Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް ވޯޓު

ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތު ނުދީ، ރެފަރެންޑަމްގައި އަވަހަށް ނޫނެކޭ ބުނޭ: ޝިދާތާ

30 މާރިޗު 2026 | ހޯމަ 08:34

އަންނަ އޭޕްރީލް މަހު ބާއްވާ ރެފަރެންޑަމްގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ރައްޔިތުންގެ ބާރުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހަރުދަނާ ޑިމޮކްރަޓިކް ނިޒާމެއް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2026 | ހޯމަ 08:34
ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް | ރާއްޖެ އެމްވީ

އަޅުވެތިކަމަށް ދާން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި، ރައްޔިތުންގެ ބާރު ނިގުޅައިގަންނަން ފުރުސަތުވެސް ދީގެން ނުވާނެކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ހަރުދަނާ ޑިމޮކްރަޓިކް ވެއްޓެއް ފޯރުކޮށްދިނުމަކީ މިއަދު ތިބި ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި، އެކަން ކުރުމަށްޓަކައި ޑިމޮކްރަސީގެ އުސޫލުތަކަށް ބޯލެނބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަން ނުކުރެވުމަކީ ވަރަށް ބޮޑު ނާކާމިޔާބީއަކަށް ވާނެކަން ޝިދާތާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ޝިދާތާ ވިދާޅުވީ، އަޅުވެތިކަމަށް ދާން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި، ރައްޔިތުންގެ އަތުގައި އޮތް ބާރު ނިގުޅައިގަތުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ، މިފަދަ އިންތިޚާބުތަކުގައި ރައްޔިތުން ވިސްނަންވީ ޤައުމީ ވިސްނުމެއްގައި ކަމަށާއި، ސިޔާސީ ފިކުރު އެއްކިބާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރެފަރެންޑަމް ވޯޓަކީ އެގޮތަށް ވިސްނުމަށްފަހު ގޮތެއް ނިންމަންޖެހޭ ވޯޓެއް ކަމަށެވެ.

މިއަދު އަޅުގަނޑުމެން މި އުފައްދާ ސުވާލަކީ އަޅުގަނޑުމެން ބޭނުންވަނީ އަޅުވެތިވާންތޯ ނުވަތަ ޑިމޮކްރަޓިކް ވެއްޓެއް އުފައްދަންތޯ، އެހެންވީމާ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ވަރަށް ސާފުހެން މިފަދަ ޙާލަތެއްގައި ރައްޔިތުންގެ ބާރު ނިގުޅައިގަތުމުގެ ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ
ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

ޝިދާތާ ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ރެފަރެންޑަމް ވޯޓުގައި ހުރިހާ ރައްޔިތުންވެސް މި ސަރުކާރަށް ނޫނެކޭ ބުނުމަށް އެދިވަޑައިގެންފައެވެ. އަދި އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތިވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ،

 

ނޫނެކޭ ކެމްޕެއިންޝިދާތާ ޝަރީފްރެފަރަންޑަމް ބިލު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

30 މާރިޗު 2026

ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް

30 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް
30 މާރިޗު 2026

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

30 މާރިޗު 2026
މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް
29 މާރިޗު 2026

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު
29 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ
29 މާރިޗު 2026

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު
28 މާރިޗު 2026

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

28 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!
28 މާރިޗު 2026

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ
27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
27 މާރިޗު 2026

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް