Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުން ސަރުކާރާއި ދޭތެރޭ ހިތްހަމަ ނުޖެހުން

ރައްޔިތުން ތިބީ ސަރުކާރާއި ދޭތެރޭގައި ހިތްހަމަ ނުޖެހިފައި، ބޭނުންވަނީ ބަދަލު ކުރަން: މޭޔަރު އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އާސަންދައާއި ބޭސް ލިބުމުގެ ދަތިކަމާއި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވެފައި ކަމަށް. ޚާއްޞަކޮށް ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހަވާލުނުކޮށް، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދީ، ސަރުކާރުގެ ސިޔާސަތުތަކާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކުރުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 20:28
މާފަންނު ދެކުނު ދޮރުން ދޮރަށް ކެމްޕޭނަށްފަހު އާޒިމް މީޑިއާއާއި ވާހަކަ ދައްކަވަނީ

މާފަންނު ދެކުނު ދޮރުން ދޮރަށް ކެމްޕޭނަށްފަހު އާޒިމް މީޑިއާއާއި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ވަރަށް ގިނަ ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށާއި ރައްޔިތުން ތިބީ މި ސަރުކާރާ ދޭތެރޭގައި ވަރަށް ބޮޑު ހިތްހަމަނުޖެހި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށްފަހު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބުމުގެ ސަބަބުތައް ރައްޔިތުންނާއި ބައްދަލުވުމުން ކިޔައިދޭ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި އާސަންދަ ނުލިބޭ ވާހަކަ އާއި ބޭސް ނުލިބޭ ވާހަކަ އަދި ތަކެތި އަގުބޮޑުވާ ވާހަކައިން ފެށިގެންގޮސް ހަމަ ރަނގަޅު އެއްވެސް ކަމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ޚާއްޞަކޮށް މާލޭގެ އެކި ތަންތަނަށް ޒިޔާރަތްކުރާއިރު ވެސް މާލޭގެ ރައްޔިތުންގެ ގޯތިގެދޮރު ސަރުކާރުން ގަޑުބަޑުކޮށްލި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައްޔިތުން ދެކޭ ކަމަށެވެ. 

ހަމަ ގަސްތުގައި އެ ގޯތި ނުދީ ރައްޔިތުން ގަނަތެޅުވުމަށްޓަކައި އެ މީހުން މި ޕްރޮގްރާމް މިއޮތީ ގަޑުބަޑުކޮށްލާފަ. އެ މީހުން އަސްލު ހެޔޮ ހިތެއްގައި ގޯތިގެދޮރުގެ ކަންތަކުގައި އުޅުނު ނަމަ މިއަދު ގޮސް ރަސްމާލެ ކިޔާ ތަނެއް ހިއްކާކަށް ނުފެށީސް. އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން އެދުނީ، ރައީސް އަރިހުގައި އެތަނުން މަޑުޖައްސާލާފައި، މާލެއަށް ބުރިޖުން ގުޅޭހިސާބަށް ހުރި ތަންތަން ހިއްކައިދެއްވާށޭ. އަދި އެމް.ޑީ.ޕީ ސަރުކާރުން ހިއްކާފައި ހުރި ތަންތަން އެބަހުރި. ހުޅުމާލެ ފޭސް ތިނެއްގެ ތަން ވަރަށް ބޮޑަށް ހިއްކައި ގުޅީފަޅު ހިއްކާ ނިމިފައި އޮތީ. ގިރާވަރުފަޅުގެ ވެސް ބޮޑު ބައެއް ގަނޑަކަށް 80 ޕަސެންޓް ހިއްކައި ނިމިފައި އޮތީ އޭރުގައި.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޑީޕީގެ ގޯތިގެދޮރުގެ ސިޔާސަތު އެގޮތަށް ކުރިއަށް ގެންދިޔަ ނަމަ، މާލޭގެ ރައްޔިތުން ހާލުގައި އުޅެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދަތިކުރުމަށްޓަކައި މިކަން ކުރި ކަމަށް ރައްޔިތުން ވަރަށް ބޮޑަށް މިހާރު ގަބޫލުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އޭނާ އެދެނީ ރައްޔިތުން ނުކުމެވަޑައިގެން، އެމްޑީޕީގެ މެންބަރުންނަށް ވޯޓުދެއްވާ ރައްޔިތުންގެ ހިތްހަމަނުޖެހުން ވޯޓުން ދައްކައި ދިނުމަށެވެ. 

އާޒިމް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރާއި ބައިވި އިރު، ރައްޔިތަކަށް ފަސޭހަވާނެ އެއް ކަމެއް ނުކުރާކަން ރައްޔިތުން ގަބޫލުކުރަމުންދާ ވަގުތެއްގައި މި ފުރުޞަތުގެ ބޭނުންކުރައްވާ އެ މީހުންނަކީ ވިޔާނުދާ ބައެއް ކަމާއި، މިއަދުގެ ސަރުކާރަކީ ކަނޑައެޅިގެން ރައްޔިތުންނަށް ކޮންމެ ދުވަހަކު ދޮގުހަދަމުންދާ ބައެއްކަން، ބުނުމަށްޓަކައި ލިބޭ ފުރުސަތަކީ އިންތިހާބު ކަމަށް އާޒިމް ވިދާޅުވި އެވެ. 

މާފަންނު ދެކުނުއާދަމް އާޒިމްމާލެ ސިޓީއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު