Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންވެލްތު ގޭމްސް

ބެޑްމިންޓަންގެ ސިންގަލްސްއާއި ޑަބަލްސްގައި އަޖުފާނާއި ނިބާލަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ

ދެވަނަ ބުރުގައި އަޖުފާންގެ މައްޗަށް ޒީ ޔޮން ކުރިހޯދީ ސީދާ ދެ ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2022 | ހޮނިހިރު 02:48
ކޮމަންވެލްތު ގޭމްސްގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ތެރެއިން

ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަންގެ ފިިރިހެން ސިންގަލްސްއާއި ޑަބަލްސްގެ ގަދަ 16ގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދާއި ނިބާލް އަހުމަދުއަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިއްްޖެއެވެ.

ގޭމްސްގެ ފިރިހެން ސިންގަލްސްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވާދަކޮށް ނިބާލް ވަނީ މޮޅުވެފައެވެ. އެއީ ފުރަތަމަ ބުރުގައި ފޯކްލެންޑް އައިލެންޑުގެ ޑަގްލަސް ކްލާކްއާއި، ދެވަނަ ބުރުގައި ސިއެރަލިއޯންގެ އިބްރާހިމް އިޒާގޯ ކޮންޓޭއާ ވާދަކޮށެވެ. ނަމަވެސް ގަދަ 16ގައި ވާދަކޮށް ނިބާލް ވަނީ ބަލިވެފައެވެ. އެއީ ޖުމެއިކާގެ ސެމިއުލް ރިކެޓްސް އަތުންނެވެ. ނިބާލްގެ މައްޗަށް ސެމިއުލް ކުރިހޯދީ 21-09 އަދި 21-06ންނެވެ

ރާއްޖޭގެ އަޖުފާންވެސް ވަނީ ދެވަނަ ބުރުގައި މޮޅުވެފައެވެ. ދެވަނަ ބުރުގައި އަޖުފާން ވަނީ ގާނާގެ އަހުމަދު އަބްދުއްސަމަދުގެ މައްޗަށް ކުރިހޯދައި، ގަދަ 16ން ޖާގަހޯދާފައެވެ. ގަދަ 16ގައި އަޖުފާން ވާދަކުރީ މެލޭޝިއާގެ ޒީ ޔޮން އެންޖީއާއެވެ. އަޖުފާންގެ މައްޗަށް ޒީ ޔޮން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-07 އަދި 21-09ންނެވެ.

ގޭމްސްގެ ބެޑްމިންޓަން ފިރިހެން ޑަބަލްސްގެ ގަދަ 16ގައި ރާއްޖޭގެ އަޖުފާނާއި ނިބާލް ވަނީ ވާދަކޮށްފައެވެ. ރާއްޖޭގެ މި ޕެއަރ ނުކުތީ ސްރީލަންކާގެ ޑިއާޒް ސަޗިން އަދި ގޫނެތިލޭކާ ބުވަނޭކާގެ ޕެއަރއާ ދެކޮޅަށެވެ. ލަންކާގެ ޕެއަރއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 21-12 އަދި 21-08ންނެވެ.

ކޮމަންވެލްތު ގޭމްސްގައުމީ ބެޑްމިންޓަން ޓީމު

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
01 ސެޕްޓެމްބަރު 2023

ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!

01 ސެޕްޓެމްބަރު 2023
ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!
29 އޯގަސްޓު 2023

ބެޑްމިންޓަން ފިރިހެން ޓީމަށްވެސް ރިހި މެޑަލް

29 އޯގަސްޓު 2023
ބެޑްމިންޓަން ފިރިހެން ޓީމަށްވެސް ރިހި މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު