Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

ބްރެޒިލް އާއި އުރުގުއޭ އެއްވަރު

ބްރެޒިލް އަތުން ހޯދި ޕޮއިންޓާ އެކު އުރުގުއޭ އޮތީ ދެ ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ނޮވެމްބަރު 2024 | ބުދަ 09:37
ބްރެޒިލް އާއި އުރުގުއޭ ކުޅުނު މެޗުގެ ތެރެއިން

ބްރެޒިލް އާއި އުރުގުއޭ ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގައި ބްރެޒިލް އާއި އުރުގުއޭ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ހެނދުނު ބްރެޒިލް އާއި އުރުގުއޭ ބައްދަލު ކުރި މެޗު އެއްވަރުވީ 1-1ންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އުރުގުއޭ އިންނެވެ. ނަމަވެސް ބްރެޒިލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ކޮލިފިކޭޝަންގައި އެންމެ ފަހުން ވެނަޒުއެލާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބްރެޒިލް ވަނީ އެއްވަރުވެފަ އެވެ.

މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ދިޔަ އެވެ. މެޗުގައި ފުރަތަމަ ހާފުގައި ބްރެޒިލަށް ލަނޑު ޖަހަން އެންމެ އެކަށީގެންވާ ފުރުސަތެއް ލިބުނީ ވިނީޝިއުސް ޖޫނިއާ އަށެވެ. އަނެއްކޮޅުން އުރުގުއޭގެ ޑާވިން ނޫޏޭޒް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި އުރުގުއޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެކްސިމިލިއާނޯ އަރައުހޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އުރުގުއޭ އަށް ލީޑު ނަގައިދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ބްރެޒިލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ގާސަން އެވެ.

މި ނަތީޖާ އާއެކު ބްރެޒިލް އޮތީ ކޮލިފިކޭޝަންގެ ފަސް ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް ލިބެނީ 18 ޕޮއިންޓެވެ. ބްރެޒިލް އަތުން ހޯދި ޕޮއިންޓާ އެކު އުރުގުއޭ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 12 މެޗުން 20 ޕޮއިންޓު ހޯދައިގެންނެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ބްރެޒިލްއުރުގުއޭ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
15 އޮކްޓޯބަރު 2025

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް
15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު