Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ނިޔާޒް

ރައީސް މުއިއްޒު ގަބޫލުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ ކަމަށް، ގާނޫނުތައް ބަދަލު ކުރަނީ އެހެންވެ: ނިޔާޒް

1 އެޕްރީލު 2026 | ބުދަ 13:22

ރާއްޖޭގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް ބުރޫއަރާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާ ކަމަށް ބުނެ ކުރީގެ މެންބަރު އަލީ ނިޔާޒް ކަންބޮޑުވުން ފާޅުކުރައްވައިފި. މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އޭސީސީގެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާވެސް ކޮށްފަ. އެ ޕާޓީން ބުނާ ގޮތުގައި ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ދަނީ ފާޅުގައި ރިޝްވަތު ބަހައި ދައުލަތުގެ ސިފަ ގެއްލުވާލަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 އެޕްރީލު 2026 | ބުދަ 13:22
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީ އިން ބުދަ ދުވަހު މުޒާހަރާ ކޮށްފައިވޭ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީ އިން ބުދަ ދުވަހު މުޒާހަރާ ކޮށްފައިވޭ. | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި އެހެން އެއްވެސް ފަރާތަކަށް އެމަނިކުފާނުގެ މައްޗަށް ބަސް ކިިޔުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާ ގާނޫނު އަސާސީ އަށް ބަދަލުތައް ގެންނަމުން ދަނީ އެހެން ވެސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީ އިން ބުދަ ދުވަހު މުޒާހަރާ ކޮށްފައިވާއިރު ނިޔާޒް ވިދާޅުވީ މިގައުމުގައި 2008 ވަނަ އަހަރު ފެހި ގާނޫނު އަސާސީ އާއެކު ތިން ބާރު ވަކިވެފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތައް ވެސް އޭގެ ޒާތުގައި މިނިވަންކަމާއެކު ހިންގުމަށް ޖާގަ ދޭ ގޮތަށް އޭރު ގާނޫނު އަސާސީ ފަރުމާކޮށް، މިދިޔަ 18 އަހަރު އަމަލު ކުރަމުން މިދިޔައީ އެގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ކުއްލިއަކަށް ރައީސް މުއިއްޒު އަށް މިކަން އުނދަގޫވެގެން އުޅޭ ކަމަށާ އެހެން ކަމުން ބޭނުންފުޅު ގޮތަކަށް ގާނޫނު އަސާސީ އާ ކުޅެމުންދާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފަރާތުން މި ފެންނަ އަމަލަކީ ތިމަންނަ އަށް ވަރަށް އުނދަގުލޭ ރާއްޖޭގެ ޑިމޮކްރަސީ އޮތީމަ. ތިމަންނަ އަށް ވަރަށް އުނދަގުލޭ ގާނޫނު އަސާސީގަ މި މާއްދާ، މި ގޮތަށް އޮތީމަ. މިއީ ވެރިކަމަށް އަންނަ މީހާ އަށް އުނދަގޫ ނުވަތަ ފަސޭހަ އަކަށް ބޭއްވުމަށް ފަރުމާ ކޮށްފަ އޮތް އެއްޗެއް ނޫން. އެއީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، އެމީހުންގެ ހައްގުތައް ރައްކާތެރި ކުރެވެނީ ކިހިނެއްތޯ މިނިވަންކަމާއެކު އިންތިޚާބުތައް ހިންގޭނެ ގޮތަކީ ކޮބައިތޯ. މި ތަރުތީބު ގާނޫނު އަސާސީގައި އޮތީ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް

މިކަމަށް ލޮޅުން އަރުވާލުމަށްޓަކައި ފުރަތަމަ ކުރެއްވި ކަމަކީ އޭސީސީ ގެ ރައީސް އައްޔަނު ކުރުމާއި، އެޗްއާރްސީއެމް ގެ ރައީސް އައްޔަނު ކުރުމާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އައްޔަނު ކުރުމަށް ނުފޫޒު ފޯރުވުން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެހާ ހިސާބުން މި ގައުމު މި ދަނީ ވަރަށް ނުބައި މިސްރާބަކަށޭ ބުނެ އެމްޑީޕީ އިން އެ ވާހަކަ ދައްކަން ފެށި ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ކުރަން މިއުޅޭ ކަމަކީ ތިމަންނާއޭ ރައްޔިތުން ހޮވާފަ ހުރި މީހަކީ އެހެންވީމާ ތިމަންނާގެ މައްޗަށް އެހެން އެއްވެސް ފަރާތަކަށް އެހެން އެއްވެސް މީހަކަށް ބަސް ބުނެވޭނެ ގޮތެއް އޮވެގެން ނުވާނެ އޭ. އެހެންވީމަ އެގޮތަށް ގާނޫނު އަސާސީ އޮތް ނަމަ ޖެހޭނީ ބަދަލު ކުރަންށޭ. އެ މަންޒަރު މި ފެންނަނީ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް އަތުގަ އެބައޮތް. އޮތް އިރުގަ ބޭނުން ގޮތަކަށް ގާނޫނު އަސާސީ އަށް ވެސް މި ބަދަލު ގެންނަނީ. އެންމެ ދުވަހެއްގެ ބަހުސަށް ފަހު، 2 ގަޑިއިރުގެ ބަހުސަށް ފަހު މިސާލަކަށް ރެފަރެންޑަމް ވޯޓު ނެގުމަށްވެސް ނިންމީ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް

ކަން މިހެން އޮތް ނަމަވެސް މީގެ ކުރިން 2007 ވަނަ އަހަރު ރެފަރެންޑަމް އެއް ނަގާފައިވާ ކަމަށާ އޭރު އެކަން ކުރި ގޮތާ ރައްޔިތުންނަށް މައުލޫމާތު ދީ ކަންކަން ހިއްސާ ކުރަމުން ދިއަ ގޮތް ރައްޔިތުންނަށް ފެނިފައިވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ މާ ކުރީ ޒަމާނެއްގެ ވާހަކަ ކަމަށާ ރައީސް މައުމޫންގެ ވެރިކަމުގައި ކަންކަން ހިނގީ މާ ހުދުމުހުތާރު ކޮށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެސް އެ ކަންކަމަށް އިހުތިރާމް ކުރެއްވި ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ބުދަ ދުވަހުގެ ހެނދުނު 10:45 ހާއިރު އެމްޑީޕީގެ އިސްބޭފުޅުންނާއި، އެޕާޓީގެ މެންބަރުން ވަނީ އޭސީސީ އަށް އެއްވެ އަޑު އުފުލާފަ އެވެ. އަދި ކޮމިޝަންގެ ރައީސް ޝާމިލްގެ އިސްތިއުފާއަށް ގޮވާލަފައިވެ އެވެ.

އެމްޑީޕީން ބުނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ މިސަރުކާރުން ދައުލަތެއްގެ ސިފަ ނަގާލާފައިވާ ކަމަށް ބުނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އަލީ ނިޔާޒްއެންޓި ކޮރަޕްޝަން ކޮމިޝަންއެމްޑީޕީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

01 އެޕްރީލު 2026
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި
01 އެޕްރީލު 2026

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

01 އެޕްރީލު 2026
ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު
31 މާރިޗު 2026

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.
31 މާރިޗު 2026

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026
"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް
31 މާރިޗު 2026

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު
31 މާރިޗު 2026

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި
31 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކޮށް ރައްޔިތުން ސަލާން ޖަހަން މުލިއާގެއަށް ދާންޖެހޭ ހިސާބަށް ކަންކަން ދާނެ: އާޒިމް
31 މާރިޗު 2026

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

31 މާރިޗު 2026
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް