Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބު އެއްކޮށްލުން ބަހުސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުން އިންވެސްޓަރުންނަށް ފުރުސަތުތައް ފަހިވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކަ އެއް ނޫން ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 02:39
 ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެ އެމްވީ

 ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް ކަމަށް ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާތަކުގެ ވާހަކަ ސަރުކާރުން ދައްކާ އިރު އޭގެ ތެރޭގައި ހަމަ ނުޖެހޭ ވާހަކަތައް ވެސް ހުރި ކަމަށެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮށްލުމަކީ އިންވެސްޓަރުންނަށް އޮތް މާހައުލު އިތުރަށް ފަހިވެގެންދާ ކަމެއް ކަމަށް ބުނަމުންދާތީ އެކަމަށް މައުރޫފް ވަނީ ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދުވަހަކު ވެސް އަޑެއް ނާހަން އިންވެސްޓަރަކު ބުނި އަޑެއް އިންތިޚާބުތައް ގިނަވީމަ ތިމަންނަ އިންވެސްޓް ކުރާ ހިތެއް ނެތީއޭ. އެެހްނވީމަ މިހެން ގޮސް ފެން ނުހިފޭ ވާހަކަތަކެއް ހުރީ." މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވަނީ ސަރުކާރުން މަސައްކަތް ކުރަނީ މި ފެންނަ ނުފެންނަ ވޯޓު މަތިން އާއްމުން ފޫހިކޮށްލުމަށް ކަމަށެވެ. ވޯޓު ގަޑުބަޑުކޮށް މަސްހުނި ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ފަހުމު ނުވާ ގޮތަށް އިންތިޚާބުތައް ބާއްވަން މަސައްކަތް ކުރުމަކީ ނުބައި ނިޔަތެއްގައި ކަންކަން ކުރާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

 

އަހްމަދު މައުރޫފްއެމްޑީޕީރާއްޖެ ޓީވީރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސް އިންތިޚާބު

އިތުރަށް ކިޔާލަން

16 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ
16 މާރިޗު 2026

ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި

16 މާރިޗު 2026
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި
16 މާރިޗު 2026

އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

16 މާރިޗު 2026
އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި
16 މާރިޗު 2026

ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ

16 މާރިޗު 2026
ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ
16 މާރިޗު 2026

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

16 މާރިޗު 2026
ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު