Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހުތާޒް މުހުސިން

ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި

18 ސެޕްޓެމްބަރު 2017 | ހޯމަ 08:44

ޖަލު ކުށްތަކާއި އަދަބުތަކުގެ މައުލޫމާތު ކޮޕީއެއް ގައިދީންނަށް ދެވެން ދެން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 18 ސެޕްޓެމްބަރު 2017 | ހޯމަ 08:44
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން

ޖަލު ކުށްތަކާ ގުޅިގެން ގައިދީންނަށް ފިޔަވަޅު އެޅުމުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އެދިވަޑައިގަންނަވައިފި އެވެ.

ދައުލަތާ ދެކޮޅަށް މުހުތާޒް ކުރައްވާ ދައުވާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި މުހުތާޒް އެދިވަޑައިގެންނެވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންނަށް ދޭންޖެހޭ ޖަލު ކުށްތަކާއި އެ ކުށްތަކުގެ އަދަބުތަކުގެ ކޮޕީއެއް ދެވެން ދެން، ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުން ހުއްޓުވުމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެ ކަމަށެވެ.

އެހެންނަމަވެސް، ކޮޕީއެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެ މުހުތާޒް ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކުރައްވާފަ އެވެ. އެ ކޮޕީ ދިނުމެއް ނެތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުހުތާޒާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކާއި ގުޅޭ މައްސަލައިގައި ވެސް އޭނާ ވަނީ ދައުވާ ކުރައްވާފަ އެވެ.

އެ ދެ ދައުވާގެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ޝަރީއަތަށް މައްސަލަ ނުފޮނުވައި ދެ ފަރާތުން މަޝްވަރާކޮށް ދައުވާގައިވާ ކަންކަން ހައްލުކުރާ މަރުހަލާއެކެވެ. ޝަރީއަތަށް މައްސަލަ ފޮނުވާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެނަމަ އެވެ.

މިފަދަ ފިޔަވަޅުތައް ގައިދީންގެ ރެކޯޑުގައި ހިމަނާއިރު، ކްލެމެންސީ ބޯޑުން ޕެރޯލްގެ ދަށުން ގައިދީން ދޫކޮށްލާއިރު ރެކޯޑަށް ރިއާޔަތް ކުރެ އެވެ. މުހުތާޒަށް އެޅި ފިޔަވަޅު އިސްތިއުނާފް ވެސް ކުރެއްވި އެވެ.

މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް