Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރު

އިންތިޚާބުތަކާ ދިމާކޮށް މުސާރަ ބޮޑުކުރުމަކީ އިއްތިފާޤެއް ނޫންކަމަށް ވިދާޅުވެ، ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޤާނޫނުތައް އިޞްލާޙުކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 07:20
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ | ރާއްޖެ އެމްވީ

އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއްކަމަށް ނުދެންނެވޭނެކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ ދިދީ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދައްކާ އެއް ސަބަބަކީ އެކަމުގެ ސަބަބުން ބާރުތައް ވަކި ކުރެވި، މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ފުޅާކޮށް ލިބޭނެކަމަށް ބުނާ ބުނުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ކަން އޮތީ އެހެނެއް ނޫންކަން ފާހަގަ ކުރައްވައި ޑރ ދީދީ ވިދާޅުވީ، އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ވެސް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. 

ރާއްޖޭގައި މި އޮތް އިންތިޚާބީ ނިޒާމުގެ ތެރެއިން އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރާނެ ފެއަރކަން ކަށަވަރު ކުރާނެ ގޮތަށް ޤާނޫނުތައް ހެދިފައެއް ނެތް، އެ ފެންވަރަށް އިންތިޚާބުތަކާ ގުޅޭ ޤާނޫނުތައް ނެތީސް އެ ވިދާޅުވާ ގޮތަށް އެކަންކަމެއް ނުދާނެ
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ 

ޑރ ދީދީ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވެފައިވާ ކަމަށާއި، އެކިއެކި މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށްވެސް ބަދަލުތައް އައިސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކުއްލިއަކަށް މި އައި ބަދަލުތަކަކީ އިއްތިފާޤެއްކަމަށް ނުދެންނެވޭނެ ކަމަށެވެ.

މި މީހުންގެ މުސާރަތައް ބޮޑުނުކޮށްގެން މުސާރައިގެ ވާހަކަތައް ދައްކާތާ އެތައް އަހަރެއް، ބޮޑުނުކޮށް އުޅެފަ ކުއްލިއަކަށް މިއީ ހަމަ އިއްތިފާޤެއްތޯ، އަޅުގަނޑަކަށް ނުދެންނެވޭނެ މިއީ އިއްތިފާޤެއް ކަމަކަށް، މިއީ އިއްތިފާޤެއް ނޫން.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ 

އެހެންކަމުން ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރި އިންތިޚާބަކަށް މަގުފަހިވާނެ ޤާނޫނުތައް ހެދިފައި ހުންނަންޖެހޭ ކަމަށާއި، އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ ހަމަތަކަކާއި ހަރުދަނާ އުސޫލުތަކެއް ހުންނަން ޖެހޭކަމަށް ޑރ ދީދީ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީތަކާއެކު ހެޔޮވެރިކަމެއް ކުރާ ޑިމޮކްރެޓިކް ސިސްޓަމެއް ބީވެގެން ދިޔަދީގެން ނުވާނެ ކަމަށެވެ. އެ ނިޒާމު ރައްކާތެރިކުރުމަށްޓަކައި މި ވޯޓުގައި "ނޫނެކޭ" ބުނުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

 

ނޫނެކޭ ކެމްޕެއިންރެފަރަންޑަމް ބިލުއިންތިޚާބީ އިސްލާހު

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

ނުފޫޒާ ބާރުގެ ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރަނީ!

01 އެޕްރީލު 2026
ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ ދުސްތޫރީ ސަބަބަކަށް ބިނާކުރުމެއް ނެތި ކޮށްފައިވާ އުނި ޙުކުމެއްކަމާމެދު ޝައްކެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

01 އެޕްރީލު 2026
ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާނުވާތީ: ދޮންބިލެތް

01 އެޕްރީލު 2026
އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

އިތުރު ގޯސްތަކެއް ހެދުމުގެ ފުރުސަތު ސަރުކާރަށް ނުދޭން ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ: ޝިޔާމް

01 އެޕްރީލު 2026
ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ރެފަރެންޑަމްގެ ސުވާލު ރަނގަޅުކަމަށާއި، ރެފަރެންޑަމް ނެގުން ހުއްޓުވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

31 މާރިޗު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު