Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު އެއްކުރުން

އިންތިޚާބު އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރަން، މި ބާރު ދޫކޮށްލައިފިނަމަ އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެ: އައްބާސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެ، ރަށްރަށުގެ ތަރައްގީއަށް ހުރަސްއެޅުމަށް ރާވާފައިވާ މަކަރުވެރި ރޭވުމެއް. ޚަރަދު ކުޑަކުރުމުގެ ބަހަނާގައި މި ބަދަލު ގެންނަން އުޅެނީ ރައްޔިތުން އަޅުވެތިކުރުމަށް. މި ބާރު ދޫކޮށްލައިފި ނަމަ އެކަން އަނބުރާ ހޯދުމަށް ބޮޑު އަގެއް ދައްކަން ޖެހޭނެ. ކަމަށް ވެލިދޫ ދާއިރާގެ މެމްބަރ ވިދާޅުވި. އަދި މިފަދައިން މިކަމާ މެދު އިދިކޮޅު ފަރާތްތަކާއި، އާންމުން ވެސް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަމުން ދޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 09:02
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެމަނިކުފާނުގެ ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅެނީ ރައްޔިތުން އަޅުވެތިކޮށް ނިކަމެތި ކުރަން ކަމަށާ ރައްޔިތުންނަށް ލިބިފައިވާ މި ބާރު ދޫކޮށްލައިފި ނަމަ އެ ބާރު އަލުން އަނބުރާ ހޯދަން ބޮޑު އަގެއް ދައްކަން ޖެހޭނެކަން ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ރާވަމުންދާ ރޭވުމަކީ ވަރަށް މަކަރުވެރި ރޭވުމެެއް ކަމަށެވެ. އަދި މިކަމަކީ ވަރަށް މަކަރުވެރި ސިޔާސަތެއްގެ ތެރެއިން ރައްޔިތުން އަޅުވެތިކޮށް ނިކަމެތިކުރުމަށް މި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ. 

މެންބަރު ވިދާޅުވީ މިއީ އޭގެ ސަބަބުން ރަށުގެ ތަރައްގީ އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

ދެ އިންތިޚާބު ވަކިވަކިން ބާއްވާން ދާ ޚަރަދު ސަލާމަތް ކުރެވޭނެ އެތަކެއް ގޮތްތަކެއް ހުރި ނަމަވެސް އެކަން ނުކުރައްވައި ޚަރަދު ކުޑަ ކުރަން ކަމަށް ބުނެ ދެ އިންތިޚާބު އެއްކޮއްލުމަށް ރައީސް މުއިއްޒު އިސްވެ ހުރެ ސަރުކާރުގެ ހުރިހާ ވެރިން ރެއާ ދުވާލު އެއްރަށުން އަނެއް ރަށުން މަރުފަލި ޖަހަމުން އެ ގެންދަވަނީ މިކަމުގެ ފަހަތުގައި އޮތް މަކަރުވެރިކަން ބޮޑުވުމުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ ރައްޔިތުން އަތުގައި އޮތް އެއްޗެއް ވިސްނާ ނުލައި ދޫކޮށްލައިފި ނަމަ އަލުން އެ އަނބުރާ ހޯދުމަށް ބޮޑު އަގެއް ދައްކަން ޖެހޭނެކަން ރައްޔިތުން މިއަދު ވިސްނަން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވައިފި ނަމަ އެކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށް ބުނެ އިދިކޮޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކަމާ ގުޅޭ އެކި ދާއިރާތަކުގެ މީހުންނާ އާންމުން ވެސް ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

މުހައްމަދު އައްބާސްރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

އިންތިޚާބުތަކަކީ ގާނޫނު އަސާސީގެ އަސާސީ ޖައުހަރީ ކަންތައްތަކެއް. އިންތިޚާބު އެއް ކުރުމަށް އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނުގެނެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

09 މާރިޗު 2026
ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް

ސަރުކާރުގެ 400 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުންގެ މަގާމު އުނި ކުރިޔަސް 5 އަހަރު 60 މިލިއަން ސަލާމަތް ކުރެވޭނެ: ހަސަން ލަތީފް

09 މާރިޗު 2026
ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

ދަރިންނަށް 2 އަހަރު ފުރެންދެން އަންހެން މުވައްޒަފުންނަށް، ކޮންމެ ދުވަހަކު ދެ ފަހަރު ހުސް ވަގުތު ދޭން ފާސް ކޮށްފި

08 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު