Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކެޕްމޭން ކުރުން

ރޯދައަށް ހުންނަވާ ރައީސް މުއިއްޒު އެންޓިކެމްޕޭން ކުރައްވާ އިތުރުފުޅު ހައްދަވައިފި: ޣާލިބު ވިދާޅުވީ އެ ލެވެލް އަށް ދުނިޔެއިން މޮޔަނުވާ ކަމަށް

11 މާރިޗު 2026 | ބުދަ 15:02

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ޣާލިބަށް ރައީސް ޑރ. މުއިއްޒުގެ ތާއީދު އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޣާލިބު ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފަ. ރައީސްގެ އެ ވާހަކަފުޅުތަކާ ގުޅިގެން ޣާލިބު ވިދާޅުވީ، އޭނާއަކީ އިދިކޮޅު ކެންޑިޑޭޓަކަށް ވީހިނދު، ރައީސްގެ ތާއީދު އޮތް ކަމަށް ބުނެ ރައްޔިތުންގެ ގާތުގައި ދޮގު ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް. މިއީ އިންތިޚާބާ ދިމާކޮށް އެންޓި-ކެމްޕޭން ކުރުމުގެ މަގުސަދުގައި ރައީސް ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވޭ.

މަޚްތޫމް
މަޚްތޫމް | 11 މާރިޗު 2026 | ބުދަ 15:02
އެމްޑީޕީ އިން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ޣާލިބު އަދި ރައީސް މުއިއްޒު

އެމްޑީޕީ އިން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ޣާލިބު އަދި ރައީސް މުއިއްޒު | ރާއްޖެ އެމްވީ

ރޯދައަށް ހުންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓިކެމްޕޭން ކުރައްވައި އިތުރުފުޅު ހައްދަވައިފި އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގައި ކުރެއްވި ކެމްޕޭނުގައި މީޑިއާއާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިތުރުފުޅު ހައްދަވާފައިވަނީ، އެމަނިކުފާނުގެ ތާއީދު، އެމްޑީޕީއިން އެ ދާއިރާއަށް ނެރެފައިވާ ކެންޑިޑޭޓް އަހުމަދު ޣާލިބަށް އޮތް ކަމަށް ބުނާކަމަށް ވިދާޅުވެ އެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ހަބަރު ލިބިވަޑައިގެންފައި ވަނީ އެމްޑީޕީ އިން ނުކުމެ ހުންނެވި ކެންޑިޑޭޓަށް، އެމަނިކުފާނުގެ ތާއިދު އޮތް ކަމަށް ބުނާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޣާލިބު ވިދާޅުވީ ރަމަޟާންމަހު ރޯދައަށް ހުރެ މީހަކު ހަދާނެ އެންމެ ބޮޑު ދޮގަކީ އެއީ ކަަމަށެވެ. ޣާލިބު ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ކައިރީގައި، "ރައީސް އަޅުގަނޑަށް ތާޢީދުކުރާ ކަމަށް" ބުނެފައެއް ނޯންނާނެ ކަމަށް ﷲ ގަންދީ ހުވާކޮށްފަ ވިދާޅުވާ ކަމަށެވެ. އަދި ނުވެސް ބުނާނެ ކަމަށާއި، އޭނާ ހުރީ އިދިކޮޅު ޕާޓީގައި ކަމަށެވެ. އަދި އޭނާ އަކީ އިދިކޮޅު ޕާޓީ ކެންޑިޑޭޓަށް ޤައުމުގެ ރައީސް ތާއީދުކުރާ ކަމަށް ބުނެގެން ކަމެއް ޙާޞިލްކުރަން އުޅޭނެ މޮޔައެއް ނޫން ކަމަށް ޣާލިބު ވިދާޅުވި އެވެ. 

ޣާލިބު ވިދާޅުވީ އެއީ ޤައުމެއްގެ ރައީސަކު ވެއްޓެންޖެހޭ ދަރަޖައެއް ނޫން ކަމަށެވެ. އަދި އިންތިޚާބުގައި ކާމިޔާބު ވިޔަސް، ނުވިޔަސް  ހުންނާނީ ހަލާލު ފައިސާއިން ބަނޑު ފުރާނަ މުއްތިކޮށްގެން ކަމަށް ޣާލިބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ހަމަ ބުއްދިން ވިސްނާ އިންސާނަކުތޯ ގަބޫލެއް ނުކުރާނެ ކަމަށެވެ.

އަދި ސަރުކާރު ދެކެ ރައްޔިތުން އިންތިހާއަށް ރުޅިއައިސް ތިއްބާ، އިދިކޮޅު އެމްޑީޕީން ވާދަ ކުރާ ކެންޑީޑޭޓް ރައްޔިތުންގާތަށް ގޮސް ތިމަންނާނީ ސަރުކާރުން ނުވަތަ ރައީސް ތާއީދު ކުރައްވާ ކެންޑިޑޭޓޭ ބުނާނެ ކަމަށް ޤަބޫލްކުރެވޭނީ ކޮން ސިކުނޑިއަކަށްތޯ ސުވާލު އުފައްދަވާ. އޭނާ އެ ލެވެލްއަށް ދުނިޔެއަށް މޮޔައެއް ނުވާ ކަމަށް ޣާލިބު ވިދާޅުވި އެވެ. 

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެންޓި ކެމްޕޭން ކުރުމުގެ ނިޔަތުގައި ކަމަށް ބެލެވެ އެވެ. އެއީ ސަރުކާރު ދެކެ ރައްޔިތުން އިންތިހާއަށް ރުޅި އަައިސްފައި ތިއްބާ އިދިކޮޅު ކެންޑިޑޭޓަށް ތާއިދުކުރާ ކަމަށް ވިދާޅުވެ، އިދިކޮޅު ކެންޑިޑޭޓަށް ރައްޔިތުން ކުރާ ތާއީދު ކުޑަކުރުމަށް ކަމަށް ބެލެވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުހުޅުމާލެ ދެކުނުއެމްޑީޕީއަހުމަދު ޣާލިބު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!
11 މާރިޗު 2026

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
11 މާރިޗު 2026

ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް

11 މާރިޗު 2026
ރައީސްގެ ކިބައިން ފެންނަނީ އެވަގުތު ހިތަށް އައި އެއްޗެއް ވިދާޅުވެ، ވައުދަކަށް ހައްދަވަމުންގެންދަވާ ތަން: އާޒިމް
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
10 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި

10 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައުލޫމާތު ދިނުމަށް އެމްޑީޕީ އިން އެތައް ހާސް ލީފްލެޓެއް މާލޭގައި ބަހައިފި
10 މާރިޗު 2026

އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް

10 މާރިޗު 2026
އަގުހެޔޮކޮށް ގަނެފައިވާ ތެޔޮ އަގުބޮޑުކޮށް ރައްޔިތުންނަށް ވިއްކައި ސަރުކާރުން ޒުވާނުންނަށް އޮޅުވާލައިފި: އާޒިމް
10 މާރިޗު 2026

އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް

10 މާރިޗު 2026
އެމްޑީޕީ ކެނޑިޑޭޓުން ތުންފަތަށް ހީރާސް ޖަހައި, ދެ އަތާއި ދެފައި ބަނދެވިފައިވާ ދޫންޏެއްހެން ނުތިބޭނެ: މޭޔަރ ޢާޠިފް
10 މާރިޗު 2026

މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ

10 މާރިޗު 2026
މޭޔަރ ކަމަށް އިތުރު ދައުރަކަށް އާޒިމް ހޮވިއްޖެ ނަމަ އުމުރުން ދުވަސްވީ މީހުން ޕާކުތަކަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމުގައި އެހީތެރިވެދޭނެ ނިޒާމެއް ޤާއިމްކުރަނީ
10 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި

10 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގއ އަދި ލ އަތޮޅަށް ފުރާވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް