Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމްނެސްޓީ އިންޓަނޭޝަނަލް

ސޫޗީގެ ވާހަކަފުޅުގައި ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ހިމެނޭ: އެމްނެސްޓީ އިންޓަނޭޝަނަލް

ސިއްރުކުރަން ބޭނުން ނޫން ނަމަ އދ ގެ ތަހުގީގު ކުރާ ފަރާތްތައް މިޔަންމާ އަށް އެތެރެވާން ހުއްދަވެސް ދޭން ޖެހޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2017 | ބުދަ 07:24
އަންގާރަ ދުވަހު ސޫޗީ ވާހަކަފުޅު ދައްކަވަނީ

އަންގާރަ ދުވަހު ސޫޗީ ވާހަކަފުޅު ދައްކަވަނީ

ރޮހިންޖާ މުސްލިމުންނަށް މިޔަންމާގެ އަސްކަރިއްޔާ އިން ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ހަނުހުންނެވުމަށް ފަހު މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމްނެސްޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ސޫޗީގެ ވާހަކަފުޅުގައި ހަގީގަތާ ހިލާފު ބައެއް ވާހަކަތަކާއި އަދި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ބަދުނާމު ކުރުުމުގެ ވާހަކަތައް ހިމެނޭ ކަމަށެވެ. އެމެނެސްޓީގެ ބަޔާނުގައި ބުނީ މިޔަންމާގެ އަސްކަރިއްޔާއިން މީހުންގެ ގަސްތުގައި މަރާލުމުގެ ތެރެއިން ނަސްލު ނައްތާލުމުގެ ހަރަކާތް ހިންގަމުންދާ ކަމަށާއި އަދި ގެދޮރުން ފައްސާލަމުންދާ ކަމަށެވެ. ރަކައިން ސްޓޭޓުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަން ސޫޗީ އެކަމަނާގެ ވާހަކަފުޅުގައި ކުށްވެރިކުރެއްވި ކަމަށާއި އެހެންނަމަވެސް ހަމަނުޖެހުންތައް ހިންގުމުގައި މިޔަންމާގެ އަސްކަރިއްޔާގެ ރޯލާ މެދު ސޫޗީ އަދިވެސް ހުންނެވީ ހަނު ކަމަށެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނީ މިޔަންމާ އިން ކަމެއް ސިއްރުކުރަން ބޭނުން ނޫން ނަމަ އދ. ގެ ތަހުގީގު ކުރާ ފަރާތްތައް މިޔަންމާ އަށް އެތެރެވާން ހުއްދަ ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. މިޔަންމާގެ ރަކައިން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް އެމްނެސްޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމުގައި ރައްޔިތުކަމުގެ ހައްގު ލިބުމުން މަހްރޫމްވެ އެކަހެރިކުރެވިފައި ކަން ވެސް އެމްނެސްޓީގެ ބަޔާނުގައި ބުނެވިފައި ވެއެވެ.

ސޫޗީ އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް މިޔަންމާގައި ދިމާވަމުންދާ "ހަގީގީ މައްސަލަތަކަކީ ކޮބައިކަން" ބަލަން ބޭނުންވާ ކަމަށާއި"އެއްބަޔަކު އެ މައްސަލާގައި ތުހުމަތުތައް ކުރާއިރު އަނެއް ބަޔަކު އޭގެ ރައްދުގައި ކުރާ ތުހުމަތުތަކެއް ވެސް" އެބަހުރި ކަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ފުރަތަމަ ފަަހަރަށް ވާހަކަފުޅުދައްކަވަމުން ސޫކީ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން އުޅެމުންދާ ރަކައިން ސްޓޭޓަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާކަން އެނގިވަޑައިގަންނަވާ ކަމަށާއި ދުނިޔޭގައި ޒިންމާދާރު ގައުމެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދުނިޔެއިން ކަންކަން ބަލަމުންދާ ދިޔުމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ސޫކީ ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ މައްސަލާގައި ހުރިހާ ފަރާތްތަކުގެ ބަސް ވެސް އަޑުއަހަން ޖެހޭ ކަމަށާއި ރޮހިންޖާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތުތައް ބިނާވާން ޖެހޭނީ ހެކީގެ މައްޗަށް ކަމަށާއި، މިކަންކަމަކީ ފިޔަވަޅެއް މި މައްސަލާގައި އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި އެގައުމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

މުސްލިމު ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކުރާ ގަރާރުގެ މައްސަލައިގައި ޓްރަމްޕް ސްޕްރީމް ކޯޓަށް!

02 ޖޫން 2017
ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

27 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު