Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިއީޑީ މައްސަލަ

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: ޝަރީއަތް ލަސްވި ނަމަވެސް ދައުވާ ބާތިލު ކުރެވެން ނެތްކަމަށް ނިންމައިފި!

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިއުތިސާމް މުޙައްމަދު ސައީދުގެ ޝަރީއަތް ލަސްވާތީ ދައުވާ ބާތިލުކޮށްދޭން އެދުނު މައްސަލައިގައި، ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި. މައްސަލަ ލަސްވުމުގައި ދިފާއުން އެދިގެން އަޑުއެހުންތައް ކެންސަލްވުމާއި ގާޒީ ބަދަލުވުން ފަދަ ސަބަބުތައް ހިމެނޭތީ، މިއީ ހަމައެކަނި ދައުލަތުގެ އިހުމާލެއް ނޫން ކަމަށް ކޯޓުން ފާހަގަކުރި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 09:51
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން- އައިއީޑީ މައްސަލަ

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުން- އައިއީޑީ މައްސަލަ | ރާއްޖެ އެމްވީ

 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އައިޑީއެއް ހަދަން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ މައްސަލައާ ގުޅިގެން އިއުތިސާމް މުޙައްމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލު ކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.

އިއުތިސާމްގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، މައްސަލައިގެ ދައުވާ އުފުލުމުގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން ލިބިދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހެއްގެ މައްޗަށް ޝަރީއަތްކޮށް ނިންމުމުގެ ޙައްޤަށް ހުރަސް އެޅިފައިވާ ކަމަށާއި، ދައުވާ ބާތިލުކޮށްދޭން އެދޭ ކަމަށެވެ.

އެހެންނަމަވެސް ދަށު ކޯޓާއި ހައިކޯޓުންވެސް ނިންމާފައި އޮތީ އެ ސަބަބުގެ މައްޗަށް ދައުވާ ބާތިލު ކޮށްދެވެން ނެތް ކަމަށެވެ. އަދި އެ ނިންމުމަށް ހޯމަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް މިވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ ލަސްވުމުގެ އެކި ސަބަބުތައް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި މައްސަލައިގައި ގިނަ އަޑުއެހުންތަކެއް ތާވަލު ކުރެވުނުނަމަވެސް ދިފާއުން އެދިގެންވެސް މައްސަލައިގެ އަޑުއެހުންތައް ކެންސަލްކުރަން ޖެހިފައިވުމާއި، ގާޒީ ބަދަލުވުން ފަދަ އެކިއެކި ސަބަބުތައް ހިމެނޭކަމަށެވެ. އަދި މައްސަލަ ލަސްވެފައިވަނީ ހަމައެކަނި ދައުލަތުގެ ސަބަބަކުން ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ޖުމުލަ 4 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅިއެވެ. އަދި އެ އެންމެންގެ ދައުވާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. އެގޮތުން އެ އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އުޅުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް އޭގެ ތެރެއިން މި މައްސަލައިގެ ދައުވާގައި މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ހަމައެކަނި އިއުތިސާމްއެވެ. މިހާރު އިއުތިސާމް ބަންދުގައި ހުންނަތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ،

މި މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރިނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ވަނީ މައްސަލަ ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، 5 އަހަރަށްވުރެ ގިނަ ދުވަހު ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ހުންނަން ޖެހުމަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ކަމަށާއި، ކުށް ސާބިތުނުވާ ޙާލަތުގައި އެހާ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހޭ ޖެހުން އިންސާފުވެރިއެއް ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ މައްސަލަ ލަސްވާ ޙާލަތްތަކުގައި އެކަމުގައި ދެވޭ ޤާނޫނީ ފަރުވާއެއްގެ ގޮތުގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުން ނުވަތަ ދައުވާ ބާތިލު ކުރުމަކީވެސް ދިމިޤްރާތީ ޤައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަލާއިރު އެންމެ ރަނގަޅު ހަމައެއްކަމަށް ނުބެލެވޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެފަދައިން އަމަލު ކުރަންޖެހޭނެކަން އެނގޭ ޤާނޫނީ އުސޫލެއް މި މައްސަލައިގައި ހުށަހެޅިފައި ނެތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ދައުވާ ބާތިލު ކުރަންޖެހޭ ތަނެއް ނެތްކަމަށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޓެރަރިޒަމްޝަރީއަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް މާދަމާ!

30 މާރިޗު 2026
ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

29 މާރިޗު 2026
 ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

ފަނޑިޔާރު ޝަހީދުގެ އާދަޔާ ހިލާފު ސުވާލަށް ވަކީލުން ދެއްވި ޖަވާބު: "އެންމެނަށް ބިލު ކިޔަން ނުޖައްސާ ވޯޓު ކަރުދާހުން ވާނުވާ އެނގެން ޖެހޭ"

27 މާރިޗު 2026
ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

ރެފަރެންޑަމް ވޯޓު ކާމިޔާބުކޮށްގެން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިނަމަވެސް، މަޖިލިސް ނުލިބިއްޖެނަމަ ރައީސް މުއިއްޒު އަޒުލުކުރުން ގާތް: ސުއޫދު

25 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު