޅުގަނޑުމެން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށައިފިން. ނަވާރަސަތޭކަ ފަންސާސް ތިނެއް ގައި ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އޭގެ ކުރިންވެސް މަޖިލިސް އޮތް. އެއިން ކޮންމެ ދުވަސްވަރެއްގައިވެސް މި އިންތިޚާބުތައް ބާއްވަމުން އައީ މުޅިން ވަކިން. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ މި ބަދަލުގެ ފަހަތުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށެވެ. އެހެންކަމުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދާ ކަރުދާސްކޮޅުގައި "ނޫނެކޭ" ބުނާ ތަނުގައި ފާހަގަ ޖެހުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. އެ ދުވަހަކީ ހެޔޮވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުން މި ސަރުކާރަށް "ނޫނެކޭ" ބުނާނެ ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ވޯޓުލާ ދުވަހު ހެނދުނު ހެނދުނާ ނުކުމެ ވޯޓުލުމަށް ރައީސް ސޯލިހު އެދިވަޑައިގަތެވެ. އެ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، އެއްވެސް ސަބަބަކާ ހުރެ ވަގުތު އިތުރު ނުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ވޯޓު މަދުވާނަމަ ވަގުތު އިތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ، އެކަމަށް ބެލުމެއް ނެތި ވީހާވެސް އަވަހަކަށް ނުކުމެ އެމްޑީޕީގެ "ތިލަފަތަށް" ވޯޓު ދެއްވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހީމް މުޙައްމަދު ސޯލިޙުއެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަންޖެހެނީ އެ އިސްލާހަކީ ޤާނޫނުއަސާސީގެ ދުސްތޫރީ ލެޖިޓެމަސީ ގެއްލިފައިވާ އިޞްލާޙަކަށްވާތީ: ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަންޖެހެނީ އެ އިސްލާހަކީ ޤާނޫނުއަސާސީގެ ދުސްތޫރީ ލެޖިޓެމަސީ ގެއްލިފައިވާ އިޞްލާޙަކަށްވާތީ: ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ

02 އެޕްރީލު 2026
ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

01 އެޕްރީލު 2026
އެހެން ގާނޫނެއް ބޭނުންކޮށްގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން އިންތިޚާބީ މަގާމެއްގެ ދައުރު 20 އަހަރަށް ވެސް ދަންމާލެވިދާނެ: ޑރ. ޝަމްސުލް ފަލާހު

އެހެން ގާނޫނެއް ބޭނުންކޮށްގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން އިންތިޚާބީ މަގާމެއްގެ ދައުރު 20 އަހަރަށް ވެސް ދަންމާލެވިދާނެ: ޑރ. ޝަމްސުލް ފަލާހު

01 އެޕްރީލު 2026
4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

4000 ހައުސިންގ ޔުނިޓޫގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސް ކުރުމަށް ފަހި ޔޫނިއަނުން ގޮވާލައިފި

01 އެޕްރީލު 2026
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު