Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ދޮގާއި އޮޅުވާލުމުން، މުއިއްޒުގެ ރައީސްކަމުގެ ޝަރުޢީ އަދި ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ: މައުރޫފު

ރައީސް މުހައްމަދު މުއިއްޒުގެ ރައީސްކަމުގެ ޝަރުޢީ އަދި ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދެމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 08:23
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާއި، ދޮގާއި މަކަރު ހަދާފައިވާ ކަމަށާއި، އެހެންކަމުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރައީސްކަމުގެ ޝަރުޢީ އަދި ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

"ލޫޓުވައިފި ލޫޓުވައިފި" މިނަމުގައި ހައުސިން މިނިސްޓްރީ ކައިރީގައި އެމްޑީޕީން ކުރިއަށްގެންދިޔަ އެއްވުމުގައި ވާހަކަ ދައްކަަވަމުން މައުރޫފު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވައުދުތަކެއް ވެފައި ކަމަށާއި ނަމަވެސް މިއަދު އެވައުދުތައް ވެވަޑައިގެންނެވި ކަމަށްވެސް އެމަނިކުފާނު އެއްބަސްވެވަޑައިނުގަންނަވާ ކަމަށެ އެވެ. އަދި ވެރިކަމަށް ވަޑައިގެންނެވި އިރު ފްލެޓްތަކާއި ގޯތިތައް، ލިބިފައިވާ ތަނަކުން ދޭނެ ކަމަށް ވިދާޅުވެ ވައުދުވުމަށްފަހު، ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެހުރިހާ ކަމެއް ބަދަލުކޮށް ރައްޔިތުން ގަނަ ތަޅުވައިފި ކަމަށެ އެވެ.

Advertisement - newsAdvertisement

މިކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ފާހަގަކުރެވެނީ ސޯޝަލް ހައުސިންގ ފްލެޓްތަކާ ގުޅޭ މައްސަލައެވެ. ސަރުކާރުން ފުރަތަމަ، އެމްޑީޕީ ސަރުކާރުގެ ފްލެޓް ދޫކުރުމުގެ ލިސްޓަށް ފާޑުކިޔައި، އެއީ ގޯސްކޮށް ކޮށްފައިވާ ކަމެއްކަމަށް ބުނެ ރައްޔިތުންނަށް އެތައް ތަކުލީފެއް ޖެއްސުމަށްފަހު، ފަހުން އެ ލިސްޓަކީ ރަނގަޅު ލިސްޓެއްކަމަށް ބުނެ، 3000 އަށްވުރެ ގިނަ ރައްޔިތުންނަށް ފްލެޓް ދޫކޮށް ސޮއިކުރުވާފައިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މި ހުރިހާ ކަމަކުން ދޭހަވަނީ ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް ދޮގު ވަޢުދުތަކާއި އޮޅުވާލުންތަކުގެ މައްޗަށް ބިނާކޮށް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، މިފަދަ ގޮތަކަށް ވެރިކަމަށް އައުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް މައުރޫފު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރާމެދު އިތުބާރު ގެއްލިފައިވާއިރު، މިސަރުކާރުން ރައްޔިތުން ބިކަ ކުރުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ހުރިހާ ފަރާތްތަކުން އޮކްޓޯބަރު 3 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ބައިވެރިވުމަށްވެސް މައުރޫފުވަނީ ގޮވާލައްވާފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުސޯޝަލް ހައުސިންގއެމްޑީޕީ ސަރުކާރުފްލެޓުތައްވައުދުތައްރައްޔިތުންގެ އިތުބާރު

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު