Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ޤާސިމްގެ ހިތުގެ އޮޕަރޭޝަނެއް މާދަމާ ކުރަނީ

19 ސެޕްޓެމްބަރު 2017 | އަންގާރަ 14:32

ޤާސިމްގެ އޮޕަރޭޝަނަށް ހެނދުނު 9 ޖަހާއިރު އެޑްމިޓްވާން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ސެޕްޓެމްބަރު 2017 | އަންގާރަ 14:32
ކްރިމިނަލް ކޯޓުން ޤާސިމް އައިޖީއެމްއެޗަށް ގެންދިއުމަށް އެމްބިއުލާންސަށް އަރުވަނީ

ކްރިމިނަލް ކޯޓުން ޤާސިމް އައިޖީއެމްއެޗަށް ގެންދިއުމަށް އެމްބިއުލާންސަށް އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީގެ ހިތުގެ އޮޕަރޭޝަނެއް ބުދަދުވަހު ކުރުމަށް ނިންމައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމްގެ ހިތުގެ އޮޕަރޭޝަނެއް ބުދަދުވަހު ސިންގަޕޫރުގެ ނޮވެނާ އެމްޓީ އެލިޒަބަތު ހޮސްޕިޓަލްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ އެއޮޕަރޭޝަނަށްޓަކައި ސިންގަޕޫރު ގަޑިން ބުދަދުވަހުގެ ހެނދުނު 9 ޖަހާއިރު ޤާސިމް އެޑްމިޓް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 ގައި ކަމަށެވެ.

ސަމީރު ވިދާޅުވީ ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި މިއޮޕަރޭޝަނަށް ގާތްގަނޑަކަށް ދޮޅުގަޑިއިރާއި ދެގަޑިއިރުގެ ވަގުތެއް ހޭދަވާނެ ކަމަށެވެ.

ޤާސިމްގެ އޮޕަރޭޝަން ބުދަދުވަހު ކުރެވޭއިރު ސަމީރު ވިދާޅުވީ އޮނަރަބްލް ޤާސިމް އިބްރާހީމްގެ އެ އޮޕަރޭޝަން ކާމިޔާބު ވުމަށާއި ސިއްޙީ ހާލުކޮޅު ވީހާވެސް އަވަހަށް ރަނގަޅުވުމަށް އެދި އެންމެހާ ދިވެހިރައްޔިތުންގެ ހެޔޮދުޢާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެދޭ ކަމަށެވެ.

ރާއްޖެ އިސްލާހް ކުރުމަށް ހިންގޭ ހަރަކާތާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރިޝްވަތު ދޭން އުޅުއްވި ކަމަށް ކަނޑައަޅައި ޤާސިމް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައިވަނީ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރުއެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ހުކުމުގައި އެހެން ބުނި ނަމަވެސް އެންމެ 10 ދުވަހަށް ޤާސިމް ސިންގަޕޫރަށް ފޮނުވާފައިވަނީ ހުކުމް ކުރިތާ އެތައް ދުވަހެއް ފަހުންނެވެ.

ޤާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު އޭނާއަށް ދެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުން ޤާސިމަށް ވަނީ ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. އެގޮތުން ޤާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތައް މައްސަލަ ޖެހިފައިވާ ކަމަށާއި، ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ. އަދި ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޓެސްޓުތަކަށް ފަހު ކުރިއަށް އޮތް ތިން މަހު އެ ޤައުމުގައި މަޑު ކުރެއްވުމަށެވެ.

އެކަމާ ގުޅިގެން އެލިޔުންތަކާއެކު މުއްދަތު އިތުރުކުރުމަށް ކަރެކްޝަނަށް އާއިލާއިން ހުށަހެޅުމުން މުއްދަތު އިތުރުކުރެވެން ނެތްކަމަށް ބުނެ ފަހުން ވަނީ އިތުރު 10 ދުވަސް ޤާސިމަށް ދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް