Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

މާޒިޔާ ވަނީ ކުޅުނު ހަތް މެޗުން 21 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 މެއި 2017 | ހޮނިހިރު 00:28
ޓީސީ ކޮޅަށް ލަނޑު ޖެހުމަށްފަހު އަސަދުﷲ އުފާފާޅުކުރަނީ

ޓީސީ ކޮޅަށް ލަނޑު ޖެހުމަށްފަހު އަސަދުﷲ އުފާފާޅުކުރަނީ

މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ލީގުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު މާޒިޔާއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-3 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖަހަން ދެޓީމުންވެސް ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ.

އެގޮތުން 15 ވަނަ މިނެޓުގައި ޓީސީގެ ސްޓެވާޓް ނަގައިދިން ހުރަހަކުން އިބްރާހިމް މަހުދީ (އިއްބެ) ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ ކީޕަރު ދިފާއުކޮށްފައިވާއިރު، 17 ވަނަ މިނެޓުގައި މާޒިޔާގެ ކުޑޯސް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޓީސީގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައެވެ.

މާޒިޔާ އިން މެޗުގެ ލީޑު ނެގީ 21 ވަނަ މިނެޓުގައި މުހައްމަދު އުމެއިރުގެ ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރަކިޗް ދިން ޕާހަކުންނެވެ. މީގެއިތުރުންވެސް މާޒިޔާ އަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެގޮތުން 23 ވަނަ މިނެޓުގައި ރަކިޗް ފޮނުވާލި ހަމަލާ އަދި 39 ވަނަ މިނެޓުގައި އަސްހަދު އަލީ (އަޑުބަރޭ) ފޮނުވާލި ހަމަލާ ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ މާޒިޔާގެ މޮޅު ކުޅުމާއެކު 0-1 ގެ ނަތީޖާއިން ޓީސީގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، ލަނޑު ޖަހަންވެސް އެޓީމުން ފުރުސަތުތައް ތަނަވަސްކުރި އެވެ. އެހެންނަމަވެސް 64 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑާއެކު ޓީސީން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެންނެވެ. އެގޮތުން މާޒިޔާ އިން ކުރަމުންދިޔަ އެޓޭކްތައް ގިނަވެސް ޓީސީގެ ހާފަށް ބާރުބޮޑުވިއެވެ. މާޒިޔާއިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖެހީވެސް އަސަދުﷲ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަސަދުﷲ ހޮވުނުއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 11 ލަނޑު ކާމިޔާބޮށްފައެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ކުޅުނު ހަތް މެޗުން 21 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުން ބަލިވި ޓީސީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު