Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން

އައު ޕޭފްރޭމް ވަރކް: މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަކަށް ނުލިބޭ

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނޭޝަނަލް ޕޭކޮމިޝަނަށް ސިޓީއެއް ފޮނުވައި، ސިއްހީ ދާއިރާގެ ސަޕޯޓު ގިންތީގެ މަސައްކަތްތެރިންގެ މަސައްކަތު ތަޖުރިބާ ނުބަލައި ރޭންކު 1 އަށް ހިޖުރަކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވޭ. ޔޫނިއަން އިން މަސައްކަތު ތަޖުރިބާއަށް ބަލައި ރޭންކު 2 އަށް ބަދަލުކުރުމާއި، ނައިޓް ޝިފްޓު އެލަވަންސް ހަމަޖައްސައިދިނުމާއި، 8 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ހާލަތްތަކުގައި އިނާޔަތް ދިނުމަށް ހުށަހަޅާފައިވޭ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 10:32
އައު ޕޭފްރޭމް ވަރކް: ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ނޭޝަނަލް ޕޭކޮމިޝަނަށް ސިޓީއެއް ވަނީ ފޮނުވާފައި

އައު ޕޭފްރޭމް ވަރކް: ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ނޭޝަނަލް ޕޭކޮމިޝަނަށް ސިޓީއެއް ވަނީ ފޮނުވާފައި | ރާއްޖެއެމްވީ

އައު ޕޭފްރޭމް ވަރކް އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނޭޝަނަލް ޕޭކޮމިޝަން އަށް ސިޓި އެއް ފޮނުވައިފި އެވެ. 

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ބުނީ، އެ ޔޫނިއަން ފެޑެރޭޝަންގެ މެންބަރު ޞިއްޙީ ޚިދުމަތްތެރިން ހިމެނޭގޮތަށް ޞިއްޙީ ދާއިރާގެ އިދާރީ އަދި ސަޕޯޓު ގިންތީގެ މަސައްކަތްތެރިން ދައުލަތުގެ އައު ޕޭ ފްރޭމް ވަރކް އަށް 01 ނޮވެންބަރު 2025 ގައި ހިޖުރަކުރި އިރު ފާހަގަކިރެވިފައިވާ ކަންބޮޑުވުންތަކާއި އެކަންކަމަށް ހުށަހަޅާ ހައްލުތައް އެ ފެޑެރޭޝަން ގެ ފަރާތުން ނޭޝަނަލް ޕޭ ކޮމިޝަނަށް 04 ޖަނަވަރީ 2026 ގައި ސިޓީއަކުން ހިއްސާކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅި ހައްލުތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާގެ ސަޕޯޓު ގިންތީގެ މަސައްކަތްތެރިންގެ މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މި ވީހާތަނަށް އެއްވެސް ޕްރޮމޯޝަނެއް ދީފައި ނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ސަޕޯޓު ގިންތީގެ މަސައްކަތްތެރިން ރޭންކު 1 އަށް ހިޖުރަކޮށްފައިވާތީ، މަސައްކަތު ތަޖުރިބާއިން ރޭންކު 2 އަކަށް ޝަރުތުހަމަވާ މަސައްކަތްތެރިން އެ ރޭންކަށް ބަދަލުކޮށްދިނުމަށް ވަނީ ހުށަހަޅާފަ އެވެ. 

އަދި ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރިންނެކޭ އެއްފަދައިން ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަށް ވެސް ނައިޓް ޝިފްޓު ޑިއުޓީ އަދާކުރަންޖެހޭތީ، އެ މަސައްކަތްތެރިންނަށް ނައިޓް ޝިފްޓު އެލަވަންސް ހަމަޖައްސައިދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. 

އޭގެއިތުރުން އެ ޔޫނިއަން އިން ބުނީ، ޞިއްޙީ ދާއިރާގެ ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަކީ ބައެއް ފަހަރު ޑަބަލް ޑިއުޓީ ވެސް އަދާކުރަން ޖެހޭ މަސައްކަތްތެރިން ކަމުގައި ވާތީ، ޑިއުޓީ ގަޑި 8 ގަޑިިއިރަށް ވުރެ އިތުރުވާ ހާލަތްތަކުގައި ދެވޭ އިނާޔަތް، ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަށް ހަމަޖައްސައިދިނުމަށް ވާނީ ދަންނަވާފައި ކަމަށެވެ.

އަލަށް ގެނައި ބަދަލާއި އެކު ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ބައެއް މުވައްޒަފުންނަކަށް ނުލިބެ އެވެ. އޯޓީ އަށް ގެނައި ބަދަލާއި އެކު ކުރިއަށް ވުރެ މުވައްޒަފުން ގެއަށް ގެންދިއުމަށް ލިބޭ މުސާރަ ކުޑަ ވާނެ ކަމަށް މުވައްޒަފުން ފާހަގަކުރެ އެވެ. އިތުރު ވަގުތު މަސައްކަތް ކުރުވުމަށް ފަހު މުދައްރިސުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ނުދޭތީ މުވައްޒަފުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންނޭޝަނަލް ޕޭ ކޮމިޝަންޕޭ ހާމަނައިޒޭޝަންޕޭ ފްރޭމްވޯރކް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
މުސާރަ ބޮޑު ކުރުމާއެކު އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާ މަދުވެއްޖެ

މުސާރަ ބޮޑު ކުރުމާއެކު އިމިގްރޭޝަންގެ ގިނަ އޮފިސަރުންގެ މުސާރައިން 9000 ރުފިޔާ މަދުވެއްޖެ

10 ނޮވެމްބަރު 2025
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!

10 ނޮވެމްބަރު 2025
ޕޭ ފްރޭމްވާރކްގެ ބަދަލުގައި ދެކޮޅު ނުޖެހޭ ކަންކަން: އިދާރީ މުވައްޒަފުންނަށް ވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑު!

ޕޭ ފްރޭމްވާރކްގެ ބަދަލުގައި ދެކޮޅު ނުޖެހޭ ކަންކަން: އިދާރީ މުވައްޒަފުންނަށް ވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑު!

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު