Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނުން

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަންޖެހެނީ އެ އިސްލާހަކީ ޤާނޫނުއަސާސީގެ ދުސްތޫރީ ލެޖިޓެމަސީ ގެއްލިފައިވާ އިޞްލާޙަކަށްވާތީ: ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ

ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ދުސްތޫރީ ހަމަތަކާ ޚިލާފު ބަދަލަކަށްވާތީ، ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަންޖެހޭ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޚުދުމުޚުތާރުވެ، ޑިމޮކްރެޓިކް އުޞޫލުތައް ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވި. އެހެންކަމުން، ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމު ރައްކާތެރިކުރުމަށްޓަކައި މި އިޞްލާޙާ ދެކޮޅަށް ވޯޓު ދިނުމަށް އާންމު ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 01:16
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ.

ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ. | ރާއްޖެ އެމްވީ

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނަންޖެހޭ ޙަޤީޤީ ސަބަބަކީ، އެ އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފަށް އަދި ޤާނޫނުއަސާސީގެ ދުސްތޫރީ ލެޖިޓެމަސީ ގެއްލިފައިވާ އިޞްލާޙަކަށްވާތީ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެޓީވީން ކުރިއަށްގެންދާ "ނޫނެކޭ" ކެމްޕޭން ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، މި ރެފްރެންޑަމްގައި ރައްޔިތުންނަށް ދަންނަވަން އޮތް އެންމެ މުހިންމު ވާހަކައަކީ، މިހާރު ހުށަހަޅާފައިވާ ސުވާލު އޮތް ގޮތަށް ބަލައިގެން އެކަނި ނިންމުމެއް ނިންމުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މި އިޞްލާޙާ ދެކޮޅަށް "ނޫނެކޭ" ބުނަންޖެހޭ އަސާސީ ސަބަބަކީ އެއީ ދުސްތޫރީ ހަމަތަކުން ބޭރުން ގެނެސްފައިވާ ބަދަލަކަށް ވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި އިޞްލާޙުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިކަމުގައި ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ވީމާ، މި އިޞްލާޙުގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުވެގެންދިޔުން. މީގައި އެއްގޮތަކަށްވެސް، ބައެއް ފަރާތްތަކުން ވަކާލާތުކުރާ ގޮތަކަށެއް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގަންނަވާނެއޭ އަންނާނީ ކޮން ބަޔަކަށްތޯ ކޮން ޕާޓީއެއްތޯ، އެއީ ހަމަ އޮޅުވާލުމެއް ދެކެވޭ ވާހަކައެއް.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ

ޑރ. އަޙުމަދު ޢަބްދުﷲ ދީދީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ހުރިހާ ގޮތަކަށް ކެމްޕޭން ކުރާނީވެސް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ މެންބަރުން މަޖިލީހަށް ގެނައުމަށްޓަކައި ކަމަށެވެ. އެހެންކަމުން، ދިވެހި ޤައުމު ޚުދުމުޚުތާރު ވެރިކަމަކަށް ވެއްޓިޔަނުދީ ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އޮތް މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީތަކާއެކު ހެޔޮވެރިކަމެއް ކުރާ ޑިމޮކްރެޓިކް ސިސްޓަމެއް ބީވެގެން ދިޔަދީގެން ނުވާނެ ކަމަށެވެ. އެ ނިޒާމު ރައްކާތެރިކުރުމަށްޓަކައި މި ވޯޓުގައި "ނޫނެކޭ" ބުނުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

އަޙްމަދު ޢަބްދުﷲ ދީދީޚިޔާލު ހޯދުމުގެ ވޯޓުއޮޓޮކްރަސީގިނަ ޕާޓީ ނިޒާމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެހެން ގާނޫނެއް ބޭނުންކޮށްގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން އިންތިޚާބީ މަގާމެއްގެ ދައުރު 20 އަހަރަށް ވެސް ދަންމާލެވިދާނެ: ޑރ. ޝަމްސުލް ފަލާހު

އެހެން ގާނޫނެއް ބޭނުންކޮށްގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެން އިންތިޚާބީ މަގާމެއްގެ ދައުރު 20 އަހަރަށް ވެސް ދަންމާލެވިދާނެ: ޑރ. ޝަމްސުލް ފަލާހު

01 އެޕްރީލު 2026
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސްކޮޅު ދޫކުރާނެ: އީސީ

01 އެޕްރީލު 2026
ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

ރިފެރެންޑަމް އިންތިޚާބަކީ މިސަރުކާރުން އީސީގެ މައްޗަށް މަޖުބޫރު ކޮށްގެން ބާއްވާ އިންތިޚާބެއް: ނިޔާޒު

01 އެޕްރީލު 2026
 އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

01 އެޕްރީލު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު