Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގާނާ

ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އެމެރިކާގައި ހައްޔަރު ކޮށްފި

10 ޖެނުއަރީ 2026 | ހޮނިހިރު 02:57

މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮފޮރީ އައްޓާ އަންނަނީ އެމެރިކާގައި އުޅެމުން. އެއީ ޞިއްޙީ ގޮތުން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް. އެމެރިކާގައި އޭނާ އަންނަނީ ޕްރޮސްޓޭޓް ކެންސަރުގެ އޮޕަރޭޝަންއަކާ ގުޅިގެން ފަރުވާ ހޯދަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖެނުއަރީ 2026 | ހޮނިހިރު 02:57
ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު ކެން އޮޕޮރީ އައްޓާ

ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު ކެން އޮޕޮރީ އައްޓާ | ރޮއިޓާސް

ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު ކެން އޮޕޮރީ އައްޓާ، އެމެރިކާގައި ހައްޔަރު ކޮށްފި އެވެ.

އުމުރުން މިހާރު 66 އަހަރުވެފައިވާ އޮފޮރީ އައްޓާ އަންނަނީ އޭނާ ގެ އަމިއްލަ ޤައުމުގައި ކޮރަޕްޝަންގެ ތުހުމަތާ ކުރިމަތިލާން ޖެހިފަ އެވެ. ބުރާސްފަތި ދުވަހު އޭނާ ގެ ޤާނޫނީ ވަކީލުން ބުނެފައި ވަނީ، އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

Advertisement - worldAdvertisement

މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮފޮރީ އައްޓާ އަންނަނީ އެމެރިކާގައި އުޅެމުންނެވެ. އެއީ ޞިއްޙީ ގޮތުން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. އެމެރިކާގައި އޭނާ އަންނަނީ ޕްރޮސްޓޭޓް ކެންސަރުގެ އޮޕަރޭޝަންއަކާ ގުޅިގެން ފަރުވާ ހޯދަމުންނެވެ. 

މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ގާނާ އިން ވަނީ، އޮފޮރާ އައްޓާ އަކީ ޤައުމު ދޫކޮށް ފުރައިގެން ގޮސްފައިވާ މީހެއް ކަމަށް އިއުލާން ކޮށްފަ އެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ، އޭނާ ގެ މައްޗަށް ރަސްމީކޮށް ކޮރަޕްޝަންގެ ދައުވާ އުފުލައިފަ އެވެ. ބުދަ ދުވަހުގެ ރޭ އޮފޮރީ އައްޓާގެ ޤާނޫނީ ވަކީލުން ވަނީ، އެމެރިކާގައި އޭނާ ހުންނަ މުއްދަތު އިތުރު ކުރުމަށް ވެސް އެދިފައިވާ ކަމަށެވެ. 

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އިން އޮފޮރީ އައްޓާ ހައްޔަރު ކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. ވަކީލުން ބުނެފައި ވަނީ އޭނާ ހައްޔަރު ކޮށްފައި ވަނީ، އެމެރިކާގައި ހުންނަ ޙާލަތާ ގުޅިގެން ކަމަށެވެ. 

ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމެރިކާގައި މަސައްކަތް ކުރާ އޮފޮރީ އައްޓާގެ ޤާނޫނީ ވަކީލުންގެ ޓީމާއި، އައިސީއީއާ ވާހަކަ ދައްކައި، މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ އަށް އަވަސް ޙައްލެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އޮފޮރީ އައްޓާ އަންނަނީ އިމިގްރޭޝަންގެ އޮފިޝަލުންނަށް ފުރިހަމަ އަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. 

އައިސީއީގެ އޮންލައިން ޑޭޓާ ބޭސް އިން ދައްކާ ގޮތުގައި، ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އޮފޮރީ އައްޓާ ބަންދު ކޮށްފައި ހުންނަނީ އެމެރިކާގެ ވާޖީނިއާ ސްޓޭޓުގެ ފެސިލިޓީއެއްގަ އެވެ. 

ގާނާގެ ފިނޭންސް މިނިސްޓަރު ގެ ގޮތުގައި އޮފޮރީ އައްޓާ މަސައްކަތް ކޮށްފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރާ ހަމައަށެވެ. އެއީ ގާނާގެ ކުރީގެ ރައީސް ނާނާ އަކުފޯ އައްޑޯގެ ސަރުކާރުގަ އެވެ. އަކުފޯ އައްޑޯގެ ވެރިކަމުގައި ހުށަހެޅުނު ޓެކްސްގެ އިސްލާޙު ތަކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ ކުރި މަޝްވަރާ ތަކުގައި އިސްކޮށް ޙަރަކާތްތެރި ވެފައި ވަނީ އޮފޮރީ އައްޓާ އެވެ. 

އެމެރިކާގައި އޮފޮރީ އައްޓާ ހައްޔަރު ކޮށްފައިވާއިރު، އެ މައްސަލައާ ގުޅިގެން ގާނާގެ ސަރުކާރުން ރަސްމީ އެއްޗެއް ބުނެފައި ނުވެ އެވެ. އެހެން ނަމަވެސް، އޭނާ އަލުން އަނބުރާ ޤައުމަށް އައުމަށް ގާނާގެ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އޮފޮރީ އައްޓާ އެމެރިކާގައި ހުންނަ މުއްދަތު އިތުރު ކުރުމަށް އެދިފައި ވީ ނަމަވެސް، އެކަމަށް ދޭނެ ޖަވާބެއް ސާފުވެފައި ނުވެ އެވެ.

ކެން އޮފޮރީ އައްޓާގާނާއެމެރިކާ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި

25 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކުގެ ދަތުރުތަކަށް ޔޫއޭއީން ހުރަސްއަޅަން ފަށައިފި
23 ސެޕްޓެމްބަރު 2026

ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟

23 ސެޕްޓެމްބަރު 2026
ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
19 ސެޕްޓެމްބަރު 2026

ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަކުރަން އެމެރިކާއިން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަނީ

19 ސެޕްޓެމްބަރު 2026
ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަކުރަން އެމެރިކާއިން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަނީ
18 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

18 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
18 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި
16 ސެޕްޓެމްބަރު 2026

20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް

16 ސެޕްޓެމްބަރު 2026
20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް