Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަރީގެ މައްސަލަ

ނިޔާވެފައިވާ ބައްޕަ ގެ ވަރި ސާބިތުކުރަން، ދަރިފުޅު އެންމެ ފަހުން ސުޕްރީމް ކޯޓަށް

ނިޔާވި މީހާގެ ދަރި ދަށު ކޯޓު ތަކުގައި އެދުނީ 2021 ވަނަ އަހަރު ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ ނިޔާވުމުގެ ހަތް ދުވަސް ކުރިން، ދެ ފިރިހެނުން ހެކިކޮށް އޭނާގެ އަންހެނުން ވަރިކޮށް އެކަން ޑޮކިއުމެންޓް ކޮށް ސޮއިކޮށްފައިވާއިރު، އެ ވަރި ސާބިތު ކޮށްދިނުމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 18:39
ސުޕްރީމް ކޯޓުގެ ކޯޓު ރޫމެއްގައި ފަނޑިޔާރުންގެ މޭޒާއި ގާނޫނީ ލިޔެކިޔުންތައް ހުރި މަންޒަރު

ސުޕްރީމް ކޯޓުގެ ކޯޓު ރޫމެއްގައި ފަނޑިޔާރުންގެ މޭޒާއި ގާނޫނީ ލިޔެކިޔުންތައް ހުރި މަންޒަރު | ރާއްޖެއެމްވީ

ބައްޕަ ނިޔާވިއިރު ދޮންމަންމަ ހުރީ ވަރިކޮށްފައި ކަން ސާބިތުކުރަން ދަރިއަކު އެންމެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ހުސްވި ހަފުތާގަ އެވެ.

މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ހިމެނޭ ބައްޕަޔަކީ މަޝްހޫރު ވިޔަފާރިވެރިއެއް އަދި ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވި ފަރާތެކެވެ. މިއީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމުން، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ.

މި މައްސަލަ ފުރަތަމަ ފެމެލީ ކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މީހަކު ނިޔާވުމަށްފަހު ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދައުވާކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް ބުނެ، ފެމެލީ ކޯޓުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށް މައްސަލަ ނިންމި އެވެ.

އޭގެ ފަހުން ނިޔާވި މީހާގެ ދަރި މި މައްސަލަ ގެންދިޔައީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުގައި އޭނާ އެދުނީ 2021 ވަނަ އަހަރު ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ ނިޔާވުމުގެ ހަތް ދުވަސް ކުރިން، ދެ ފިރިހެނުން ހެކިކޮށް އޭނާގެ އަންހެނުން ވަރިކޮށް އެކަން ޑޮކިއުމެންޓް ކޮށް ސޮއިކޮށްފައިވާއިރު، އެ ވަރި ސާބިތު ކޮށްދިނުމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ބައްޕަ ނިޔާވިއިރު އަނތްބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް އޭނާގެ ދަރިން ކޮންމެހެން ބޭނުންވީ، ނިޔާވި ބައްޕަގެ ތަރިކައިގެ މައްސަލަ ހިނގަމުންދާތީ އެކަމުގެ ސަބަބުތަކަށްޓަކަ އެވެ. މައްސަލަ ރައްދުވާ އަންހެން މީހާ ފެމެލީ ކޯޓުގައި ބުނެފައި ވަނީ، ވަރީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ، ފިރިމީހާ ނިޔާވުމުން އޭނާގެ ތަރިކައިން އޭނާ އަށް ނުދިނުމުގެ މަގުސަދުގައި ކަމަށެވެ.

ހައިކޯޓުގައި މައްސަލަ އަލުން އިސްތިއުނާފުކޮށްފައި ވަނީ ވެސް ދަރިންގެ ފަރާތުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައިގައި ރައުޔު ތަފާތުވެފައިވެ އެވެ.

ހައކޯޓުން ވެސް މައްސަލައިގައި ކާމިޔާބެއް ނުލިބުމުން އެންމެ ފަހުން މައްސަލަ މި ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވަރި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު

ބޮޑު ވަރިހަމައިގާ ނުތިބެ މިއަނިޔާވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ: ޝާހިދު

10 ސެޕްޓެމްބަރު 2017
ނާޒްމީ ސައީދުގެ ބައްޕަ ނިޔާވެއްޖެ

ނާޒްމީ ސައީދުގެ ބައްޕަ ނިޔާވެއްޖެ

20 އޯގަސްޓު 2017
 އަނަސް ގެ ބައްޕައާއި ސީޕީ އަރީފް ބައްދަލު ކުރައްވައިފި

އަނަސް ގެ ބައްޕައާއި ސީޕީ އަރީފް ބައްދަލު ކުރައްވައިފި

16 އޯގަސްޓު 2017
ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

ސަރުކާރުގެ އިދާރާތަކުގެ ޖަވާބުތަކުން އެކަން ކުރި މީހުން ހިމާޔަތްކުރަން އުޅޭކަން އެނގޭ: ޔާމީން ބައްޕަ

14 ޖޫން 2017
ދަރިފުޅުގެ މަރުގެ މައްސަލައިގާ ފުލުހުން ކުރަމުން އަންނަ މަސައްކަތައް އިތުބާރު ކުރަން ދަތި: ޔާމީން ރަޝީދުގެ ބައްޕަ

ދަރިފުޅުގެ މަރުގެ މައްސަލައިގާ ފުލުހުން ކުރަމުން އަންނަ މަސައްކަތައް އިތުބާރު ކުރަން ދަތި: ޔާމީން ރަޝީދުގެ ބައްޕަ

22 މެއި 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު