Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަޙުމަތްތެރި ކަމުގެ މެޗު

ފަހު ވަގުތު އުރުގުއޭ އިން، އިންގްލެންޑާ އެއްވަރު ކޮށްފި

މެޗުގައި އިންގްލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އުރުގުއޭ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2026 | ހޮނިހިރު 03:38
މެޗުގައި ލަނޑު ޖެހުމަށް ފަހު އުރުގުއޭގެ ކުޅުންތެރިންނާ އެކު ވަލްވާޑޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އުރުގުއޭގެ ކުޅުންތެރިންނާ އެކު ވަލްވާޑޭ އުފާ ފާޅު ކުރަނީ | ރޮއިޓާސް

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގެ މެޗެއްގައި އިންގެލެންޑާ ދެކޮޅަށް ކުޅެ މެޗުގެ، ފަހު ވަގުތު އުރުގުއޭ އިން ލަނޑު ޖަހައި އެއްވަރު ކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި އިންގްލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އުރުގުއޭ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމަށް އެއްވެސް ފުރުސަތެއް ބޭނުމެއް ނުކުރެވުނެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބެން ވައިޓް އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އުރުގުއޭ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފެޑެރިކޯ ވަލްވާޑޭ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މިއީ މިއަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަޙުމަތްތެރި ކަމުގެ މެޗެކެވެ. މިއީ އިންގްލެންޑުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން، މޮޅު ނުވެ އިންގްލެންޑުން ނިންމާލަން ޖެހުނު ދެ ވަނަ މެޗެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން މިހާތަނަށް 11 މެޗު ކުޅެފައިވާއިރު، ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެ، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އިންގްލެންޑުން މިއަހަރުގެ ވޯލްޑް ކަޕްގެ ޖާގަ ހޯދީ ކޮލިފިކޭޝަންގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެގެންނެވެ. 

އިންގްލެންޑުގެ ގައުމީ ޓީމުއުރުގުއޭ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

އެއްބަސްވުން އައު ކުރުމަށް ފަހު ޓުޗެލް ބުނީ، ފުރަތަމަ ދުވަހުން ފެށިގެން ހުރީ ހިތްހަމަ ޖެހިގެން ކަމަށް

15 ފެބުރުއަރީ 2026
އެއްބަސްވުން އައު ކުރުމަށް ފަހު ޓުޗެލް ބުނީ، ފުރަތަމަ ދުވަހުން ފެށިގެން ހުރީ ހިތްހަމަ ޖެހިގެން ކަމަށް
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު