Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް ފަޒްނާ ހަމަޖައްސައިފި

ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ފަޒްނާ ހަމަޖައްސަން އެމްއޯސީ އިން ނިންމާފައިވާއިރު، އޭނާ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ނެޓުބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން. އޭނާ އަކީ މީގެ ކުރިން ނެޓުބޯޅަ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ފަރާތެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2026 | ހޯމަ 09:00
އެމްއޯސީގެ އޭޖީއެމްގައި ނެޓުބޯޅަ އެސޯސިއޭޝަންގެ ރައީސާ ފަޒްނާ ޖަލީލް ބައިވެރި ވަނީ.

އެމްއޯސީގެ އޭޖީއެމްގައި ނެޓުބޯޅަ އެސޯސިއޭޝަންގެ ރައީސާ ފަޒްނާ ޖަލީލް ބައިވެރި ވަނީ. | އެމްއޯސީ

މިއަހަރު އޮންނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަން އަކަށް، ނެޓުބޯޅަ އެސޯސިއޭޝަންގެ ރައީސާ ފަޒްނާ ޖަލީލް ހަމަޖައްސަން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ނިންމައިފި އެވެ. 

ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް މިއަހަރު އޮންނާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން، އޯގަސްޓު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އޮންނާނީ ސްކޮޓްލެންޑުގެ ގްލާސްގޯގަ އެވެ. 

Advertisement - newsAdvertisement

ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަން އަކަށް ފަޒްނާ ހަމަޖައްސަން އެމްއޯސީ އިން ނިންމާފައިވާއިރު، އޭނާ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ނެޓުބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އޭނާ އަކީ މީގެ ކުރިން ނެޓުބޯޅަ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން ފަޒްނާ އަކީ އެމްއޯސީގެ ހިންގާ ކޮމެޓީގެ ވެސް މެމްބަރެކެވެ. 

މެދު ކެނޑުމަކަށް ފަހު ރާއްޖެ އިން އެންމެ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ބައިވެރި ވެފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ކުރިން 2016 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާާރުން، ކޮމަންވެލްތުން ވަކިވާން ރާއްޖެ އިން ނިންމުމާ އެކު، ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިފައި ވެއެވެ. 

ނަމަވެސް، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގައި ވަނީ، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވެފަ އެވެ. އެއާ އެކު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ. 

ކޮމަންވެލްތު ގޭމްސްމޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު