Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިސްކަލުގައި ރިކޯޑު މުގުރާލު

ދުނިޔެ ވަށާ ބައިސްކަލުގައި ބުރު ޖެހުމުގެ ރިކޯޑް މުގުރާލައިފި

މި ރިކޯޑު މުގުރާލީ އިނގިރޭސިވިލާތުގެ އެންޑިއުރެންސް ސައިކްލިސްޓް މާކް ބިއުމޮންޓް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:10
މި ރިކޯޑު މުގުރާލި އިނގިރޭސިވިލާތުގެ މާކް ބިއުމޮންޓް

މި ރިކޯޑު މުގުރާލި އިނގިރޭސިވިލާތުގެ މާކް ބިއުމޮންޓް

ދުނިޔެ ވަށާ ބައިސްކަލުގައި އެންމެ އަވަހަށް ބުރު ޖެހުމުގެ ރިކޯޑް އިނގިރޭސިވިލާތުގެ ސައިކްލިސްޓަކު މުގުރާލައިފިއެވެ.

އިނގިރޭސިވިލާތުގެ އެންޑިއުރެންސް ސައިކްލިސްޓެއް ކަމަށްވާ މާކް ބިއުމޮންޓް މި ރިކޯޑު މުގުރާލާފައިވަނީ 79 ދުވަހާ 14 ގަޑިއިރާ 14 މިނިޓުން ދުނިޔެ ވަށައިގެން ބުރެއް ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮންނަނީ ނިއުޒިލޭންޑުގެ އެންޑްރޫ ނިކޮލްސަން އަތުގައެވެ. 2015 ވަނަ އަހަރު އޭނާ މި ރިކޯޑު ގާއިމު ކުރީ 123 ދުވަހުން ދުނިޔެ ވަށާ ބުރެއް ފުރިހަމަކޮށްގެންނެވެ.

މި ރިކޯޑު ގާއިމު ކުރުމަށް އޭނާގެ މަސައްކަތް ފެށީ ޖުލައި މަހުގެ ދެވަނަ ދުވަހު ފްރާންސްގެ ޕެރިހުންނެވެ. މި ދަތުރުގައި އޭނާވަނީ ފިންޔާއި ހޫނުގެ އިތުރުން ތޫފާނުތަކުގެ ތެރޭ 18000 މޭލު ކަޑައްތުކޮށްފައެވެ. އޭނާގެ މި ދަތުރުގެ ފުރަތަމަ މަހުގައިވެސް 7030 މޭލު ދަތުރު ކުރިއެވެ. މި ރިކޯޑު ގާއިމު ކުރުމަށްޓަކައި އޭނާ ވަނީ ދުވާލަކު 16 ގަޑިއިރު ބައިސްކަލުގައި ހޭދަކޮށްފައެވެ. ހަމައެހެންމެ މި 79 ދުވަސްތެރޭ އޭނާއަށް ލިބިފައިވަނީ ކޮންމެ ދުވަހަކު ވެސް އެންމެ ފަސް ގަޑިއިރުގެ ނިންޖެވެ.

ބިއުމޮންޓްގެ މި ދަތުރުގެ ފުރަތަމަ ސްޓޭޖު ޕެރިސްއިން ފެށުމަށްފަހު ނިންމާލާފައިވަނީ ޗައިނާގެ ބެއިޖިންގްއަށެވެ. އަދި ދެވަނަ ސްޓޭޖުގައި އޮސްޓްރޭލިއާއާއި ނިއުޒިލޭންޑް ކަޑައްތުކުރިއިރު އޭނާވަނީ ތިންވަނަ ސްޓޭޖުގައި އެމެރިކާގެ އަލަސްކާއިން ފެށިގެން ހެލިފެކްސްއަށް ދަތުރުކޮށްފައެވެ. އަދި އެންމެ ފަހު ސްޓޭޖުގައި އޭނާ ދަތުރުކުރީ ޕޯޗުގަލްގެ ލިސްބަންއިން އޭނާގެ ދަތުރު ފެށި ޕެރިހަށެވެ. މި ދަތުރުގައި އޭނާ ކަނޑުތަށް ހުރަސްކުރީ ފްލައިޓުންނެވެ. 79 ދުވަސް ތެރޭ މިދަތުރު ނިންމާލުމަށް ބިއުމޮންޓް ދުވާލަކު 240 މޭލެ ދަތުރުކުރަން ޖެހުނެވެ.

މި ދަތުރު ފުރިހަމަ ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބިއުމޮންޓް ބުނެފައިވަނީ ރިކޯޑު މުގުރާލުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށް ވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ހަމައެހެންމެ މި ދަތުރަކީ އޭނާގެ ހަޔާތުގައި ފުރިހަމަކުރި އެންމެ ބުރަ މަސައްކަތްކަމަށާއި އެތަށް ބަޔަކު ނުކުރެވޭނެ ކަމެއް ކަމަށް ބުނި ކަންތަށް ފުރިހަމަ ކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އޭނާވަނީ މި ދަތުރުގެ ތެރޭގައި އޭނާއަށް އެކި މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ބިއުމޮންޓްގެ މި ދަތުރުގައި އޭނާއާއެކު މެކޭނިކާކާއި ނިއުޓްރިޝަނިސްޓަކާއި ފިސިއޮތެރަޕިސްޓެއްގެ އިތުރުން އޭނާގެ މެނޭޖަރު ބައިވެރިވިއެވެ. ބިއުމޮންޓް ވަނީ 2008 ވަނަ އަހަރުވެސް މި ރިކޯޑު މުގުރާލާފައެވެ. އެ ފަހަރު އޭނާ މި ރިކޯޑު މުގުރާލީ 194 ދުވަހުން ދުނިޔެ ވަށާ ބުރެއް ފުރިހަމަކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

13 މެއި 2017
ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

12 މެއި 2017
ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

11 މެއި 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

ޒޯން ބުރުގައި ކުޑަހުވަދޫއިން ބިލެތްފަހީގެ މައްޗަށް ކުރިހޯދައިފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު