Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: ދެ އިންތިހާބު އެއްކޮށްލަނީ ހީލަތްތެރިކަމާއެކު ވެރިކަމުގެ ދައުރު ދަންމާލަން

ޚަރަދު ކުޑަކުރުމަކީ ބަހަނާއެއް ކަމަށާއި، ދައުލަތުގެ ޚަރަދު ބޮޑުވަނީ ސިޔާސީ ވަޒީފާތަކާއި ކޮރަޕްޝަނުގެ ސަބަބުން ކަމަށް ޕިކަޕް ޖަލްސާގެ ބައިވެރިން ވަނީ ވިދާޅުވެފަ. އަދި ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވާނެތީ އެކަމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 15:11
ބުރާސްފަތި ދުވަހު އެމްޑީޕީ އިން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާގެ ތެރެއިން

ބުރާސްފަތި ދުވަހު އެމްޑީޕީ އިން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާގެ ތެރެއިން | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ހީލަތްތެރި ރޭވުމެއްގެ ދަށުން ވެރިކަމުގެ ދައުރު ދަންމާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ބާއްވަމުންދާ ޕިކަޕް ޖަލްސާތަކުގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވެއްޖެ އެވެ. އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ޕިކަޕް ޖަލްސާ ބާއްވާފަ އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 1 ގެ ރަށު މާރުކޭޓް ސަރަހައްދާއި، ފޭސް 2 ގެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގަ އެވެ. މި ޖަލްސާ ގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބުތައް ތަފްސީލީ ގޮތެއްގައި ހާމަކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

ޖަލްސާގެ ބައިވެރިން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންނަށް މިހާތަނަށް ލިބިފައިވާ ހުރިހާ ކުރިއެރުމަކާއި އަސާސީ ޚިދުމަތްތަކަކީ ރާއްޖޭގައި ބާއްވަމުން އައި ވާދަވެރި އިންތިޚާބުތަކުގެ ނަތީޖާ އެވެ. އެގޮތުން ސާފު ބޯފެނާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަން ދިވެހިންނަށް ކަށަވަރުވާން ފެށީ މިނިވަން އަދި ވާދަވެރި އިންތިޚާބުތަކެއްގެ ސަބަބުންކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ދައްކާ އެންމެ ބޮޑު ބަހަނާއަކީ ޚަރަދު ކުޑަކުރުން ކަމަށްވީ ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވަނީ އިންތިޚާބުތަކުގެ ސަބަބުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ޚަރަދު ބޮޑުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފައްދާފައިވާ ބޭކާރު ސިޔާސީ ވަޒީފާތަކާއި، ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނުގެ ސަބަބުން ކަމަށް އެ ބޭފުޅުން ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން، ދެ އިންތިޚާބު އެއްކޮށްލަން ފެންނަ ކަމަށް ރައްޔިތުން ނިންމައިފި ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުވެގެންދާނެ ކަމުގެ އިންޒާރު ޖަލްސާގެ ބައިވެރިން ވަނީ ދީފަ އެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އުނިކަން އައިސް، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެގެންދާނެ ކަމަށް ވެސް އެމްޑީޕީން ބޭއްވި މި ޕިކަޕް ޖަލްސާގައި ވާހަކަ ދެއްކި ފާރަތްތަކުން ވަނީ ބުނެފަ އެވެ.

އެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުހުޅުމާލެ ރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓުއެމްޑީޕީ ޕިކަޕް ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް

12 މާރިޗު 2026
ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

ހަނގުރާމާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ޑޮލަރުން ހޭދަ ކުރާވަރު ވަރަށް ބޮޑަށް އިތުރުވޭ، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން ސަރުކާރުން ކިޔައިދޭން ޖެހޭ: އަމްރު

12 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

ފެންނަ ނުފެންނަ ވޯޓަކީ، ރައްޔިތުންގެ ގަޔަށް ތިން ވަނަ ފަހަރަށް ވިހަލާން ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް: ބިގޭ

12 މާރިޗު 2026
މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން

މިސަރުކާރުން ވަނީ ރާއްޖެ ފުޅިމަދުގަނޑެއްގެ އުސޫލުން ކަނޑުގައި އޮޔާއިވައިން ދާން ދޫކޮށްލާފައި، ރެފެރެންޑަމްގެ ސުވާލުން އެކަނި ވެސް އެކަން ހާމަވޭ: ނިޝާން

12 މާރިޗު 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު