Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ބޭނުންތޯ ނުވަތަ ނޫންތޯ، ޖަވާބުގައި ބުނަންވީ ނޫނެކޭ: މައުސޫމް

30 މާރިޗު 2026 | ހޯމަ 06:47

އޭޕްރީލް 4 ގައި ބާއްވާ ރެފަރެންޑަމް ވޯޓަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި. އިންތިޚާބުތައް އެއްކޮށްލުމަކީ އޮޅުވާލުމެއްގެ ގޮތުގައި ސިފަކުރައްވައި، މި ވޯޓުގައި "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2026 | ހޯމަ 06:47
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް | ރާއްޖެ އެމްވީ

އޭޕްރީލް 4 ގައި ނަގާ ރެފަރެންޑަމް ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ރައްޔިތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެހެންކަމުން އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ރެފަރެންޑަމް ވޯޓަކީ ރައްޔިތުންނަށް އެއްވެސް ހެޔޮކަމެއް ނުކޮށްދޭ ސަރުކާރަކުން ނަގާ ވޯޓެއް ކަމަށާއި، އެ ވޯޓުގައި ރައްޔިތުންނަށް ހެވެއް ނާންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް ސަރުކާރުން މި ވޯޓު ނަގަނީވެސް އެހެން ވޯޓެއްގެ ތެރެއިން ކަމަށާއި، އެކަމުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތްކަމަށް މައުސޫމް ވިދާޅުވިއެވެ.  

މައުސޫމް ވިދާޅުވީ، ކެމްޕޭނެއް ކުރާނަމަ ރައްޔިތުންނަށް މެސެޖުތަކެއް ދޭން ޖެހޭ ކަމަށާއި، މެނިފެސްޓޯއެއްވެސް ދައްކަންޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ އޭގެ ޒާތުގައި ދެ ބާވަތެއްގެ އިންތިޚާބުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއީ ރައްޔިތުންނަށް ހެޔޮ އެއްވެސް ކަމެއް ނުކޮށްދޭ ސަރުކާރަކުން ނަގާ ވޯޓެއް، އެހެންވީމަ އެ ވޯޓުގައި ހެވެއް ނާންނާނެ، ވަކިން ޚާއްޞަކޮށް އެހެން ވޯޓެއްގެ ތެރެއަށް ލައިގެން، އެއީވެސް އޮޅުވާލުމެއް، އެގޮތަށް ކުރާ ކަމެއްގައި ހެވެއް ނާންނާނެ
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއްކޮށްލައިގެން ކަންކަން މަސްހުނިކޮށްލުމަކީ މި ސަރުކާރުގެ ބޭނުމެވެ. އަދި ވިދާޅުވީ، މި ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ރައްޔިތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އެހެންކަމުން އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަންޖެހޭކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހަގީގަތުގައި ފައިދާވާނީ ގިނަގިނައިން އިންތިޚާބު ބާއްވައިގެން ކަމަށެވެ. އެގޮތުން ރަށްރަށަށް ވެސް ކުރިއެރުން އަންނާނެ ގޮތަކީ އެއީކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވަނީ ރެފަރެންޑަމް ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ޤަރާރުގައި ހިމަނުއްވާފައިވާ ކަންކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭގައި ދެކޮޅު ނުޖެހޭ ވަރަށް ގިނަ ކަންކަން ހިމެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

 

ނޫނެކޭ ކެމްޕެއިންމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްރެފަރަންޑަމް ބިލު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް

30 މާރިޗު 2026
މިދަނީ ރަސްކަމަކާ ދިމާލަށް، އެކަން ބޭނުންވާނަމަ ފެންނަ ނުފެންނަ ވޯޓުގައި އާނއޭކޭ ބުނަންވީ: އަސްލަމް
29 މާރިޗު 2026

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު
29 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

29 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ ޤަރާރުގައި އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭގޮތަށް ޤާނޫނު އިސްލާޙުކުރަން ޖެހޭ: ޓްރާންސްޕޭރެންސީ
29 މާރިޗު 2026

ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް ގެނައި އިސްލާޙަކީ މުޅި ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއް: ޝަމްސުލް ފަލާޙު
28 މާރިޗު 2026

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!

28 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚުދުމުޚުތާރުވުމުގެ ވިސްނުމެއްކަން ފާހަގަ ކުރައްވައި ޑރ މުނައްވަރުވެސް ނޫނެކޭ ވިދާޅުވެއްޖެ!
28 މާރިޗު 2026

ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ

28 މާރިޗު 2026
ހަމަޖެހުން ގެއްލެނީ އިންތިޚާބުތަކާ ހެދިއެއް ނޫން، ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނާތީ: ޕާޕާ
27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު

27 މާރިޗު 2026
ޕީއެންސީގެ މެމްބަރުން ވޯޓުލައިގެން އިސްލާހު ފާސްކުރި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެމްބަރުންނަށް ވެސް ނޭނގެ: ޝަފީގު
27 މާރިޗު 2026

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"
26 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް